މާފުށީ ޖަލަށް އެކަހެރި ބައްދަލުވުމަށް ދިޔަ އަންހެނަކު ހެދުމުގެ ތެރެއަށްލާ ފޮރުވައިގެން ޖަލަށް ވެއްދުން މަނާއެއްޗެހިތަކެއް ވައްދަން އުޅެފިއެވެ.
އެ އަންހެން މީހާ އެތަކެތި ވައްދަން އުޅެނިކޮށް ފަޅާއަރާ މިހާރު އެ އަންހެން މީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކަރަކްޝަންސް އިން ރޭ އެ އަންހެން މީހާގެ އަތުން އަތުލައިގަތް ތަކެތީގެ ތެރޭގައި، ނޮކިޔާ ބްރޭންޑްގެ ދެ ފޯނާއި، ފަސް ސިމްކާޑާއި، ފަސް އެސްޑީ މެމޮރީ ކާޑާއި، ދެ ޗާޖަރާއި، ދެ ފޯނު ބެޓެރީގެ އިތުރުން ޗާޖަރާއިއެކު އޮތް ވަޔަލެސް ހެޑްސެޓަކާއި ދެ ސުޕަރ ގްލޫ ފުޅިއެއް ހިމެނެއެވެ.
ކަރަކްޝަންއިން ވިދާޅުވީ އެމީހާ މާފުށީ ޖަލަށް ރޭ ގޮސްފައި ވަނީ ޤައިދީންނަށްދޭ އެކަހެރި ބައްދަލުވުމުގެ ފުރުސަތުގައި ޖަލުގައިވާ އޭނާގެ ފިރިމީހާއާ ބައްދަލުކުރުމަށް ކަަމަށެވެ. އެ އަންހެންމީހާ އެކަހެރި ބައްދަލުވުމަށް ދިޔައީ 11 މަހުގެ ކުޑަ ދަރިފުޅު ގޮވައިގެންނެވެ.
"މިފަދައިން ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށާއި މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވަމެވެ". ކަރެކްޝަންސް އިން ވިދާޅުވިއެވެ.
ޕިސްޕިސް ދެންބުނާންވީ ތިމަންނަގެ އަނބިފިރިކަމުގެ ހައްޤުވެސް ހިފެހެއްޓީއޭ ނޫނޭވާ ބިރުކުޑ
ޢިދިކޮޅުން ބުނާނެ ތީ އެއްވެސް މައްސަލައެއް ނޫނޭ.. އިންސާނީ ހައްގޭ..
ހަމަކޮސްވެއްޖެ.
ކޮންކަހަލަ ބުރުގާއެއްތަ ތި މީހަކު އަޅާފަހުރީ؟ ނާޅަ އުތަ؟
ދެން ތިޔަ އެކަހަރި ބައްދަލްވުމުގެ ފުރުސަތު ދޭނެކަމެއްނެތް..
ތިޔާއީ ހައުދަހާވާ ފިރިމީހާދެކެ " ލޯބިވާ" އަންބެކެވެ.
ގައިދީންނަކަށް އެކަހެރި ބައްދަލުވުމަކަށް ފުރުސަތު ދޭނެކަމެއް ނެތް.