މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފަހުކޮޅު އެމްޑީޕީން ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހެޅީ އެމްޑީޕީ އަށް އެތައް މުއްދަތެއް ދީގެން ވެސް ފައިސާ ނުދެއްކުމުންނެވެ. އެ ފައިސާއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ނެގި ޓިކެޓާ ޗާޓަރު ދަތުރުތަކަށް ހޭދަވި ފައިސާއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 2 ގެ ނިޔަލަށް އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބައެއް ދުވަސް ދުވަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ދަތުރުކޮށްފައިވެއެވެ.

ސިޓީގައިވާ ގޮތުން ނަމަ، އެ މުއްދަތުގައި ކުރި ދަތުރުތަކުގެ ތެރެއިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އިން ފައިސާ ދައްކަން ޖެހުނީ ސެޕްޓެމްބަރު 26 ގައެވެ. އެގޮތުން 1،073،756ރ. އެމްޑީޕީން ދައްކަން ޖެހޭ އިރު، ޖެހިގެން އައި ދުވަހު 1،029،298ރ. ދައްކަން ޖެހެއެވެ. އަދި ސެޕްޓެމްބަރު 29 ގައި ވެސް 858،254ރ. ދައްކަން ޖެހިފައިވެއެވެ. އޭރު ޓިކެޓާއި ޗާޓަރު ދަތުރުތައް އެމްޑީޕީއަށް ހަމަޖައްސާފައި ވަނީ ހިދުމަތް ދޭތާ 48 ގަޑިއިރު ތެރޭ ފައިސާ ދައްކާ ގޮތަށެވެ.

ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން މުއްދަތަކީ މިދިޔަ ފެބްރުއަރީ މަހުގެ 18 ގެ ކުރިންނެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ފައިސާ ހޯދަންވާނެ ކޮންމެ ގޮތަށް ހަދައިގެންވެސް ތިޔައީ ރައްޔިތުންގެ ފައިސާ އެމްޑީޕީ މީހުން ނުދީ ތިއޮތީ ބޮޑުން ކެމްޕޭން ކުރަން !

    27
  2. 13.8 މލ

    ތީ މުއަށްސަސާޔަކަށް ދައްކަން ހުރި އެތިކޮޅު ދައުލަތުން ވަގައްނެގި ލާރިތަށް 3ބިލިޔަނަށް އަރާ ލ.އަތޮޅު އިސްދޫދާއިރާ މޑޕ ކެންޑިޑޭޓް އެދަނީ މަގުމައްޗަށް ކުނިއަޅާހެން ލާރި ބަހަމުން މީނާވަނީ 13.8 މިލިޔަން ދައުލަތުން ވައްކަންކޮށްފަކަމަށް އެދުވަސްވަރު ނޫސްތަކާ ޓީވީތަކުން ގޮވަމުން ދިޔަތަން ފެންނާނެ މީނަކޮންތަަކުން ހޯދި ލަަރިއެއް ތަޅޤބުރުއްސަނީ މުޅިތަންގަަޑު އެންމެނަަސް އުދަގޫވަަހެން ރެޔެއްދުވާލެއްނުބަލަަ ރަމަަޟާންމަހު އަޑުގަދަކުރަަވަރުން ބޮލަަށް އުދަގޫވޭ

    21
    1
  3. ދދ

    ގުންޑާއިން ސަރުކާރަށް ދައްޖެހޭފައިސާތައް ބައިވަރު ހުންނާނެއެވެ އެފައިސާތައް އަވަސްގޮތަކަށް އަތުލުމަށް ސަރުކާރަށް ގޮވާލަމެވެ އަދި ކޮށްފައިވާ ވައްކަންތައް ތަހްގީގް
    ކޮށް ޝަރީޢަތް ހިންގުމަށް ގޮވާލަމެވެ.

  4. ލޯބިވާ ވަޠަން

    ސޯލިހޫ. އިހަށް ކެމްޕޭނަށް ޚަރަދުކުރި ދަރަނި ދަައްކަބަލަ. ދަރަނިބޯ.

  5. މުލޭ

    48 ގަޑިއިރުތެރޭ ފައިސާ ދައްކާގޮތަށް ނެގި ޓިކެޓްތަކަށްވާ ފައިސާ ނުދައްކަނީސް 48 ގަޑިއިރުފަހުން އިތުރު ޓިކެޓް ދޫކުރަން ހުއްދަ ދިން މީހާގެ މައްސަލަ ވެސް ބަލަންވާނެ. ކުންފުންޏަށް ކިހާބޮޑު ގެއްލުމެއް.

  6. ހނހ

    ވައްކަން ކޮއްފަ އަދި ޕާޓީ ވެސް ދަރުވާލާފަ އޮތީ

  7. ތަބިކަށި

    މީ އިސްލާހީމަސަތްކަތްކުރާ ޕާޓީއޯ ބޯހަލާކް ކަޑުތަކާ ފަޅުތައްވިއްކިލާރިތަކޯ މިހެންގޮސް ލާރި ހަދާފި މިދިޔަ 5 އަހަރު

  8. އޭނާ

    ރީނދޫހުންޖެހިފަތިބި ހުރިހާބޭފުޅުން މިރޯދަމަހު ފަަހުދިހައިގަ ދުއާކޮށް ތިވަބާއިން މިންޖުވޭތޯ މަސައްކަތްކުރުން ވަރައްރަނގަޅު. އިންޝާ އައްލާހް ތިވަބާއިން ސަލާމަތްކުރައްވާނެ.