ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް އީދު ބަންދު ނިމެންދެން މެދުކަނޑާލައިފިއެވެ.

މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓީ ދުވަހެއްގެ ގޮތުގައި އަސްލަމް ވިދާޅުވިއެވެ.

އީދު ބަންދަން ޖަލްސާތައް މެދުކަނޑާލި ނަމަވެސް ޖަލްސާ އަލުން ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރެއެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަދިވެސް ހުރީ އެކި މަރުހަލާތަކުގައި ނުނިމިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނީލަން ފިހާރައިގެ ޢީދުގެ ބޮޑު ސޭލް ނާޅުވަނީތަ މާ އަވަހަށް ނީލަން ފިފާރަ ލައްޕާލީ ! ނީލަން އަޅުވާނެ ގޮޅިޔާއި ގޮންޑި ނެތީތޯ !