އައްޑޫ ސިޓީން މިފަހަރު ދޫކުރާ ގޯތި ހޯދަން ކައުންސިލަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނަޒީރު "ވަގުތު"އަށް ވިދާޅުވީ ގޯތި ހޯދުމަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަން ކަށަވަރުވެއްޖެނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިވަގުތު ދީފައި ހުރި މައުލޫމާތު، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމާއި ހަމައަށް ދާއިރު އެއީ ދޮގު މައުލޫމާތެއް ކަމަށް ފާހަގަކުރެވޭ ނަމަ، އެކަން އެހެން ހިނގާނެ. ދޮގު މައުލޫމާތު ދީގެން ނުވާނެ އެއްވެސް ބަޔަކު. ކަނދައެޅިގެން ދޮގު މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެކަމާ ފިޔަވަޅު އަޅާނަން." މޭޔަރު ވިދާޅުވިއެވެ.

އައްޑޫގެ އަވަށްތަކުން ގޯތި ދޫކުރުމަށް ހުޅުވާލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަން ގޯތި ދޭން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެންމެ ފުރަތަމަ އިއުލާން ކުރެވުނު 1000 ގޯއްޗަށް ގުރުއަތުލުން މިއަދު ފަށާފައިވާއިރު، ފުރަތަމަ ގުރު ނަގަނީ ހިތަދޫ އަވަށުގެއެވެ. ގޯތި ލިސްޓު ޝާއިއުކޮށް އެއަށް ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލުމަށް ފަހު މިހާރު ވަނީ ދައިމީ ލިސްޓު ޕޮއިންޓުތަކާއެކު އާންމުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައިވެސް ވަނީ މިކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ލިސްޓުގައި ހިމެނޭ އެންމެންނަށް ވެސް ގޯތި ލިބޭނެ ކަމަށާއި ކައުންސިލަރުންގެ ވަކި ލިސްޓެއް ނެތް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި ކޮމެޓީގައި މަސައްކަތް ކޮށްފައިވަނީ އެންމެން ތިބެގެން ކަމުން އެއްވެސް މީހަކަށް ވަކި ގޮތެއް ހެދޭނެ މަގެއްވެސް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު އިތުރަށް ހިއްސާ ކުރަމުން ހިތަދޫ އަވަށު ގޯތި ކޮމެޓީގައި ހިމެނިވަޑައިގެންނެވި، ކައުންސިލަރު ޝިނާޒް އިބްރާހިމް ވިދާޅުވީ، ޕޮއިންޓް ދީފައިވަނީ ފޯމުތަކާއެކު ލާފައިވާ ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިހާރު ދީފައިވާ މައުލޫމާތުގައިވެސް އަދި ފަހުންވެސް ދީފައިވާ މައުލޫމާތު ދޮގުކަން އެނގިއްޖެ ހާލަތެއްގައި ބިން އަތުލާނެ ކަމަށް ވިދާޅުވިއެވެ.

ދައިމީ ލިސްޓުގައި ޕޮއިންޓްތަކަށް ބަދަލު އައިސްފައިވާނަަމަ، އެއީ ލިބުނު އިތުރު ލިއެކިއުންތަކުގެ ސަބަބުން ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ރާއްޖޭގެ އެހެން ކައުންސިލްތަކުންނާއި އަދި ހުޅުމާލެއިންވެސް ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ ޑިސްކޮލިފައި ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އުސޫލުގައިވާ ގޮތުގެ މަތިން އެއްވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ ބިމެއް އޮތް ނަމަ އެއަށް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާލުފޮޅި

    އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ އައްޑޫ ސިޓީ ކައުންސިލުން ފޭކް ލިޔުންދިން އެންމެންގެ ނަން ފުލެޓް ލިސްޓުން އުނިކުރަންވީ.ޝަރުތު ހަމަވާ އެކަކުވެސް ނެތް، ހުށަހަޅާފަ ހުރީ ފޭކް ލިޔުން..

    19
    1
    • ޏުހާ

      ފުރަތަމަ ކުރަންވީ ކަމަކީ ނިޒާރު މަގާމުން އިސްތިއުފާ ދިނުން. ޕޮއިންޓް ދީފަހުރީ ހިތައް އެރިގޮތަކަށް. 3 ދަރިން ތިބި މީހުންނަށް ޕޮއިންޓް މަދުން ލިބިފަ އެންމެ ދަރިއެއް ހުރި މީހަކަށް ޕޮއިންޓް ގިނަވީ ސަބަބު ކިޔާދީ

      4
      1
      • ގާސިމް

        ނިޒާރު އިސްތިއުފާ ދޭން އެބަޖެހޭ، އެހެނަސް، ކުދިން ގިނަވުމަކީ މަދުވުމަކީ ޕޮއިންޓް ގެ ޞައްޙަކަން ކިރޭނެ މިންގަނޑެއްނޫން. ކައިވެންޏަށާއި ވީ ދުވަސް، މީހާގެ ޢުމުރުން ދުވަސް ވުމުން ގިނަ ޕޮއިންޓްލިބޭ، މަދުްނ ކުދިން ތިއްބަސް. މަޢުލޫމާތަކަށް ބުނެލީ.

  2. ނަފީސާ

    އަތުލާނެ ކަމެއް ނެތް. ސަބަބަކީ ޕޮއިންޓް ދިނުމުގަ ވެސް އިންސާފެއް ނުވާތީ. ދެމަފިރިންނާ އެމީހުންގެ ކުދިން އެކުގައި އެއްކޮޓަރީގަ ނިދާ، ފިރިމީހާ ނުވަތަ އަނބިމީހާގެ މައިންބަފައިންގެ ގޭޣައި އުޅޭނެ އެހެން ތަނެއް ނެތި ތިބި އިރުވެސް ތިބުނާ ގޯތިލިބުން ހައްގުވެފައި ނުވާތީ. ޕޮއިންޓް ދީ ފޯމް ރިވިއުކޮށް އިންސާފުން ގޯތި ލިބުން ހައްގުވާ މީހުންނަށް ހޯދައި ދިނުމުގެ ބަދަލުގައި ގޯތި ނުލިބުނަސް ކައުންސިލް ދޮށަށް ގޮސް ނުވަތަ ސޯޝަލް މީޑިއާގަ ހުތުރު އެއްޗެހި ކިޔާ ހަޅޭއްލަވަން ނުކެރޭނެ އޭ ހިތާ ޕޮއިންޓް ޓީމްގަ ތިބި މެމްބަރުންގެ ތެރެއިން އެއާއިލާގެ އެހެން މީހަކާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ ހަސަދައެއްވާތީ އެހަސަދަ ފިލުވަން ޕޮއިންޓް ކަނޑާފަވާކަމަށް ބެލެވޭތީ. މީގެ ކުރިން ވެސް މިކަން މިގޮތައް ތަކުރާރުވެފައިވާތީ.

    5
    1
    • ޙައްްޤު ބަސް

      ތީ ހަމަ ހުރިހާ ތަނެއްގެވެސް ޙާލަތު

  3. މުޙައްމަދު

    އެންމެ ފުރަތަމަ އަޅަންވީ ފިޔަވަޅަކީ މަގާމްގެ ނާޖާއިޒު ފައިދާ ނަގާ މީހުން މަގާމުން ދުރުވުން. އައްޑު ސިޓީ މޭޔަރާއި ޑިޕިއުޓީ މޭޔަރާއި އަދި ބައެއް ކައުންސިލަރުން ގުޅިގެން ކައުންސިލްތެރޭ ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވެންޖެހޭ. މިހާތަނަށްވެސް ބައިވަރު ޖަރީމާތައް ހިންގާފައިވަނީ. ނިޒާރުމެންގެ އަގެއްނެތް. މޭޔަރު މަގާމުގަ ތިބެގެން ކުރަނީ ވައްކަން. ކަލޭމެން އަމިއްލައަށް ވައްކަން ހުއްޓާލާފަ އެހެންބަޔަކު ހުއްޓުވޭނީ. ކޮރަޕްޓް ކައުންސިލް

  4. ޟިފާ

    ބަގުވާސ