ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ކޮންމެ "ދޮޅު ދުވަހަކުން" ދޮގެއް ހައްދަވަމުން ގެންދަވާ ކަމަށާއި ފަސް އަހަރު ދުވަހު އެމަނިކުފާނު ވެރިކަމުގައި ހުންނަވައިފި ނަމަ، ދެން ވާނެ ގޮތް ވިސްނާފައި ވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި "ގަލޮޅު ތަރާވީސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުތައް ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް މުހިންމު ކަމަށެވެ. އަދި އެކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ހެދި ދޮގުތަކުގެ ވާހަކަ ދައްކާ އިރު މިއަދު ވެސް ދޮގު ހަދައި އޮޅުވާލަމުންދާ ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ތަރާވީސް. --- ފޮޓޯ: އެމްޑީޕީ

ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އޮޅުވާލުން ހުރި ވަރަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މޮޅުވި ބައެއް ކެންޑިޑޭޓުން ގަބޫލު ނުކުރުމެވެ. އަދި މޮޅުވި ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަމުންދާ ކަމަށާއި މިކަހަލަ ބޭފުޅަކު ވެރިކަމުގައި ބަހައްޓައިގެން ދައުލަތް ހިންގާނީ ކިހިނެއްތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ.

ސޯލިހް ވިދާޅުވީ އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރުގައި އިގްތިސާދު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށެވެ. ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހޯދާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު ކަށަވަރު ކުރެއްވި އިރުގައި ރިޒާވް ރަނގަޅު ކުރުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕެއް ބޭނުން ގަޑިއެއްގައި ބޭނުން ކުރެވޭ ގޮތަށް ހޯދި ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ތަރާވީހަށް ސޯލިހް ވަޑައިގަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

"އެ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަސައްކަތް ފެށީ. ގުޅީފަޅު ހިއްކަން އަޅުގަނޑުމެން ފެށީ ފައިސާ ހޯދާފައި. ރިސާޗުތައް ހަދާފައި. ޕްލޭންކޮށްފައި. އެހެންވީމަ ގުޅީފަޅު ނުހުއްޓި ކުރިއަށް އެ ދަނީ. އެއާ އެއްގޮތަށް ޖޫން މަހުގެ ތެރޭގައި ގުޅީފަޅުން އަޅުގަނޑުމެން ބޭނުންވާ ވަރަށް ހިއްކާ ނިމި އެ ތަނުގެ ބޭނުން ކުރެވެން ފަށާނެ. ނަމަވެސް ފުށިދިއްގަރުފަޅު ހުއްޓިފައި އެއޮތީ އެއްވެސް ޕްލޭނެއް ނެތި އެކަން ކުރީމަ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ޕްލޭނެއް ނެތި، ފައިސާ ވެސް ނުހޯދައި ހަމައެކަނި ފޮޓޯއެއް ނެގުމަށްޓަކައި ކަންކަން ކުރަމުންދާ ސަރުކާރެކެވެ. ސޯލިހް ވަނީ ފުށިދިއްގަރުފަޅު މަޝްރޫއު އަލުން ޕްލޭން ކުރުމަށް ގޮވާލައްވައިފައެވެ. އަދި ފައިސާ ހޯދައި، ވެލި ހުރިތޯ އާއި އީއައިއޭ ހެދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އެއީއޭ މީހުން ކަން ކުރާ ގޮތް. މިއަދަކު އެ ތަނުގައި ވެލި ހުރި ކަމަކަށް ނެތް. އަލުން ސާވޭ ކުރަންވީ، ފައިސާއެއް ނެތް. ރާޖޫ އެތިކޮޅެއް ގެނެސްފިއްޔާ އެކަން ވެދާނެ. އެ ނޫން ގޮތަކަށް ނެތް މިކަން ވާކަށް. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މި ސަރުކާރު ހަމަ މަގަށް އަޅުވަން މާސް ލަސްވެއްޖެ މިހާރު،" ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭ މިއޮއްފަދަ ރޯދަމަހު ރޯމާދުވާލު ދޮގުތައް ވިހަމުން ދުވަނީތަ؟ ކަލޭގެ ލަދު ކޮބައި

    71
    2
    • ހނހ

      އަބަދު ވެސް އެމްޑީޕީއަކީ ދޮގު ފަތުރައިގެން ވެރިކަމައް އަންނަ ބައެއް. ޔާމީނު މީހުން މަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެކި ޗައިނާ ލޯނުދަންތުރައިގަ ޖައްސަނިއްޔޭ މަސްވެރިންނައް ހަމައަގު ދޭނަމޭ އަދި ޑޮލަރުންނާ ޕައުންޑުން ޖީބުތައް ފުރާލަ ދޭނަމޭ ކިޔާފަ ދިނީ ކުޑައަގު ބޮޑުކުރީވެސް ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަލިވީމަ އެރުފިޔާ ކޮޅުވެސް ދިނީ މިސަރުކާރުން

      31
      1
  2. ބިރުބެ

    މިކަލޭގެ މާތްﷲ އަށް ބިރެއްވެސް ނުގަނޭބާ . މިއޮއް ބޮޑު އަޅުކަމުހެ މަހު މީހާ ހިތަށް އެކައްޗެއްވެސް ނާރުވާ ހަދާލާ ބޮޑެތި ދޮގު ނިކަމް ތިޔަ ބޭފުޅުން ބައްލަވާ.

    67
    1
    • އިބްރާހިމް

      ރައްޔިތުން ތިބޭފުޅާ އެއްބުރުން ބޭލިތާ އަދިގިނަދުވަހެއް ނުވޭ! އެހެންވީމައި ވެރިމީހާއިރައްޔިތުން ޖައްސަންނުއުޅެ 5 ވީމަ ކުރިމަތިލާ!

      40
      2
  3. ހީވެސްނުވޭ

    ބަލަ މިސަރުކާރާދެކޮޅު ސިއުނާ ވެސްމަގާމު ދިނީ މުގުނީޔަވެސްދިނީ މިސަރުކާރުގެނާމީހުން މަގުމަތީގާ ދެން މަޖުލީސް ހޮވަންވީމާ ޕާޓީ މީހުން މިފަހަރުރަގަޅައް ޕާޓީކަން ދައްކާލާނަންސީދާ ދެކޮޅައްމިނުކުނަނީ އަލީއާރިފުމެން އިގުބާލުމެން ޖުމުހުރީޕާޓީމީހުން މިހާރު ހުރިހަމަގާމުހަމަޖައްސަނީ އަލިއާރިފު ރައީސް ޕާޓީމީހުންގެ އިހުސާސުދެނެގަންނަމާ؟؟ތޯ

    • Anonymous

      ޑރ މުއިއްޒުގެ މައްސަލައެއް ނޫނޭ މަލީހުގެ އެހުންނަ އަބަދު އިދިކޮޅުގަ ހުރުމަށް ބޫތަ ކައިފަ ހުންނަ ސިފައަކީ. އޭނަ ޔާމީނަށް ވެެރިކަން ހޯދައިދެވުނަސް ފައިކުރިއަށް ބާރުލާފަ ދުވެގޮސް އިދިކޮޅަށް އަރާނެ!

  4. މަރޭ

    ހެއު ނުވަނެ ސިޔާސީ ކަންކަމުން ދުރުވޭ. މި ގައުމު އަހަރުމެނަށް މިލިބުނީ ހަމަ ކިރިޔާ. އެއަށް ވުރެ މުހިންމު ކަމެއް އަހަރުނެކަށް ނެތް. މުއިޒު އެއްކަމެއް ނުކުރިޔަސް އަހަރުމެނަށް އޯކޭ.ގައުމު މުހިން މީ.

    44
    1
    • އާދަނާ

      ހަމަހަގީގަތުގަވެސް މިގައުމު ދިވެހިންނަށްލިބުނީ ކިރިޔާ، މަށަށްވެސް ވަރިހަމަ އެއްކަމެއް ނުވިއަސް، މުހިންމީ ގައުމުގެ މިނިވަންކަން!

  5. އިބްރާހީމް

    މިއަށްވުރެން ދޮގުހަދާ މީހަކު ނުފެންނާނެ. ބުނެބަލަ 2018 ވަނަ އަހަރު ރައީސް ކަމަށް ހޮވުނު އިރު ކިތައް އަހަރުގެ ރޯދަ ނުހިފާހުރި. އަދި އެއަށް މުއްދު ބެހީ ކާކުލައްވާ. ބަލަ ރޯދަ ނުހިފާ ބޮޑު ފިރިހެނަކު ސަލާމަތުން ފުރިހަމަ ސިއްޙަތުގައި ހުރެފަ މުއްދު ބެހޭތޯވެސް ބަލާލަން ޖެހޭތާ؟

    23
    1
  6. އިސްޢާފް ސަލީމް

    ވެރިކަމަށް އަންނަން އަދި ވެރިކަމުގައި ދޮގުހެދިމީހަކީ ކާކުކަން ބަލާބަލަ!
    1. ޞާލިޙް: 11 ރަށެއްގައި ކޯޒްވޭ އަޅަން 3 ފަހަރު ވަޢުދުވި! އެއްތަނެއް ދައްކާބަލަ
    2. 7 ރަށެއްގައި ޓާޒަރީ ފެންވަރުގެ ހޮސްޕިޓަލްތައް އަޅަން 6 ފަހަރު ވަޢުދުވި! އެއްތަނެއް ދައްކާބަލަ
    3. 3 ބްރިޖް އަޅަން އެތަކެއްފަހަރު ވަޢުދުވި! އެއްބްރިޖްވެސް ދައްކަބަލަ
    4. މަހުގެ ހަމައަގު 30 ރުފިޔާއަށް ކިލޯއެއް ހަދަން 6 ފަހަރު ވަޢުދުވި! ވޯޓުގެ ދެވަނަބުރަށް 10 ދުވަހަށްވީމަ ދުލުކުރިން 25ރު އަށް ހަދާފަ ބަެޗީ އެވެސް މަސްވެރިުންނަށް ނުދީ!
    5. ދަރަނި ނުނަގަން 100 ފަހަރުވަޢުދުވި! ވެރިކަމުން ބޭލިއިރު 120 ބިލިޔަން ދަރަނީގައި އޮތް
    6. އައްޑޫގައި 8000 ޓޫރިސްޓް އެނދު ނިންމަން 100 ފަހަރު ވަޢުދުވި! އެއްމެ އެދެއްވެސް ދައްކާބަލަ
    7. ގއ ގދ ގައި8000 ޓޫރިސްޓް އެނދު ނިންމަން 100 ފަހަރު ވަޢުދުވި! އެންމެ އެދެއްވެސް ދެއްކުނުތަ؟
    8. ކޮންމެ ރަށެއްގައި ގޭދޮށު މަސްފެކްޓަރީ އަޅަން 6 ފަހަރު ވަޢުދުވި! އެންމެ ފެކްޓަރީއެއްވެސް ހެދުނުތަ؟
    9. ފެލިވަރާއި ކޫއްޑޫގައި ކޮންމެ ރަށެއްގައި 2000 ޓަނުގެ ދެ އަރަބޫސީ )މަސް ފިނިކުރާތަން( ހަދަން 6 ފަހަރު ވަޢުދުވި! އެއްތަނެއް ހެދުނުތަ؟
    ލަދުގެންބަލަ ކަލޯ!!!!

    46
    2
    • އާދަނާ

      ވަރަށް ސަޅި، މަގޭހިތައްއަރާ އިބުރާހިމާ ބޯހަމަޖެހޭތޯ، ނޫނީ ބޮއެގެން ޖާބިރުގޮތައް ބުއްދިފިލާހުރީތޯ،

  7. އިސްޢާފް ސަލީމް

    ވެރިކަމަށް އަންނަން އަދި ވެރިކަމުގައި ދޮގުހެދިމީހަކީ ކާކުކަން ބަލާބަލަ!
    1. ޞާލިޙް: 11 ރަށެއްގައި ކޯޒްވޭ އަޅަން 3 ފަހަރު ވަޢުދުވި! އެއްތަނެއް ދައްކާބަލަ
    2. 7 ރަށެއްގައި ޓާޒަރީ ފެންވަރުގެ ހޮސްޕިޓަލްތައް އަޅަން 6 ފަހަރު ވަޢުދުވި! އެއްތަނެއް ދައްކާބަލަ
    3. 3 ބްރިޖް އަޅަން އެތަކެއްފަހަރު ވަޢުދުވި! އެއްބްރިޖްވެސް ދައްކަބަލަ
    4. މަހުގެ ހަމައަގު 30 ރުފިޔާއަށް ކިލޯއެއް ހަދަން 6 ފަހަރު ވަޢުދުވި! ވޯޓުގެ ދެވަނަބުރަށް 10 ދުވަހަށްވީމަ ދުލުކުރިން 25ރު އަށް ހަދާފަ ބަެޗީ އެވެސް މަސްވެރިުންނަށް ނުދީ!
    5. ދަރަނި ނުނަގަން 100 ފަހަރުވަޢުދުވި! ވެރިކަމުން ބޭލިއިރު 120 ބިލިޔަން ދަރަނީގައި އޮތް
    6. އައްޑޫގައި 8000 ޓޫރިސްޓް އެނދު ނިންމަން 100 ފަހަރު ވަޢުދުވި! އެއްމެ އެދެއްވެސް ދައްކާބަލަ
    7. ގއ ގދ ގައި8000 ޓޫރިސްޓް އެނދު ނިންމަން 100 ފަހަރު ވަޢުދުވި! އެންމެ އެދެއްވެސް ދެއްކުނުތަ؟
    8. ކޮންމެ ރަށެއްގައި ގޭދޮށު މަސްފެކްޓަރީ އަޅަން 6 ފަހަރު ވަޢުދުވި! އެންމެ ފެކްޓަރީއެއްވެސް ހެދުނުތަ؟
    9. ފެލިވަރާއި ކޫއްޑޫގައި ކޮންމެ ރަށެއްގައި 2000 ޓަނުގެ ދެ އަރަބޫސީ )މަސް ފިނިކުރާތަން( ހަދަން 6 ފަހަރު ވަޢުދުވި! އެއްތަނެއް ހެދުނުތަ؟
    10. ކަނޑުގެ 100 މޭލް ދުރުގައި ހަތް ސަރަޙައްދެއްގައި މަސްކިރާޕްލެޓްފޯމް ހަދަން 4 ފަހަރު ވަޢުދުވި! އެއްތަނެއް ހެދުނުތަ؟
    11. މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު އަޅާނަމޭބުނެ އެތަކެއްފަހަރު ވަޢުދުވި! ދިވެހި ރުފިޔާއެއްވެސް ނޭޅުނު!
    ލަދުގެންބަލަ ކަލޯ!!!!

    35
    1
  8. ސަންތި މަރިޔަނބު

    މިކަހަލަ ބަހީލު މީހުންނަކީ ދީނެއް މިއްލަތެއް އޮތް ބައެއް ނޫން. މިފަދަ ބަރަކާތްތެރި މައްސަރެއް ކުރިމަތިވެގެން މިއުޅެނީ އަހަރެމެން މުސްލިމުންނާއޭ ކޮިއިފުޅުންނޭ. މިކަހަލަ އުޑެއް ބުޑެއް ނޭންގޭ ލާދީނީ މީހުންނަށް މި ބަރަކާތްތެރި މައްސަރުވެސް ވާނީ އާދައިގެ ޑިސެމްބަރު މަހަށް.

    16
    1
  9. އައިމަން

    ދޮގުހަދަނީ ކާކުކަމާއި ދޮގުހެދީ ކިހާވަރަކަށްކަން ދެނެވޮޑިގެންވަނީ ﷲ

    23
    1
  10. އަހްމަދު

    ސޯލިހް ރައްޔިތުންނައްވި ވަޢުދުވެ އެވަޢުދު ނުފުއްދުންއެއީ ރައްޔިތުންނައްދޯކާދިނުން ސޯލިހްއެގޮތައް ރައްޔިތުންނައް ދިންއަނިޔާތައް ބަލައިފިޔަވަޅުއެޅުމަށް މިސަރުކާރައްގޮވާލަން

    16
    1
  11. އއ

    މިކަލޭގެ މިހުރީ ލަދުޙަޔާތް ކެނޑިފައި. އެހެންތާވާނީވެސް، އެއްވެސް އާރެއްނެތް ޅޮހެއްވިއްޔަ. ވެރިކަމުން ބޭލީ، މުޢިއްޒު ކުރިކަމެއްނޫނޭ. މިކަލޭގެ ވެރިކަމުގައިހުރެގެން ދައުލަތް ހުސްވެ، ދަރަނިވެރިވެ، ކަނޑުން ބައެއް ގެއްލި، މިނިވަންކަން ގެއްލޭހިސާބަށް ދިޔައިމާ، ރައްޔިތުން ރުޅިއައިސްގެން މިކަލޭގެ ވެރިކަމުން ދުރުކުރީ. މިހާރު އެ ތެޅިފޮޅެނީ ޖަލު ފެންނާތީހެން ހީވަނީ.

    15
    1
  12. ާއަހުމަދު އަލި މަނިކު

    ރައީސްކަން ކުރިމީހެއް . އަހަރެންގެ ހިތައް އަރާ މީނާގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީހޭ. ރައީސް ޑޮކްޓަރ މުހަްމަދު މުއިއްޒު. ދުނިޔޭގެ އެންމެ މަތީފާސް. ސޯލިހުބޭ ކަލެއަކީ ނުކިޔަވާ ހުރި ގަމާރެއް ތަފާތު ކުދިން ދެކިބަލަ. އަގައެބަހުޅުވައެންނު. ވައްސަލާމް

    11
    1
  13. އއ

    ކުރިމަތިލިޔަސް ރައްޔިތުން ދެނެއް ބަލައެއް ނުގަންނާނެ. ދެންޖެހޭނީ ފުރަގަސްދޭން. އޭރުން އަލަންްގިރި ކަހަލަ ސޮޑުވައްތަރުގެ މީހުން ބަލައިގެންފާނެ ކަންނޭނގެ.

    11
    1
  14. އަބްދޫ

    މުއިއްޒު ދޮގު ހެދިކަމަށް ވާނީ 5 އަހަރު ނިމުނީމަ ތިބޭފުލާ 5 އަހަރުވެގެން ދިޔައީމަ ދޮގުލިސްތްގަ އޮތީ ކިތައްދޮގު.ތޯ ބަލާލަން ވެއްޖެ.ގާއުމުގަ އަމިއްލައެދުމަށް ނޫންކަމެއް ނުކުރާކަމަށް ވިދާޅުވެފައޮތީމަ އެވެސް ބަލަންޖެހޭކަމެއް.

    9
    1
  15. އަލީ ޙަމީދުު

    މިކަލޭގެ ނޫންގޮތެއް ރައްޔޮތިމީހާ ހޯދީމަވެސް ކޮން ބޭކާރު އަނގައެއް ތަޅާކަށް، ވެރިކަން ކުރަން ނޭންގުނު ބްރާންޗެއް މި ނޫނިއްޔާ ނުދެކެން

    15
    1
  16. ގުދޯގުދޯ

    ސޯލިހު ކޮންމެ ރެއަކާ ދުވާލު 2ދޮގު އެބަހަދާ. މުއިއްޒު ހަދަނީ 3ދުވަހުން 2ދޮގު އެހެންވީމާ ގިނަދޮގު މިހެދެނީސޯލިހަކަށްނު؟ ދޮގުހެދުމުގެ ރިކޯޑް މިއޮތީސޯލިހުއަތުގައި.

    11
    1
  17. އާދަންބެ

    ރައީސް ދޮޅުދޮގޭ އޭތަ މިކިޔަނީ

    4
    1
  18. ސަރްބީ

    އެބަފެނޭ ފެންނުވަރާ ތިބޭ ވައްތަރު ބުރުގާ ނާޅާ 7 އަންހެނުން. ފިރިހެންވެގެން ތިބި އަންހެނުންނާ އަންހެންދުޅާވެފަ ތިބި އަލަންގިރިވެސް ފެނޭ. ކަލޭ ދާންވީ ސަދޫމުގަ ވެރިޔަކަށް

    11
    1
  19. އަހުމަދު މީމު

    އިބޫ ވަރުގެ ވެރިޔަކު ދެނެއް ނާންނާނެ ހިތްހެޔޮ އޯގާތެރި ތެދުވެރި ވަކިރަށެއް ތަފާތުނުކޮށް ތަރައްގީ ކޮށްދިން

    1
    30
    • ޢަޒްރާ

      ހެޔޮވެ އޯގާތެރިވެގެން އަލަންގިރި ހުއްދަ ކޮއްފަދޯ ހޯރަ އިއްބެވެސް އެބައުޅެޔޭ

  20. ލކލކލ

    ކުނިވެ ފުޅައަޅާފަ އޮތް ދޮގުދޮލަނގު އިބޫ، އަކީ ބޮޑު ދޮގުވެރިއެކޭ ކިޔާތީ، ތެދުވެރި ޑރ މުއިއްޒުގެ އަގުވެއްޓޭނީ ގިނަގިނައިން އިބޫ ދޮގުހެދުމުން ކަމަށް ދޮގުބޮނޑި އިބޫ ހީކުރަނީދޯ؟

  21. Anonymous

    މިއިބޫއަކީ ދޮގުހެދުން ހައްދުންނެއްޓިފަހުރި ދޮގުވެރިއެއް.

  22. ދޮގުފޮށި އިބޫ

    މިއޮތްމާތް މައްސަރުގައި ފަހުދިހައިގަ ދޮގުހަދަނީ އިބޫ. ރައީސް މުއިޒް އެއީ ދިވެހިރާއްޖޭގައި ހަމައެކަނި ފަހުދިހަ ބަންދުދުވަސްތަކަށް ހެދި ރައީސް!!!

  23. ދެބޯގެރި

    މިހިރަ ލަދުކުޑަ ގޮތެއްނެތް ބުރާންޗާ ކަލޭވަރުގެ ދޮގުހެދި އޮޅުވާލި މަކަރުވެރި ރައްޔިތުން ދަރުވާލި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ވިއްކާޅި ވެރިޔަކަށް ދެން މިޤައުމުގަ ހުރީ ކަލޭގެ ބައިވެރިޔާ ކެނެރީގޭ ލާދީނީ އަންނީ ކަލޭމެންވަރުގެ ނުިބައި ނުލަފާ ބަޔަކު ޤައުމެއްގެ ވެރިކަމަށް މީގެ ކުރިންވެސް އަދި މީގެ ފަހުންވެސް އަންނާނެކަމަކަށް ލަފައެއްނުކުރެވޭ ކަލޭމެންގެ ލަދުހަޔާޓްކޮބާތަ؟ އީމާންތެރިކަމެއް ނެތް މީހާ ލަދެއް ހަޔާތެއް ނުހުންނާޏެ

  24. ހަސަނު

    ކަލޯ ކައްޓެއް ކާލައިގެން ބިހެއް ހޯދަންތަ ތިއުޅެނީ؟ ކޮންމެ މީހަކުވެސް ހަވާލުކުރެވޭ މަގާމެއގައިހުރެ ހިތުހުރިގޮތެއް ހަދާލާފަ ހުރެވިގެނެއް ނުވާނެ. އެހެން އެކަންތައް ދޫކޮށްލުމުން އެ ގެއްލެނީ އެތަކެއް ތައްޔިތުންގެ ހައްގުތަކެއް. މިކަލޭގެ މައްސަލަތައް ބަލަންޖެހޭ. ބެލެވޭނެ.

  25. ޙަސީން

    ސޯލިހުމެންކުރިވައްކަން އަވަހައްބަލަންޖެހޭ އެއިރުން ގިނަދޮގުހެދިމީހުން ރައްޔިތުންނައް ސާފުވާނެ

  26. މިމީހާ

    އިބުރާހިމް ކައޭ މާ މޮޅަށް ވާހަކަ ދެކެވޭ ކަމަށްހީކޮށް ބައި ދުވަހޭ، ދޮޅު ދުވަހޭ، ރާގޮނޑިއޭ. ފެންބަތޭ ކިޔާނެ ކަމެއް ނެތް ދިވެހިރާއްޖޭގެ މި ދިގު މާޒީގަ ނެތޭ ތިވަރުގެ ބޮޑު ގެއްލުމެއް މި ޤަޢުމަށް ދިން މީހަކު. އެހެންވީމާ ތަންކޮޅޭއް މަޑުން ހުންނައްވެއްޖޭނު ކައެ.

  27. Anonymous

    މާތްކަލާކޯ. މިމާތް މައްސަރުގެ އެންމެ ހެޔޮކަންތައް ކުރަންވީ ދުވަސް ތަކުގަ މީ ދެންކޮންކަމެއް. އެމް.ޑީ.ޕީ މީހުންރައްޔިތުންނަ ތިއްބާއެހެންބާޔަކަށް ދޮގެހެދޭނެހެނެއްހިޔެއްނުވޭ. އެހާއޮމާންވެފަ ފަށުވިވާނެ. މިސަރުކާރުގެ ބޮލުގައި ތިއަޅުވާހާބަދުނާމްތަކަކީ ކުރީގަ ކަންކުރެވިފާ ގޮތްތައް އަލުން އޮޅާލަނީ. ވެރިކަން ފެށުނުތާ އެތައް ދުވަހަކުން ހިޔާފޮލެޓް ދެވުނުއިރު ކިތައްމީހުންނަށް ނުލިބި ވޭތޯ. އަނެއް ކޮޅުން އެސަރުކާރުގެ ފްލެޓް ލިއުން ލިބިފައިވާ އެތައް ބަޔަކަށް ފްލެޓް ނުލިބިވާކަންވެސް ދިވެހި

  28. ައަންހެންމަންޖެ

    މި އިބޫއަކީ ދޮގުހެދުމުން ޕ ޗ ޑ ހާސިލްކުރަށްވައިގެން ހުންނެވި ބޭފުޅެއްބާ ހާދަހާއޭކުޅަދާނައީ އަނެއްކާ މީނަގެމޮޅުކަމަކީ ދޮގުހަދަމުންދާއިރުގަ އެއްވެސްވަރަކަށް ހީވެސްނުވާނެ އަޅެ މަށައްބުނެދީބަލަ ތިޔަހާމޮޅައް ދޮގުހަދަން ދަސްކޮއްދިންމީހަކު މަހަމަ ކޮސްކޮއްލާއިފި

  29. Anonymous

    ދުވާލަކު 15 ދޮގު ހެދިއަސް ކަލެއާ އަރާހަމަކުރަން ކައިރި ނުވާނެ.
    ބޮޑުފޮގު އިބޫ.

  30. ސޭނޯ

    5 އަހަރު ކީރިތިކުރައްވަން އިންނަވާފަ މިހާރު ހާދަ އަނގަ ގަދަ ވެޔޭ އެބަ. އެއްޗެއް ކާންދީފަ ތޯ

  31. Anonymous

    މަޖިލިސް ހޯދަންއެތެޅެނީ ބަގާވާތުން ވެރިކަން ވައްޓަންދޯ.
    އިބޫގެ ހުރި ނުބައިނުލަފާކަން ނިކަން ދެކެބަލަ

  32. ބަލަ

    ކަލޭ، ރައީސްއަށް އެގިވަޑައިގަންނަވައޭ
    ދޮގުހެދީމާވާނެގޮތް
    އެހެންވީމާ ވިދިވިދިގެން 100ފަހަރުބުންޏަސް އަހެރެމެންގަބޫލް
    ނުކުރާނަން

  33. ޖހކކުހ

    އެބަފެނޭ ފެންނުވަރާ ތިބޭ ވައްތަރު ބުރުގާ ނާޅާ 7 އަންހެނުން. ފިރިހެންވެގެން ތިބި އަންހެނުންނާ އަންހެންދުޅާވެފަ ތިބި އަލަންގިރިވެސް ފެނޭ. ކަލޭ ދާންވީ ސަދޫމުގަ ވެރިޔަކަށް

  34. ޖހކކުހ

    އެބަފެނޭ ފެންނުވަރާ ތިބޭ ވައްތަރު ބުރުގާ ނާޅާ 7 އަންހެނުން. ފިރިހެންވެގެން ތިބި އަންހެނުންނާ އަންހެންދުޅާވެފަ ތިބި އަލަންގިރިވެސް ފެނޭ.

  35. އައިޝާރ

    މީ ގައުމު ދުށް އެންމެ ބޮޑު ދޮގު ވެރި އަނިޔާ ވެރި ވެރިޔާ