ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް ބަހަން ނިންމާފައިވާ ހަނޑުލާއި ފުށް މާލޭގެ ގޭބިސީތަކަށް ރެޖިސްޓްރީ ނުވެވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ކޮންމެ ރޯދަމަހު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ރައީސް ވަނީ ނިންމާފައެވެ.

މިއާއެކު ހަނޑުލާއި ފުށް ބޭނުންވާ މާލޭގެ ގޭބިސީތަކުން ރަޖިސްޓްރީވުމަށްޓަކައި އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލަން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ވާން ޖެހިދާނެތީ ކަންބޮޑުވުން ފާޅު ކުރަމުންދާ ކަަމަށެވެ،

"ރެޖިސްޓްރީ ނުވެ،އެ ތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތެއް ހަމަޖައްސާނަން،". ވަޒީރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިކި ކިރު

    މި ސަރުކާރަކީ ދެ އަނގައިން ވާހަކަ ދައްކާ ސަރުކާރަކަށް ވެއްޖެ. ތަނެއް ދޮރެއް ނުދަންނަ ބަޔަކު ، ދެއްކޭ ނުދެއްކޭ ވާހަކަ އެއް ނޭގޭ ބަޔަކު ވެރިކަމާއި ހަވާލު ވީމާ ވާނެ ހަތަރެއްޗެވެ ނިމެނީ.

    7
    11
    • ކަބަޑު

      ބަލަ، ރަޖިސްޓަރީކުރަން ހުޅުވާލީ މާލޭ ސިޓީ ކައުންސިލުން. އެތަނުގެ ވެރިޔަކަށް ހުރީ އެމްޑީޕީ މީހެއް. މި ސަރުކާރުގެ މިނިސްޓަރ އެ ވިދާޅުވީ ރަޖިސްޓަރީ ނުވެ، އެތަކެތި ލިބޭނެގޮތް ހަދައިދޭނެކަމަށް.

      3
      3
  2. މުޙައްމަދު

    މާލެ މީހުން ރެޖިސްޓްރީ ނުވެ ރާއްޖެތެރޭ މީހުން ރަޖިސްޓްރީ ވާނ ޖެހުމަކީ އިންސާފެއްނޫން. ރައްޔިތުން ހަމަހަމަ ކުރުމަށް ގޮވާލަން. ހެޔޮ ނުލިބުނަސް ރަޖިސްޓްރީ ނުވާނަން. އިންސާފާ ހަމަހަމަ ވާންޖެހޭނެ. މާލެއެއް ރާއްޖެތެރެއެއް ނޯންނާނެ. ދިވެހި ރައްޔިތުން މީ.

  3. ބުން

    މީހެއްގެ މައްޗަށް ނަފްރަތު އުފެދިއްޖެ ނަމަ ދެން އޭނަގެ ކިބައިން ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެ. ރަޖިސްޓްރީން ވާން ހުޅުވާލީމަ ބައެއް މީހުންނަށް އެކަންކުރަން މަސައްކަތަކަށްވެސް އެކަން ނުކޮށް ތިބޭނެ. ނުވަތަ އެކަން ކޮށްދޭނެ މީހަކު ނުވެގެން ނުވަތަ ނޭނގިގެންވެސް އެކަން ނުކޮށް ތިބެދާނެ. އެކަމުގެ ޙައްލު ސަރުކާރަށް ވިސްނި ރެޖިސްޓްރިކުރަން ނުޖެހޭ ގޮތަށް ނިންމީމަ އެވީ ދެއަނގައިން ވާހަކަދައްކާ ސަރުކާރަކަށް!

    3
    2