ބޭރު ގައުމެއްގެ އެމެބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ގައުމުގެ ހިންގަން ފުރުސަތު ނުދީ އެކަން މާޒީކޮށްފާއިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދާންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް މުހައްްމަދު ފަޒީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އަމިއްލަވަންތަ ދިވެހި ގައުމެއް ކަމަށާއި މި ގައުމުގެ ކަންކަން ނިންމަން ވާނީ ދިވެހިން ކަމަށެވެ.

"ބޭރުގެ ބަޔަކު ބުނާހާ ގޮތަކަށް، ކައިރީގައި ހުންނަ އެމްބަސީގެ އެމެބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ، އެކަން މާޒީކޮށްފިން، އެކަން މާޒީ ކުރީ ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބު، ދެން އަނެއްކާ އެ މަގަށް މިސްރާބު ޖަހަން ފުރުސަތު ދީގެން ނުވާނެ،".

އެއީ ހަމަ މިސްރާބެއް ނޫން ކަމަށާއި، އެ މިސްރާބަށް ދާން ގޮތް ނިންމައިގެން ނުވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމު ހަމަ މަގަށް އަޅުވާފައި، މިސްރާބު ދޫކޮށްލުމަކީ ސިކުނޑި ތަންދޭ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބޭރުގެ އެމްބެސެޑަރަކު ވިދާޅުވާ ގޮތަށް ގައުމު ހިންގަން މިސްރާބު ހިފަން އެ އުޅޭ މަސައްކަތަށް ފުރުސަތު ދެއްވައިގެން ނުވާނެ އަޅުގަނޑުމެން. އެއީއެއް ނޫން ކަންކަން ކުރަންވީ ގޮތް،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތް ކުރަނީ އިގްތިސޯދު ވައްްޓާލާފައި އޮތް އަނދަވަޅުން ކޮޅަށް ޖަހަން ކަމަށެވެ. 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭ ތާރީހުތަކުގައި ދައްކަމުންދާ ކަަމަށާއި، މި މަހުގެ 19 ގައި ދައްްކަން އޮތް ލޯނާއި އޭގެ ކުރިން ދައްކަން އޮތް ދަރަނި ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވިގޮތުގައި މި ދަރަނިތައް ދައްކަމުން ދަނީ ފައިސާ ޗާޕްކޮށްގެން ނޫނެވެ. އަދި އާމްދަނީގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަލުން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ރަނގަޅު މިސްރާބަށް މިހާރު މި ގެންދަނީ، މި މިސްރާބުން ދިޔައީމަ ރައްޔިތުން ބާރު މި ވަނީ، ރައްޔިތުން ފުދުންތެރި މި ވަނީ، ދިވެހި ގައުމަށް އާރޯކަން މި އަންނަނީ، ދިވެހި ގައުމުގެ އިންވެސްޓް ކުރާނެ އިންވެސްޓަރުންނަށް ކޮންފިޑެންސް އަންނަނީ، އެކަން ހަޖަމު ނުަވަނީ، އެހެންވީމަ އަނެއްކާވެސް މިސްރާބު ކައްސާލެވޭތޯ އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަކަށް ނުވާނެ އަޅުގަނޑުމެން އިޖާބަ ދޭކަށް،".

ރައީސް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށް ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ގައުމިއްޔަތު ބަހާތަކާއި އެއްގޮތަށް މާތްވެގެންވާ އިސްލާމް ދިން ހިމާޔަތްކޮށް ހެޔޮމަގުން ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތެެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީން ބައްޓަންކޮށްފައި އޮތް ގޮތުން މަޖިލީހަކީ ގައުމު ކުރިއަށްގެންދިއުމާއި، ގައުމުގެ މިސްރާބު ހުންނަވީގޮތް ކަނޑައެޅުމުގައި ގައުމުގެ ކަންކަން ނިންމުމުގައި މުހިންމު ތަނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ފަސް އަހަރު، ފަސް އަހަރުން ރައީސަކު އަދި ހޮވިޔަސް އެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންކަން އަދި ނުއެއް ގެންދެވޭނެ އެންމެ ފުރިހަމަ ގޮތުގައި، ކޮންމެވެސް ގޮތަކަށް ކުރެވޭނެ، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މި އޮންނަނީ ވަރަށް ބޮޑެތި ބާރުތަކެއް އަޅުގަނޑުމެން ހަދާފައި، ވަރަށް ބޮޑެތި ޒިންމާތަކެއް، ވަރަށް ބައިވަރު ޒިންމާތަކެއް ހަވާލުކޮށްފައި، އެ ސަރުކާރަކުން އެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ވަރަށް ބޮޑަށް ނަތީޖާ ތަފާތު ކުރުމުގެ ބާރު މި އޮންނަނީ މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނިފައި،". ރައީސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ބޮޑު އެއް ކަަމަކީ ރަށްރަށަށް ވެވަޑައިގެންފައި ހުންނަ ވައުދުތައް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުން އާނއެކޭ ބުނެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ބަޖެޓް ފަދަ ކަންކަން ކަަމަށް ވިދާޅުވިއެވެ.

"އެ ބަޖެޓްގައި މި އޮންނަނީ ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ %90 އަށްވުރެ ބޮޑަށް ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތައް ހިމެނިފައި، އަދި ލޯނެއް ނެގިޔަސް، ހިލޭ ލިބޭ އެހީއެއް ލިބުނަސް އެ ބަޖެޓްގައި އެ ބައި ދައްކަން ޖެހޭ. އެހެންވީމަ ބަޖެޓް ތެރެއަށް ނުލައެއް ނުނިންމޭނެ ތަރައްގީގެ ކަންކަމަކީ. އެހެންވީމަ ފަސް އަހަރުން ފަސް އަހަރުން މި ދޭ ވޯޓު ރާއްޖޭގެ ތަރައްގީ ކުރިއަށް ގެންދިއުމުގައި ސަރުކާރެއް ހޮވުމުގައި ދެބަޔަކަށް ދެކަފި ވެފައި މި އޮންނަނީ ވޯޓު. ދެ ވޯޓެއް ދޭން އެބަ ޖެހޭ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މިސްރާބު ގޯސްކޮށް ދާތީ އާއި، ހަމަމަގުން ނެއްޓި، މިނިވަންކަން ގެއްލިފައި ވާތީ އާއި އިގްތިސޯދު އަނދަވަޅަކަށް ވެއްޓި އުމްރާނީ ތަރައްގީ ބޮއްސުންލާފައި އޮތުމުން އެކަން ރަނގަޅު ކުރުމަށް މިނިވަން ރާއްޖެއަކަށް ދާން މިސްރާބު ހިފާ އެކަން ކޮށްފައިވާ ކަމަށެވެ.

"އެކަން ފުރިހަމަވަނީ ދެވަނަ ވޯޓަކުން، އެ ވޯޓަކީ މީގެ ބަރާބަރު 21 ދުވަސް ފަހުން މި އަންނަ ވޯޓުން، އެ ދުވަހު ތިބޭފުޅުން މިދިޔަ އަހަރު ރިޔާސީ އިންތިހާބުގެ ވޯޓު ފުރިހަމަ ކުރުމުގެ މަސައްކަތް މި އޮތީ ކުރަން،".

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޔޅބ

    ޗައިނާ ޖާސޫސީ މަނަވަރު ރާއްޖެވަށާ އެ އެނބުރެނީ އެދުމެއްނެތި ވެދުމެއް ކުރަންތޯ...!!! ހަމަ އެމީހުންވެސް ބުނިގޮތެއް ހަދައިގެން އުޅެންޖެހޭނީ ތިބޭފުޅާވެސް.

    1
    3
  2. އަލްޖިބްރާ

    ދިވެހި ރާއްޖޭގެ ދިގު ތާރީޚް ގައިވެސް އެންބެސެޑަރު ބުނާގޮތަށް ޤައުމު ހިންގިކަން މިއެގުނީ މީނަ ވެރިކަމަށް ސަވާރުވީމަ ދޯ ! މިއީ މިރާއްޖޭގެ ވެރިކަން ކުރި ހުރިހާ ވެރިންނަށް ޖެހި ވަރަށްބޮޑު ޖޯކެއް ! އެހެން ވީމަ މީރާއްޖޭގަ ވެރިކަން ކުރެވޭ ވަރުގެ ޤާބިލް މީހަކު ނެތް ކަމަށް ދޯ މީނާ މިބުނަނީ ! ހާދަ ވަރަކަށް އަމިއްލަ ހިޔަންޏަށް މުޑިނަގާ މީހެކޭ ! އެހެންނޫނީ ބޮޑު މޮޔައެއް !

    1
    3
  3. އއއ

    މޮޅުވާހަކަ ނުދައްކާ ޕއެސް އެމްޓީ ވީ އެމްގެެެެ
    ދަރަނި ދައްކާ! ކަލޭ ތީ ދީނުގެ ނަމުގަ މިގައުމު 15 ދުވަހައް ބަންދުކޮއްގެންއުޅޭ ގަމާރެއް.!! މިކަލޭގެ އަކައް މިގައުމު ދަރަނިން ސަލާމަތްކޮއް އެއްވެސް ރަގަޅުކަމެއް ކޮއް ނުދެވޭނެ. !!! ޕީއެސް އެމްގެ ދަރަނި. !ޕީއެސް އެމްގެ ދަރަނި!!

    1
    3
  4. ނިހާން

    ސާޖިދާ ބުނާގޮތަށް ދެއްތޯ

    2
    3
  5. އައްޗީޑި

    އެކަމަކު ހަމަ ތިއަނގައިންނޭ ބުނަނީ މަޖިލީސް ލިބިގެންނޫނީ ވައުދެއް ނުފުއްދޭނޭ!!!!!

    2
    1