ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި "ޔޮޓް ޓުއާސް މޯލްޑިވްސް"ގެ ރިސޯޓެއް ކަމަށްވާ ހއ.އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ލިބޭނެ ގޮތެއް ނުވެގެން އެންމެ ފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ދަންނަވައިފިއެވެ.

ޖާބިރު ރައީސަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެލައިޑް އިންޝުއަރެންސް އޮފް ދަ މޯލްޑިވްސްގެ އިންޝުއަރެންސް ޕޮލިސީ އެއްބަސްވުމެއްގެ ދަށުން އަލިދޫ ރިސޯޓް އިންޝުއަރެންސް ކޮށްފައިވަނިކޮށް 30 އޮގަސްޓު 2014 އިން 15 ސެޕްޓެމްބަރ 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ ކުރިމަތިވި ޤުދުރަތީ ހާދިސާއެއްގައި އެ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ލިބުނު ގެއްލުމުގެ ބަދަލުގައި 22،874،837.59 (ބާވީސް މިލިޔަން އަށްލައްކަ ހަތްދިހަ ހަތަރު ހާސް އަށް ސަތޭކަ ތިރީސް ހަތެއް ޕޮއިންޓް ފަހެއް ނުވައެއް) ޑޮލަރު ހޯދުމަށް އެލައިޑް އިންޝުއަރެންސަށް ހުށަހަޅާފައިވާ ކަމަށް ޖާބިރުގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

ރިސޯޓު މަރާމާތު ނުކުރެވި، ރިސޯޓުގެ އޮޕަރޭޝަން ހުއްޓިފައިވާ މި މުއްދަތުގައި ރިސޯޓު ހިންގަމުން ދިޔަ ނަމަ ޔޮޓް ޓުއާސް އަށް އެ ރިސޯޓުން ފައިދާ ވާނެ ކަމަށާއި، ރިސޯޓުން އެއްވެސް ފައިދާއެއް ނުވެ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެ، އެ މައްސަލާގައި ޔޮޓް ޓުއާސްގެ ފަރާތުން ދައުވާ ކުރަނީ އެލައިޑް އާއި އެ ކުންފުންޏާ ދެމެދު އޮތް "ފަޔާ އިންޝުއަރެންސް ޕޮލިސީ" އާއި އެލައިޑް އިން ހިލާފުވެ، އެ ހިލާފުވުން މަތީ ދެމިތިބުމުގެ ސަބަބުން ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އަދި މި މައްސަލާގައި އެލައިޑް އިން ކަންކުރި ގޮތުގެ ސަބަބުން ޔޮޓް ޓުއާސް އަށް ލިބިފައިވާ އެންމެހާ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެ ކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުން އެނގެން އޮތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް ފާއިތުވީ 9 އަހަރު ކުރެވުނު މަސައްކަތުން ވެސް އެ ބަދަލު ލިބިފައިނުވާކަން ޖާބިރު ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކުންފުނިން އެ ބަދަލު ދިނުމަށް އިންކާރު ކުރާކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ފަޔާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލައިމް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ބަދަލު ދޭން ޖެހޭނެ ކަމެއް ކަމަށް އެ ހުކުމްގައިވެއެވެ.

19 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަސްތެރޭ އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް އެކޯޓުން ހުކުމް ކުރިނަމަވެސް ހުކުމް ކުރިތާ 1 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެލައިޑުން ފައިސާ ދައްކާފައިނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި 18 އޮގަސްޓު 2020 ވަނަ ދުވަހު އެހުކުމް ތަންފީޒުކޮށްދެއްވުމަށް އެދި ދެންނެވި ނަމަވެސް ސްޕްރީމް ކޯޓުން އެ މައްސަލަ ނުބައްލަވާ ކަމަށް ޖާބިރު ވަނީ ތުހުމަތުކޮށްފައެވެ.

އަދި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން އެ އިސްތިއުނާފް ބަލައިނުގަތުމަށް ރަޖިސްޓްރާރ ވަނީ ނިންމާފައި ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ހައްޤަށް ހުރަސްއެޅިފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގެ ކޯޓުތަކުން އޭނައަށް ނުލިބުނު ހައްޤު ހޯދައިދެއްވުމަށް ޖާބިރު ވަނީ ރައީސްގެ އަރިހުން އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޮޑުރަސްގެފާނު

    ވަރުގަދަ އިމްތިހާނެއް،، ގަދަ ހިފުމެއް. އެނގިދާނެތާ. ރައްޔިތުން ދެކެންމިތިބީ

    20
    1
    • ޙައްގުބަސް

      މިއީ ރައްޔިތުންނަށް ބަދަލު އަރާފައިވާ ބައެއްތަ؟ ކިހާ ވަރުގަދަ ކަމެއް؟ ކޮންމެ ސަރުކާރެއް ބަދަލުވާއިރަށް މިބައި ގަނޑު ގެއްލުމުގެ ބަދަލޭ ކިޔައިގެން ދައުލަތުން އެތައް މިލިޔަނުން ފައިސާ އެބަނަގާ!! މިހެން އުޅޭ ބައެއް މިއީ! ގާސިމް ކިޔާ މީހަކުވެސް މިގޮތަށް އެތައް މަކަރެއް ހީލަތް ހަދައިގެން ފާއިތުވެދިޔަ ސަރުކާރުތަކުން އެތައް މިލިޔަނުން ފައިސާ ނަގާފައިވަނީ!! ރައްޔިތުންގެ ޓެކްސް ފައިސާ މިގޮތަށް މިފަދަ މީސް މީހުނަށް ދިނުން ހުއްޓާލާ މިފަދަ މީސް މީހުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަންޖެހޭ!! ސިޔާސީ ބޭނުނަށް މިފަދަ މިމީސް މީހުނާ ޑީލް ހަދައިގެން އުޅެމުން އައިތަން ފާއިތުވެދިޔަ ސަރުކާރުތަކުން ފެނިފައިވޭ!!

  2. ބޮޑުރަސްގެފާނު

    ވަރުގަދަ އިމްތިހާނެއް،، ގަދަ ހިފުމެއް. އެނގިދާނެތާ. ރައްޔިތުން ދެކެންމިތިބީ...

    11
  3. ކޮއްޔާ

    ރައީސް ޑރ މުއީޒު އަކީ ޝަރުއީ ނިޒާމްއަށް އަތްބާނާ ގެއްލުމުގެ ބަދަލް އޭ ކިޔާ ބޮޑެތިއަދަދުން ފައިސާ ދޭނެ ރަޢީސެއް ނޫން //

    20
  4. ކޮރަލް

    މަސައްކަތް ކުރުވާފަ މުސާރަ ނުދީ ހުރި މީހުން ބަދަލު ހޯދަން އެދެފި ނަމަ އެތައް މިލިއަނެއް ދައްކަން ޖެހޭ ނެ އެވެ.

    15
  5. ހިމް

    ފަޔަރ އިންޝުރެންސް ޕޮލިސީއަކުން މޫސުމާއި ހެދި ލިބުނު ގެއްލުމެއްގެ ބަދަލު ނަގައިދޭނެ ގޮތެއް ނުވިސްނޭ. ޖާބިރު އިނގިރޭސި ބަހަށް މިހާ ކޮށިތަ؟

    16
  6. ހިކި ކިރު

    މަނިކުފާނު މޮޔަނުވޭ! ރަޢީސް އަށް ދެވޭނީ ކޮން ބަދަލެއް! ރައްޔިތުންގެ ޓެކްސް ފައިސާ އިން މިހާރަކު ފާޑު ފާޑަކަށް ނާޗަރަންގީ ކުލޭކަށް ރައްޔިތުން އެ ފުރުޝަތެއް ނުދޭނެ. ޤައުމު އޮތީ އިނދަޖެހިފައޭ! އަދިވެސް ކުރިއަށް އޮތް ތަނުގަވެސް ޤައުމު އިތުރަށް ބަނގުރޫޓު ވާނޭ ކަމަށް ވޯލްޑް ބެންކުން އެދަނީ ކަނޑަ ނޭލި އިންޒާރު ދެމުން. ޙަރަދު ތައް ކުޑަ ކުރުމަށާއި ، ޕްރޮޖެކްޓް ތައް ހުއްޓާލުމަށް. ބަޔަކު އަޑު އެހީމަ ދޯ ޢައުމު އަނދަވަލުން ސަލާމަތް ކުރެވޭނީ!

    12
  7. އަޅި އަލީ

    ޖާބެ އާއި އެކު! އެކަމަކު ދަންނަޗވަން ކޯޓުގެ ހުކުމުގަ އޮތީ ބަދަލު ދޭން ނުޖެހޭ ކަމަށް! ޖާބިރު! ކާށިދޫގެ ފަހުރު! މިގައުމުގެ ފަހުރު! ޖާބިރު 2028

    4
    4
  8. ފާޒް

    22 މިލިޔަންޑޮލަރުގެ ގެއްލުން ލިބޭވަރުގެ މޫސުން ގޯސްވުމެއް މި ރާއްޖެއަކު ނުހިނގާ. ސުނާމީގަ ގެއްލުން ލިބުނު ތަންތަނުގެ ގެއްލުންވެސް ތި އަދަދަށް ނާރާ. ހީވަނީ ހަދައިގެން އުޅެނީ ފޭކު އެސްޓިމޭޓެއްހެން.

    18
    1
  9. ޖޯބިން

    ޖާބ އިހަށްދުވަހ ބޮޑުު އަގ ދީފައިި ނޫނުު އަތޮޅުގައިި ދަނޑުގޮވާންް ކުރަންދޫކޮށްފައިި އޮތްް ރަށެއްް އެެ ހޯދިގޮތަކަށްް ހޯދާފައިި، ދަނޑުގޮވާމުންް ރަށްް އެކަހެރިކޮށްްް ލޯކަލްް ޓޫރިޒަމޭް އޭއްޗެކޭޭ މީއްޗެކޭޭ ކިޔާފަަ އެހެދިއެއްޗެއް، ހަދާފަަ، ޓޫރިޒަމްް އަށް ރަށްް ބަދަލުކޮށްް، މިހާރުު އެެ ފަރިކުރަނީ ފަޔަރ ޕޮލިސީީ އޭެ ބަދަލުދޭންް ޖެހެޔޭެ ކިޔާފަަ، އޮޅުވާލުމެއްގެެ ތެރެއިންް ސަރުކާރުެ މެދުވެރިކޮށްް، ދައުލަތުންް ލާރިގަނޑެއްް ދަމައިގަންނަން

    13
  10. އަހްމަދު

    ބަލަ ޖާބިރުގެ ވެރިކަމެއްނިމިގެންދިޔައިރު ތިޔަކަމަށް ހައްލެއްހޯއްދަވަން ސޯލިހްއަށް ދަންނަވައިގެން މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ

  11. Anonymous

    ޢެތަން ގެސްޓުން ނާސްގެން އެތައަހަރެ ވަންދެންބާވާފަ އިތުރު ފުޅުހައްދަވާގެން އިންސޫރެން ލާރި ހޯދަން ތިޔައުލެނީ. ޜަޔިތުންގެ ފައިސާ ދީގެން ނުވާނެ.

  12. ޕޮގުބާ

    ލަދެއް ނުގަނޭތަ ޖާބިރު ސޯލިހުއަށް ދަންނަވާ އެފައިސާ ހޯދަދެން މީޖާބިރު އިދިކޮޅަށް ކެމްޕޭން ކުރަނިކޮށް އައި ސަރުކާރެއް މިވެރިކަމުގަ އެފައިސާ ހޯދައިނުދޭން ސަރުކާރަށް
    ގޮވާލަން

  13. ވަގުވިޔަފާރި

    ސަން ސިޔާމް މެން އުޅުނީ ތިހެން، ވިޔަފާރި ފުޅާ ކުރީ އިންސިއުރަންސް ކުލެއިމް އިން އަމިއްލެ އިއްޗެހި ހަލާކު ކޮއް ރޯކޮއްގެން. އެޒަމާނުގަ ވެސް ތިޖާބިރު ޔޮޓް ޓުއާޒް އުޅެނީ ތިހެން. 25 އަހަރު ފަހުން ވެސް ސޭމް ޓެކްޓިކްގައި.... އަޕްޑޭޓް ވެބަލަ. ހުރިހާއިރަކު މީރާ، ކޯޓް، އިންސުއުރެންސް ކުންފުނިތައް އަތަށް ލައިގެނެއް އުޅެންޏާ އަތައް ގޮވާނެ.

  14. ދިޔާނާ

    މުޅިތިތަށް ހަދަންވެސް 22މ ޑޮލަރު ނާރާނެ! ދެން ފަޔަރ އިންސުއަރެންސަކުން ވާރޭވެހި ވައިގަދަވެ ފުރާޅު އެއްލާލީމަ ބަދަލު ދޭނެ ގޮތެއްނޭގުު. އަލިފާން ޖަހާފަ އެކަމާ ބަދަލު ހޯދަން އުޅުނުނަމަ ފަހަރެއްގައި ދޯ؟!

  15. ހަގީގަތް

    ކޮންޓްރެކްޓުތަކުގެ ދަށުން އުފެދޭ ޚުޞޫމާތުތައް ފައިޞަލާކުރުމަށް އެކި ދަރަޖައިގެ ކޯޓުތައް ހުރެ އެތަންތަނަށް ހުށަހަޅައިގެން ތިމާ ބޭނުންވާ ނަތީޖާ ނުނެރެވުމުން ދެން ރައީސުލްޖުމްހޫރިއްޔާއަށް ލިޔެގެން ބަދަލޭ ކިޔާފައި ރައްޔިތުންގެ ފައިސާއިން ފައިސާ ނަގަން އުޅުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއްނޫން! މިހާރު މިއޮތް ޖުޑީޝަލް ސިސްޓަމް ގާއިމުވުމުގެ ކުރިން، ކޯޓުން ނިންމަންޖެހޭ ކަންކަން ރައީސަށް ލިޔެގެން ގޮތްގޮތަށް ހަމަޖެއްސުނަސް، މިހާރު އެގޮތަށް ކަންތައްކުރެވޭ ނަމަ، ސުޕްރީމް ކޯޓުގެ މައްޗަށް އިތުރު ސްޓޭޖެއް އެ ތައާރަފުކުރެވެނީ.

  16. ޒާ

    ޖާބިރެވެ. ކޯޓތެރެއަށް އަތްނިބާނާނެކަމަށް ރައީސް ވިދާޅުނޫންތޯއެވެ. ޔާމީނުވެސް ހުރީ ކުރިހުކުމުގެމަތީގަ. އަމުދުން ޖާބިރު މިހާރު އުޅޭ އައްޗިގޮތުން ރައްޔިތުންވެސް ހަމްދަރުދީ ނުވާނެހެން ހީވަނީ. އެހާވެސް ދޫނުބައި.

  17. ސީއެފް

    ޖާބިރުއަކީ މުޖުތަމައުއަށް ނުރައްކާތެރިމީހަކަށް ވާތީ މީނާ މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ހުރުމަކީ ސަރުކާރުގެ އިހުމާލެއްކަނުގައި ބެލެވިދާނެއެވެ.

  18. ޟމ

    ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހިނގާ ކަމެއް ރާއީސް މުޢިއްޒުއަށް ދެންނެވުމުން ކުރެވޭނެކަމަށް ނުދެކެން