ދިވެހިރާއްޖޭގެ ހާލަތު ކުރިން ހީކުރި ވަރަށް ވުރެ މާގޯސް ކަމަށް ޔޫރަޕްގެ ތިންކް ޓޭންކަކުން ބުނެފިއެވެ.
ބްރަސަލްސްގައި ގާއިމް ވެފައި އޮންނަ ތިންކް ޓޭންކެއް ކަމަށްވާ ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް (އެސްއޭޑީއެފް) އިން މިދިޔަ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަށް ޒިޔާރަތް ކޮށް ވިމެން އިކޮނަމިކް އެންޑް ސޯޝަލް ތިންކް ޓޭންކް (ޑަބްލިއުއީއެސްޓީޓީ) އާއި އެކު ރާއްޖޭގެ ހާލަތު ބަލާފައިވާ ކަމަށް ޔޫރަޕްގެ ތިންކް ޓޭންކްން ބުނެފައި ވެއެއެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ތިން މެންބަރުން ކަމަށްވާ ތޯމަސް ޒެޗޯސްކީ، މާރިއާ ގެބްރިއެލާ ޒޮއާނާ އަދި ރިޒާޑް ޒަރްނެސްކީގެ އިތުރުން ޔޫރަޕިއަން އިކޮނަމިކް އެންޑް ސޯޝަލް ކޮމެޓީގެ ދެމެންބަރުން ކަމަށްވާ މަޑީ ޝަރްމާ އާއި ހެންރީ މަލޯސީ ވަނީ ރާއްޖެ އަށް ކުރި ދަތުރުގައި ބައިވެރިވެފައެވެ.
"މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންނެއް ނުދެއެވެ. މިހާރު ވެސް އިންތިޚާބަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.
އެރިޕޯޓްގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސް ކުރަން ވެސް ބޭނުން ވަނީ 34 ވޯޓް ކަމަށެވެ.
ރިޕޯޓްގައި އެގޮތައް ބުނެފައި ވީނަމަވެސް އެއީ ހަޤީޤަތަކާއި ހިލާފު ވާހަކައެކެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ރައްޔިތުން މަޖިލީހުގެ މެންބަރުން ޖަލްސާ އަށް ހާޒިރު ނުވާ ހާލަތެއްގައި 34 މެންބަރުންގެ ވޯޓުން ވެސް ޤާނޫނެއް ފާސް ކުރެވިދާނެ ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ރައީސް ޔާމީން ހުންނެވީ ވެރިކަމުގެ ބާރުތައް ދަމަހައްޓަން ބާރުގެ ބޭނުންކޮށް ނަތީޖާ އޮޅުވާލަން ވެސް ތައްޔާރަށެވެ. ވިޔަފާރިވެރިންނާއި، ދީނީ އިލްމުވެރިންނާއި ފުލުހުން ބޭނުން ކޮށްގެން ރައީސް ޔާމީން ވެރިކަމުގެ ބާރުތައް ދެމެހެއްޓުން އެކަށީގެންވާ ކަމަށް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ބާރު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލާފައެވެ.
ޔޫރަޕްގެ އިއްތިހާދުން ވެސް މީގެ ކުރިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު ކަންބޮޑުވުން ފާޅުކޮށް ބައެއް ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފްރޭމްވޯކެއް އެކުލަވާލާފައެވެ.
އެންމެ ފުރަތަމަ ތިޔަށް ތި ކިޔަނީވެސް ތިންކް ޓޭންކް. ފިކުރީ އެއްޗެއް! މިހާރުވެސް އަންހެނުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރޭ! ބުނާނެ ރާއްޖޭ ވަރަށް އަންހެނުން ކުރިއަރާދިޔަ ޤައުމެއް ނެތޭ! މިހާރު އެމީހުން ބުނޭ އިންޑިޔާ އަންހެނުން ތަރައްޤީވެ ނިމިއްޖެޔޭ! ބޯހަލާކު!
މިނުފޫޒުތަކުން ގައުމު ސަލާމަތްކުރުމަށް ރޔާމީނަށް ވޯޓުދޭންޖެހޭ.. ގައުމު އަޅުވެތިކަމުން ސަލާމަތްކުރުމަށް ރޔާމީނަށް ވޯޓުދޭންޖެހޭ. ހޭލާ ރައްޔިތުންނޭ.. ވިސްނާ ރައްޔިތުންނޭ ހަދިޔާތަކަށް ނުހެއްލި ގައުމު ސަލާމަތްކުރަން ރޔާމީނަށް ވޯޓުދެމާ ބޭރުގައުމުތަކުގެ ނުފޫޒަށް ބޯތިރިނުކުރާވެރިޔަކަށް ވޯޓުދެމާ މަޑުންހުރެ ގައުމުތަކުގެ ނުފޫޒަށް ބޯތިރިކޮށް އެއްފަރާތަށްޖެހޭ މީހަކަށް ވޯޓުނުދެމާ.. މިއަދު މިގައުމަކަށް އިތުރު ޗޮއިސެނެތް ރޔާމީނުނޫނީ.. ވީމާ ޔާމީންހޮވަމާ
މިނުފޫޒުތަކުން ގައުމު ސަލާމަތްކުރުމަށް ރޔާމީނަށް ވޯޓުދޭންޖެހޭ.. ގައުމު އަޅުވެތިކަމުން ސަލާމަތްކުރުމަށް ރޔާމީނަށް ވޯޓުދޭންޖެހޭ. ހޭލާ ރައްޔިތުންނޭ.. ވިސްނާ ރައްޔިތުންނޭ ހަދިޔާތަކަށް ނުހެއްލި ގައުމު ސަލާމަތްކުރަން ރޔާމީނަށް ވޯޓުދެމާ ބޭރުގައުމުތަކުގެ ނުފޫޒަށް ބޯތިރިނުކުރާވެރިޔަކަށް ވޯޓުދެމާ މަޑުންހުރެ ގައުމުތަކުގެ ނުފޫޒަށް ބޯތިރިކޮށް އެއްފަރާތަށްޖެހޭ މީހަކަށް ވޯޓުނުދެމާ.. މިއަދު މިގައުމަކަށް އިތުރު ޗޮއިސެނެތް ރޔާމީނުނޫނީ.. ވީމާ ޔާމީންހޮވަމާ
އެމީހުން ބޭނުންވާ ބަޔަކަށް ތާއީދު ކުޑަ ކަމަށް ފެންނާތީ ހާލަތު ގޯސް ކަމަށް ފެންނާނެ.!!!
ކަލޭމެން އެދޭކަހަލަ ފިރުއައުނެއް މިގައުމު ވެރިކަމަށް ގެނެވެންދެން މިގައުމުގަ ހިނގާ އެއްކަމެއްވެސް ރަންގަޅުވާނެ އެއްގޮތްވެސް ނުއޮންނާނެ، ދުނިޔޭގެ މުސްލިމުންނާ އަޅާގަނެގެން ނުނެއްޓިގެން ތިތެޅުވޭ ތެޅުވުމުގެ ނަތީޖާމާތްﷲ ދާދި އަވަހައް ތިޔަބައިމީހުންނައް ފެނިގެންދާނެ. އެދުވަސް ދަނީގާތްވަމުން. ސައިންސްވެރިން އެއިންޒާރުދަނީދެމުން. ﷲގެވާގިފުޅާރަހްމަތް މިގައުމައްމިންވަރުކުރައްވާށި...
ޢާމީން
ﷲގެވާގިފުޅާރަހްމަތް މިގައުމައް މިންވަރުކުރައްވަވާށި އާމީން
އެވެރިން ބޭނުންވާ ޕާޓީއަށް ތާއީދު ކުޑަ ކަމުގައިވާތީ ރާއްޖޭގެ ހާލަތު ގޯސް ކަމަށް އެވެރިން ބުނާނެ. މީ ދައްޖާލުގެ އަމަލްތަށްވެސް ހުންނާނެ ގޮތް. ދިވެހިން ވިސްނާ ފިކުރު ކުރައްވަ ހެޔޮ މަގުގައި ތިއްބެވުމުގެ ޢަޒުމު ވަރުގަދަ ކުރެއްވުމުގެ ހެޔޮ ތައުފީޤް ﷲ މިންވަރު ކުރައވާށި. އާމީން.!!!
އެމީހުންނަށް ރާއްޖޭގެ ހާލަތު ރަނގަޅުވާނީ އެމްޑީޕީ ވެރިކަމަށް އެރީމަ. އެމީހުން ރުހޭބަޔަކަު ގައުމެއްގެ ވެރިކަމުގަ ތިބިއްޔާ އެގައުމަކާ ދޭތެރޭ ޝަކުވާއެއް ނުކުރާނެ. ތި ޔޫރަޕަކީ އަބަދުވެސް ދެފުއްދެގޮތް އިންސާފުން އެއްކިބާވާ ބައެއް. އެމީހުންނަކީ ދުނިޔެއިން އިސްލާމްދީން ނައްތާލަން އަބަދުވެސް ގަދައަޅާ މަސައްކަތް ކުރާބައެއް. މުސްލިމުންނޭ ހޭލާ!!!
މިހިރީ މިވެރިންގެ ފެންވަރު ... ނިކަންވިސްނަވާ އެތިބަ ނިކަމެތި އަރަބީންނަށް ޖައްސާ ހާލު އޭއްޗެކޭ މީއްޗެކޭ ކިޔާފަ
މިތަނަށްވެސް އެހެން ހަދަން ބަޔަކު މީހުން އުޅެނީ. ވަރިހަމަ ބިރެއް ނުގަނޭ. ކޮންމެ ގޮތެއް ހެދިޔަސް، ހިސާބު ބެލެވޭ ދުވަހު އަހަރުމެންގެ ޒިންމާ އާއި ހައްގު އަދާ ނުކުރާ ބަޔަކަށް ނުވާނަމު. ދުނިޔޭގެ އުދާހަށް މޔސްލިމުންނަށް ކެތް ކުރެވޭނެ. ގުއި ނުދޮންނަ މީހުން ދެކެ ބިރެއް ނުގަނޭ.
މިއީ މި ޤައުމުގެ ޙާލަތު ގޯސްވެގެން ދައްކާ ވާހަކައެއްނޫން، ކިއެއްތަ އެއީ މި ރާއްޖޭގައި ނަޞާރާ ދީން ފެތުރުމަށް އޮތް ހަމައެކަނި މަގަކީ އެމް،ޑީ.ޕީ ކަމަށްވާތީ އެ ބައިގަނޑު ވެރިކަމަށް ގެނެވޭތޯ ކުރަމުންދާ މަސައްކަތް. ދިވެހިންނަކީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ އަދި އިސްލާމް ދީން ދަމަހައްޓާފައިވާ ބައެއްކަން މިފަހަރުގެ ވޯޓުން ދައްކަންޖެހޭ.. ފައިސާގެ ދަހިވެތިކަމުގައި ޖެހިގެން ޢިރާގް ފުނޑިގެން ދިޔަގޮތް އެއީ ހަނދާންނެތޭހާ ދުވަސްވީ ކަންތަކެއްނޫން. އެންމެ އިތުބާރުކޮށްގެން އެންމެ އަރިހުގައި އުޅުނު މީހާ ފައިސާއަށް ހެއްލި ޣައިރު މުސްލިމުންނަށް ވާގިވެރިވެ ނުރައްކާތެރި ޖަރީމާއެއް ހިންގީ.. އިންސާނުންގެ ތެރޭގައި އެންމެންގެ ހަލާކަށްވުރެ އެމީހެއްގެ އަމިއްލަ މަޞްލަޙަތު އިސްކުރާ މީހުންވެސް އުޅޭނެކަން ހަނދާން ބަހައްޓަންޖެހޭނެ.
ތިންކް ޓޭންކް ފަސްމާމުލިންގެ ފަސް ކާފަރު
އާނއެކޭ. ޓޭންކް ތަކާއި ފީފާތަކުން ހީކުރާހާ ގޮތަކަށް ނޫނޭ މިތާ ކަންކަން ހިނގާނީ. އެހެން ކަމަށްތަ ހީކުރަނީ؟
ޕޯޗްގީޒުން 15 އަހަރުވަންދެން މިތަން އަޅުވެތި ކުރިއިރު ޔޫރަޕް ކޮބަިތޯ
ޑަޗް މީހުން ވަކިހިއްޕިއިރު އެތަން ނުފެނުނީ ކީއްވެތޯ
ނޮވެމްބަރ 3 ގެ އުދުވާން ހިނގި އިރު ޔޫރަޕް އޮތީ އަރާމުޚާނާހަތޯ؟ ކޮބަިތޯ؟
އެއިރު އީ.ޔޫ އެއް ނުއުފެދޭ. އެކަމަކު ތިބުނާހެން އެވެރީންގެ ފަރާތުންނާއި ޕޯޗުގީޒުންގެ ފަރާތުން އަހަރުމެންނަށްވި ގެއްލުމުގެ މަތިން ހަނދާން މިހާރުމިވަނީ ނައްތުވާލައިފަ. އެހެންވެ އަހަރުމެންގެ ތާރީޚާއި ތަޢުލީމީ ދާއިރާއަށް އެމީހުން ބޯކޮއްޕަކޮއްޕާ ހެދީ. ރާވައިގެން ކުރާކަމެއް މިއީ.
މީ މިދައްކާ ވާހަކަ. މިހެން ހަމައިން ނެއްޓިފަ ތަންތާ ތިބޭ ބައިގަނޑުގަނޑަށް އަހަރުމެންގެ އަމިއްލަ ކަންކަމާ ބެހެން ފުރުސަތު ލިބޭ ގޮތަށް ދޮރުތައް ހުޅުވާލުމަށްވުރެ ބޮޑު ޚިޔާނާތެއް ކޮބާ؟ ވެރިކަން ބަދަލު ކުރަންޏަވެސް ކުެރާނީ އަހަރުމެން ދިވެހިން. ތިމާމެނަށް ވެރިކަން ނެތިއްޔާ ރާއްޖެ ހިފަންވީ. ފިޔަވަޅު އަޅަންވީ. ބިރު ދައްކަންވީ. ވެރިކަން ލިބިއްޖެއްޔާ ބޭރަށް ރޭރުވެ އެމީހުން އެދޭހާ ގޮތަކަށް ކަންކަން ދީލާލަންވީ. މުވަރު ބަޔަކަށް ވެރިކަން ހަވާލު ކުރުން މުސްލިމް ބަޔަކަށް ހުއްދަ ނުވާނެ.
މި ދެންދެރަވަރު ކަމެއް ދޯ ؟ ދިވެހިންގެ ހަލާކާ ކުރިމަތިވަނީ ؟ އަންނީއަށް ވަރާއްސަލާމް
ދުނިޔޭގެ ހުރިހާ ކުރިސްޓިއަން ޖަމާއަތްތަކުން އެމްޑީޕީއަށް ވާގިވެރިވާނެ. މިއީ ހަގީގަތް. މީ ކޮންތާކުން ނިކުްތބައެއް. އޮޅުވާލައިގެންވެސް އަހަރެމން ބޭނުމީ އަހރެމެންގެ ގައުމު. ކަލޭމެން ވަދާދޭބަލަ.
ތީ މުޅިން އެހެންކަމެއްގައި އުޅޭ ބައެއް!! ތި މީހުން ރާއްޖެއާ ގުޅޭގޮތުން ތިދައްކާ ވާހަކަތަކަކީ ވަކިބަޔަކު އެމީހުންނަށް ފީޑްކޮށްދޭ ވާހަކަތައް!! މިހެން ބުނަން މިޖެހުނީ މިނިވަން އިންސާފުވެރި އިންތީޚާބެއް ބާއްވަން އެކަށީގެންވާ މަސައްކަތެއް ނުކުރައޭ ބުނާއިރު ނުކުރަނީ ކޮންކަމެއްބާ!! ހުރިހާކަމެއް ގާނޫނުގައި ބުނެފައިވާގޮތަށް ކުރަމުން އެގެންދަނީ!! ދެން މިބުނަނީ ގާނޫނެއް ފާސްކުރަންވެސް 34 މެމްބަރުންގެ ވޯޓަކުން އެކަންކުރެވޭގޮތަށް ބަދަލުކޮށްފައޭ އޮތީ!! މީގައިވެސް އެއްފަރާތް ހާމަކޮށްފައި މިއޮތީ!! ސްޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް މިއީ!! ސްޕްރީމްކޯޓުން ނިންމާފައި އޮތީ "އެކަށީގެންވާ ސަބަބެއް ނެތި ރައްޔިތުން މަޖިލީހުގެ މެންބަރުން ޖަލްސާ އަށް ހާޒިރު ނުވާ ހާލަތެއްގައި 34 މެންބަރުންގެ ވޯޓުން ވެސް ޤާނޫނެއް ފާސް ކުރެވިދާނެ ކަމަށެވެ"!! މިހެންވީމަ މިބުނަނީ މިއީ ޖަޒީރާ ރާއްޖެއޭ މިކިޔާ ނުބައި ފިކުރެއް ގެންގުޅޭ އަދި ގައުމު ހަލާކުގެތެރެއަށް ވެއްޓިގެންދާފަދަ ހާލަތަކަށް ގެންނަން މަސައްކަތްކުރާ ބަޔަކު ފީޑްކުރާ އެއްޗެހި!! ދެން ލާދީނީ މީހުން މިކަހަލަ ޚަބަރު ފަތުރާނެތާ އެމީހުންގެ ލާދީނީ ކަންކަން ކުރިއަރުވަން ބައިއަތު ހިފައިގެން ތެޅި މަރުވާ ބަޔަކު މިގައުމުގައި އުޅޭނަމަ!! ޔާމީނަކީ ގައުމަށް ހެޔޮއެދޭ މީހެއް!! މިއީ ހަމަ ޙަގީގަތަކީ!! ގަބޫލުނުކުރާ ބަޔަކު ގަބޫލު ނުކުރިޔަސް!!
ވަރަށް ގޯސް. އެއީ އެއްޖިންސުން ކައިވެނި ނުކުރެވޭތީއާއި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ނުދޭތީ. ޔޫރަޕްގައި އެކަންކަން ހުއްދަ. ދެން ތިންކު ޓޭންކް ފުލްވެފައި ހުންނާނީ ކޯއްޗަކުންކަން ވިސްނާބަލަ. މިގައުމަށް ނުގެނެވިގެން އުޅެނީ އެއްމެ އެއްޗެ. އެއެއް ނުގެނެވޭނެ.
ތިއީ އިންޑިޔާގެ ތިންކް ޓެނކުން އުފެއްދި ރިޕޯރޓެއް!
އިންތިހާބު ކާރިވާވަރައް އަދި އިދިކޮޅައް އިންތިހާބު ޔަގީންނުވާނެހެން ޔަގީނާގާތައް ފެންނަންފެށީމަ މިކަހަލަ އެތައްރިޕޯޓެއް އެތައް ހޮހޮޅަޔަކުން ނުކުންނާނެ. ރައްޔިތުންމިކަންތަކާ ވިސްނާފަ މިނުފޫޒުތަކުން ސަލާމަތްވާން ބޭނުމިއްޔާ ރ.ޔާމިން ނޫން ޗޮއިސްއެއް އަދި ނެއް.
ރީނދުލޭމެންނަށް ކާމިޔާބު ނުވާނެކަމަށް ފެންނަނީ ދޮތަ
ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ހަމަ އަސަރާއެކު މިގޮވާލަނީ ތިޔަފަދަ ލާއިންސަނީ ލާދީނީ ޖަމާޢަތްތަކާއި އެފަދަ ޤައުމުތަކުގެ ކިބައިއިން މި ޤައުމު ސަލާމަތްކޮށް ދެއްވާތޯ ހުރިހާ ލޮބުވެތި ރައްޔިތުންވެސް މާތް ﷲ ގެ ޙަޟުރަތުގައި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ދުޢާކޮށް މިފަހަރު މިބާއްވާ ރިޔާސީ އިންތިޚާބު ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމަށް ކާމިޔާބުވޭތޯ އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާށޭ! މި އިންތިޚާބުގެތެރޭގައި ތިޔަ ބޭފުޅުންނަށް އަޑި ނޭނގޭ އެތައް އެތައް ކަމެއް ބޭރުގެ ލާދީނީ ފިކުރުކާގުޅިގެ އެމްޑީޕީއިން އެބަ ހިންގާ މިއީ ހަމަ ސައްޙަ ވާހަކައެއް . ވިސްނާ ވިސްނާ ފުންކޮށް ވިސްނާ.
ތިކަހަލަ ޓޭންކްތައް މިރާއްޖޭގެ މަސްދޯނި ފަހަރުގައިވެސް އެބަހުރި. އެބޭނުންކުރަނީ ތެޔޮއަޅަން. ތިޔަޓޭންކް ތެޔޮއަޅަންވެސް އަހަރެމެން ބޭނުމެއް ނުކުރާނަށް.
މިފަހަރު ނަސޯރާ ދީނަކައް ޖާގައެއްނުދޭނަން ބޭނުމީ ނަސޯރާދީނަށް ނޫނެކޭ ބުނަން ކެރޭ ރައީސް ޔާމީނަށް ވޯޓުދޭން އެއްނަންބަރަށް ހުރިހާކުދިން ފޯރިއާއިއެކު ވޯޓުދޭނަން .
ޓޭންކަށް ލާ މަތިޖަހައިގެން ތިބެ ބަލަ، ތިޔަޓޭންކާ ގުލޭނެ ނަމްބަރެއް ހޯދައި ދެއްވަ ބައްލަވާ
ތިންކު ޓެންކަށް އެގޭ މިފަހަރު މި ގައުމު ރޔ ކާމިޔާބު ކުރައްވައިފިނަމަ ދެން މި ރާއްޖެއަށް އަލަްވަދާއު ކިޔަން ޖެހޭނެކަން. ހުޅަގުވެސް އިންޑީއާވެސް! މި ރާްއްޖެ ދެން
ރައޔިތުންނޭ ހޭލާ ހޭއަރާ. ގައުމު ަސަލާމަތްކުރުން ވ މުހިންމު. މި ރާއްޖެ ދެން ދާނީ ފަތު އަޑު ކިޔާފަ ކުރިއަށްކަން. އެކްނަ ހުއްޓުވަން ހުޅަގު ދިވެހި އެޖެންޓް ގެ ޕްރޮކްސީގަ ހުރި ނުކިޔަވާ ސޮރެއް ލައްވާ ދިވެހިން ކަނޑުކޮސް ހައްދަން އެ އުޅެނީ.
އެހެންވީމާ އެބަ އެނގޭ ނަޝީދަކީ އެމީހުންގެ އޭޖެންޓެއްކަން. އޭރުގައި ނަޝީދު ގާނޫނާ ހިލާފަށްކުރި އެއްކަމެއްްވެސް ނުފެނުނު. މީހުން ހައްޔަރުކުރުމުންވެސް ނެރެނީ ވަނދު ބަޔާނެއް.
އަނެއްކޮޅުން ދީފައިވާ ހެއްވާ ފޯމިއުލާއަށް ބަލާބަލަ. ވިޔަފާރިވެރިންނާ، ފުލުހުންނާ ދީނީމީހުންގެ ބޭނުންކޮށްގެއް އިންތިހާބު އޮޅުވާލަނިއްޔޯ. މީހަކު އަޅެ މޮޔަވެދާނެއްނު.
ޔާމީނަށް ވޯޓުދިނުން ވަރަށް މުހިއްމުވެއްޖެ.
ތެދެކެވެ.އެމީހުންގެ ލޮލާއި ވިސްނުމުގެ ނަޒަރުން ބަލާއިރު ރާއްޖޭގެ ޙާލަތު ވަރަށް ގޯހެވެ.! ޔޫއަޕްގެ ބައެއް ޤަވްމުތަކަށް ބަލަމާ ހިނގަ!އެތަންތާގައި "މިނިވަންކަން" "ފުރިހަމައަށް" އޮވެއެވެ. މިރާއްޖެއަކު އެ "މިނިވަންކަމެއް" ނޯވެއެވެ. އެހެންވީމާ ރާއްޖެ ގޯހެވެ. އެތަންތާގައި ކޮއްމެ ތަނެއްގައި ކޮއްމެ ވަޤުތަކުވެސް "ތިމެންނައަކީ ކްރިސްޓިއަނަކީމޭ، ޒައޮނިސްޓަކީމޭ. ބުޑިސްޓަކީމޭ، ހިންދީއަކީމޭ، މުވަތަ އެމީހަކު ބޭނުން ދީނެއްގެ މީހެކޭ ކިޔާފައި މޭމަތީގައި އަތް ޖަހާލާފައި އުތުރި އެރުމުގެ މިނިވަންކަން ފުރިހަމައަށް އޮވެއެވެ. ޢަޭތިއެސްޓުންނާއި ގަެއި ކުދިން ދުވާލުވެސް ރޭގަނޑުވެސް މަގުމަތީގަ ވެސް ޕަބްލިކް ތަންތާގަ ވެސް ހިތުހުރި ގޮތަކަށް ބައްދައިގެން ތުނފތ ބޮމުން އެކަކު އަނެކެއްގެ ހެދުންތެރެއަށް އތ ބާނައިގެން އުޅުމުގެ ފުރިހަމަ މިނިވަންކަން އޮވެއެވެ. މިރާއްޖެއަކު އެފަދަ މިނިވަންކަމެއް ނޯވެއެވެ! އެއްޖިންސުން ކައިވެނި ވުމުގެ މިނިވަން ކަމެއް ނެތެވެ "ބިރު ފަހަނާޅައި މަޖާކުރަމުން" ބޭނުން ވަތްތަރެއްގެ ޝަރުބަތުފުޅިއެއް ހިފައިގެން މަގުމަތީގައި އުޅުމުގެ މިނިވަންކަމެއްވެސް މޯވެއެވެ. ޙައްޤަކާއިނުލައި ހިތައްއެރި މީހެއްގެ އަބުރު ކަތިލިއުމުގެ މިނިވަން ކަމެއްވެސް ނެތެވެ. ބުޅާ ނެތް ރާއްޖެއެއްގައި ހާ ކުކުޅު އުޅޭހެން އުޅުމުގެ މިނިވަންކަމެއްވެސް ނޯވެއެވެ. މިކަންކަން ހުއްދަވެ "ފުރިހަމަ މިނިވަންކަން" ލިބިއްޖެއްޔާ މިޜާއްޖެވެސް އޯ ކޭ ވާނެ!!!
ގަރުނުގެބޮޑުސުވާލު2005ންފެށިގެންޔޫރަޕާއެމެރިކާއަދިއިންޑިޔާވެސްނަޝީދާއޭނާގެއައުވާނުންނަށްއެހީވުމުގައިމިހާބޮޑުގުރުބާނީއެwqmivanIkIwqvebA! އޭގެސިއްރަކީކޮބާބާ
ދައްޖާލު ވެސް އޭނާގެންގުޅޭ ސުވަރުގެ އަކާއި ނަރަކައެއް މީސްތަކުންގެ ލޯމައްޗަށްދައްކާނެ ކަމުގައި ބުނެވެއެވެ. ޢެހެންނަމަވެސް ސަލާމަތްކަން ލިބޭނީ އޭނާގެ ނަރަކަ އަށް އެއްލާލެވޭ މީހުންނަށެވެ. ޙަމަ އެފަދައެވެ.
ދީނެއް ލަމަޔެއް ހަމަޔެއްނެތި އިންސާނުން މަގުފުރައްދާ ބައެއްގެ ނުރުހުން ނުވަތަ ކަންބޮޑުުވުމެއްވާނަމަ އެއީ ހިތާމަކުރަންވީ ކަމެއްނޫނެވެ. ޢެހެނެއްކަމަކު އުފާކުރަންވީއެވެ.