ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށާއި ނޫނީ މަގުމަތީގެ ހަރަކާތްތަކާއި މުޒާހަރާތައް ފަށާނެ ކަަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ބުނެފިއެވެ.

ޔާމީން އިސްވެ އޮވެ އުފައްދަވަން މަސައްކަތް ކުރާ މި ޕާޓީ އުފެއްދުމަށް ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިއަދެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މަޖިލީސް އިންތިހާބު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ގޮތެއް ކަަމަށާއި، އެގޮތަށް ކަންތައް ކުރަން ޖެހެނީ އެމަނިކުފާނު ރައްޔިތުންނަށް ދޮގު ހައްދަވާފައިވާތީ ކަމަށެވެ.

"މި ރަމަޟާން ރޯދަ މަސް ނިމިގެން މި ދަނީ، ރައީސް ޔާމީން އަދިވެސް ޖަލުގައި، ކިހިނެއްތޯ އަޅުގަނޑުމެން މީތި ޖަސްޓިފައި ކުރާނީ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ލަސްނުކޮށް ރައީސް ޔާމީންގެ ޝަރީއަތް އަވަހަށް ބާއްވާ، އެމަނިކުފާނަށް އިންސާފު ހޯދާދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

"ޝަރީއަތް ތާވަލުކޮށްދެއްވާށޭ، ސަރުކާރުން ނުފޫޒެއް ފޯރުވާ ކަމުގައިވަންޏާ ނުފޫޒަށް ނޫނެކޭ ބުނާށޭ، އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވެޔޭ ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ނިމިގެންދާއިރު، ރައީސް ޔާމީންގެ ވެރިކަމެއް ގާއިމްވެގެން ދާއިރު އަދިވެސް އެމަނިކުފާނު ޖަލުގައި ހުންނަން ޖެހޭ ކަމަށް،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ނުކުރައްވާ އެގޮތަށް ތަކުރާރު ކުރައްވާނަމަ މަގުމަތީ ހަރަކާތްތައްވެސް ފަށާނެ ކަމަށާއި، މުޒާހަރާތައްވެސް ފަށާނެ ކަަމަށެވެ. އަދި ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެ މަގްސަދަށްޓަކައި މި ޕާޓީން އުފަންވީ، ރާއްްޖޭގެ އެތައް ރައްޔިތުންނެއް، ރައްޔިތުންގެ މަޖިލީސް އިންތިހާބު ނިމުމާއެކު ބޯކޮށް ގަނޑުގަޑަށް، އާއިލާތައް ހުރިގޮތަށް ރަށްރަށް ހުރިގޮތަށް މި ޕާޓީއާ ގުޅޭނެ،". އޭނާ ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ކޭބަލްކާރު

    މުޒާހަރާކޮށްބަލަ. މުޒާހަރާއަށް ދާނެ ބަޔަކު ނުވާނެ. އެމީހުންނަކީ މިހާރުގެ ވެރިން.

    78
    8
    • ހަމީދު707

      މުޒާހަރާކޮއްފިއްޔާ ޔާމީން ވަގުތުންޖަލައްގެންދާނަން

  2. އަހުމަދް

    މުޒާހަރާކުރުމަކުން ޤައުމަކަށްކުރާނީ ކޮންފައިދާއެއް؟ ސިޔާސީމީހުންއެބަޖެހޭ ގައުމުގެހަމަޖެހުމަށް ގުރުބާންވާން!

    80
    6
  3. Anonymous

    ފަށަންވީނު. ކާކުތަ މަނާކުރީ. 3 ކެނަ ނުކުތުމުން ގަންނަންޖެހޭނީ ލަދު.

    74
    6
  4. ހނހ

    ރައީސް ޔާމީނު ހުރީ ޖަލުގައެއް ނޫން. އޭނަ ބޭނުންވާގޮތައް ރަށުތެރޭ މިނިވަން ކޮއް އެބައުޅޭ އަދި ގާނޫނުތައް ވެސް މުގުރަމުން. އެކަމު މިސަރުކާރަކުން އަދަބެއް ނުދޭ. އަސްލު އޭނާޔައް ނުހައްގު އަދަބުދިނީ އެމްޑީޕީން އަދީބުލައްވާ ދޮގު ހެކިދީ ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމްކުރީވެސް. އަދީބުވަނީ މިނިވަންކޮއް ރާއްޖޭން ބޭރަށް ފޮނުވާލާފާ. ޔާމީނު ޖަލުން ދޫކޮއްލީވެސް މުއީޒު ބުނެގެން. އެމްޑީޕީ ވެރިކަން އޮތްނަމަ އަދިވެސް އޮތީހީ ޖަލުގަ

    16
    1
  5. Anonymous

    ކޯޓުތަކަކީ ޖޭއެސްސީގެ ރައީސް ހިސާނުގެ ގޭންގު. އޭނަކައިރީ ބުނެބަލަ ތި މީހާ މިނވަންކުރަން.

    64
    7
  6. ދޯދޮޔާ

    ޔާމީނުގެ ސިޔާސީ ހަޔާތް ވަނީ ނިމިފައި. އިތުރައް ވެރިކަމުގެ ދަހިވެތި ޖަމުގަ އުޅޭނެ ކަމެއް ނެތް

    78
    5
  7. ހަމްދު

    މިހާރު އަސްލުވީ ގޮތަކީ ޔާމީނައް ހަޖަމު ނުވަނީ ބަޔަކު ވެރިކަން ކުރާތަން ބަލަން. އެހެންވެ ކުރިން ޔާމީނު ބުނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން. ޔާމީނައް އަދިވެސް ނޭނގޭ އެބުނާ ބާޒުތައް ވެސް ވަކިކުރާކައް ޔާމީނު އެންމެ އަރިސްކޮއް މިހާރު ވެސް އެގެންގުޅެނީ ޔާމީނު ވަރިކަން ވައްޓާލަން ނުކިޔާ އެއްޗެއް ނެތް 2 މީހުން މަލީހު އާ ޖަމީލު

    75
    10
    • ބާޣީ

      ބްރޯ ސްކޫލްގަ އުޅުނުއިރު ށަވިޏަނި ސުކުން އޮންނަންޖެހޭ ތަންތަންދަސްނުކުރަންދޯ

      1
      4
  8. ބަގްބަގް

    ކާކު ނިކުންނަނީ؟ މަ ގައިމު ނުނިކުންނާނަން މަވެަް ތިޔް ޕާޓީ އެކަމަކު ސޮރީ

    56
    5
  9. ހަންޑިކުޑަ

    މަނިކުފާނު މޮޔަނުގޮވާ! ރަޢީސް ޔާމީނެއް އެމީހުން މިނިވަން ކުރުމުގެ އެއްވެސް ޕްލޭނެއްނެތް! އަދިވެސް އޮތީ ޖަލުގައި ބެހެއްޓުމުގެ ޕްލޭން މި 5 އަހަރު ނިމެންދެން. ޓނ ބުންޔޯ ޔާމީނަކީ ޖަޅުގައި ހުންނަން ޖެހޭނެ މީހެކޯ މި ގޯތި ހަސަނު ބުނި އަޑު އެހީނމު!

    31
    4
    • ކަބަޑު

      ޓނ ބުންޏަސް ތެދެއް ވާނީ ތެދަކަށް. ކުށްްވެރިން ތިބެންޖެހޭނީ ޖަލުގައި. މިހާރުވެސް ނުކުމެ ސިޔާސީ ހަރަކާތްތައް އެ ހިންގަނީ ސަރުކާރުން ދީފައިވާ ލުއިތަކާ ޚިލާފަށް. އަދި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް. އެއީވެސް ކުށެއް. އެކަން އެގޮތަށް ކުރާތީވެސް މިހާރުން މިހާރަށް ޖަލަށް އަނބުުރާ ފޮނުވަންޖެހޭ މީހެއް އެއީ.

  10. އައިމަން

    އެބައި މީހުންގެ ހިތްތަކުގައިވާ ތަކެތި އެބައިމީހުންގެ އަމިއްލަ އަނގަތަކުން ބުނެވި ބޭޒާރުވަނީ، ޖަމީލުމެން މަލީހުމެން ޔާމީނަކަށް ހެވެއް ނޭދޭނެ، ޕްރެސް ކޮންފަރެންސުގައި ފެނުނީ ރާޒުވާގެ އެ ކުޅިވަރު...

    50
    3
  11. Anonymous

    ވަގުކަލޭގެ ޖަލައްދާންވީ

    40
    9
  12. ޓިނު

    ފަށާބަލަ މުޒާހިރާތަށް ބޮލާފޮށާ އެޅުން ނޫންކަމެއް ނުވާނެ އެކަކުވެސް ނުނިކުންންނާނެ. ތީ މިގައުމުގައި އުފެދުނު އެންމެ ބޮޑު އަނިޔާވެރިޔާ.

  13. Anonymous

    މޮލަކި 2 ބެއިންނައް ގޮތް ހުސްވެގެން މިއުޅެނީ

  14. Anonymous

    ބަލަ ޝަރުޢީ ކޯޓް ގައި ހުރި މައްސަލަ ހައްލުވީމާ ތިޔަމައްސަލަ އަވަސްވާނީ ، މުޒާހަރާ ކުރަން ބޭނުން މީހުން އެކަން ކުރަންވީ !

  15. ކޮއްކޮ

    ޔާމީނުގެ މައްސަލަ އިސްތިއުނާފުގައި ކޯޓުގައި އޮއްވައި ޔާމީނު މިނިވަން ކުރުމުގެ ބާރެއް ޤާނޫނީގޮތުން ރައީސަށް ލިބިގެނެއް ނުވޭ. ޔާމީނު ގާތު ބުނޭ، ކޯޓުން މައްސަލަ އަނބުރާ ގެނެސް، އަދަބު މާފުކޮށްދިނުމަށް ރައީސަށް ހުށަހަޅާށޭ. އޭރުން ރައީސަށް އެކަން ކުރެވޭނީ. ޔާމީނާއި ޔާމީނު ގާތުގައި އިސްކޮށް އުޅޭ މީހުންގެ މަސައްކަތަކީ މި ރޯދަމަހު ވެސް ރައްޔިތުުންނަށް އޮޅުވާލައިގެން ސިޔާސީ މަންފާތަކެއް ޙާޞިލުކުރުން.

  16. the Maldivians

    މުޒާހަރާ ކުރަން ނިކުންނަނީ ތިގޭ ފެމިލީ ގޮވައިގެން ތަ. މަށެއް ނުދާނަން..

    5
    0
  17. ޔަވްމިއްޔާ

    މަލީހު ސާހިބު! ޖަލާއި އަމިއްލަ ގެއާއި ވަކި ނުވާ މީހުން "ޖަލު" އޭ ކިޔައިގެން އަނގަ ނުހުޅުވާ ތިބިއްޔާ މާރީތިވާނެ! ޔާމީނު މިހާރު ދިރިއުޅުއްވަނީ / ހުންނަވަނީީ ކޮން ޖަލެއްގެ ކިހާވަރެއްގެ ގޮޅިއެއްގައިތޯ ވިދާލުވެ ދެއްވަފާނަންތޯ މިހާރު އެހުންނަވާ ޖަލުގައ ހުރެގެންވްްސް ނުދާތަނެއް ބައްދަލުނުވެވޭ މީހެއް ނުބޭއްވޭ ޖަލްސާއެއް ނުދައްކާ ވާހަކަައެއް ނޯވޭ! މިއީވެސް ޖަލުބަންދުގައި ތިބޭ މީހުންނަށް ކުރެވޭ ކަންތައްތޯޯ ވިދާޅުވެދެއްވަބަލަ! ތިއުޅެނީ ބަންދަކުން ދޫ ނުލިބިގެނެއްނޫން!!! ގޮނޑިއެއް ނުލިބިގެން! އުތަ

  18. ލާމު

    ޖަލުގައި ހުރިނަމަ ކަލޭމެން ތިބާއްވާ ޖަލްސާތަކުގެ ކުރީ ގޮނޑިބަރިން ނުފެންނާނެ. ބޮލުރޮނދި ކެނޑިފައި ހުރި ގަމާރެއްތަ މި މަލީހަކީ.

  19. އަލީ ބަކުރީ

    ޖަމީލު މަލީހު ޔަގގީނުންވެސް ނުދާނެ! މުއިޒްވެސް ދެދުވަހަކު ދިޔަ! އެވަރު ނުކުރާނެ މަލީހުމެން!

  20. މަގޭ ދުޢާ

    ޔާމީނަށް ހެޔޮ ވިސްނުން ދެއްވާށި. މިފަހަރު މިސްޓޭކް ހެއްދެވީ އަލަށް އުފެދުނު ޕާރޓީގެ އިސްވެރިން. އަދިވެސް ޑރ. މުޢިއްޒަށް ސަޕޯރޓް ކޮށްގެން ގަވްމު ހަމަ މަގަށް އެޅުވުމުގެ ފުރުސަތު އެބައޮތް.

    5
    1
  21. ނާނު

    ވަގުކަލޭގެ އަދި ހައްޔަރެއްނުކުރޭ އަދިހުރީ މިނިވަންކަންމަތީ

  22. އަހައްމަދޫ

    ރަނގަޅު .އެންމެ ކުރީގަ ބައިތިއްބަން ޖެހޭނީ ތިތަނައް ފުއްމާލައިގެން އުޅޭ 2 ބާޒު ޖަމީލާއި ޖަމާލު

  23. ރާބެ

    ކާކުބާ މަގުމަތީ ހަރަކާތައް ނިކުންނަނީ ތީގެތެރެއަކުނެއް ރައިސްޔާމީން އަކައް ހެވެއް އެދިގެން އުޅޭމީހަކު މަލީހުމެން ލަދެއް ނުގަނޭތަ އަނގަ ފޭކުރާކައް ކަލޭމެން ކޯޗެއްބާ ނުގޮވަނީ ރައިސްޔާމީންއާ ދިމާލައް މިއަދު އަރާނެ ގޮޅި ހުސްވީމަ މާހެޔޮއެދިގެން ކަމައް ހެދިގެން ތިތެޅެނީ

  24. އަހްމަދުު

    ހިޔެއްނުވޭ މުޒާހަރާ ފެށިޔަސް މާގިނަދުވަހު ކޮންޓިނިއު ކުރެވިދާނެހެނެއް. ކުރީގަ މުޒާހަރާ ލީޑް ކުރި އެއްމެން މިހާރު ތިބީ އެގޮތަކަށްނޫން. އެހެން ނޫނަސް ތި ޕާރޓީ ލީޑް ކުރަން ތިބި ޖަމީލް އާއި މަލީހް އަކީ އެއްވެސް ބަޔަކު ބަލައިގަންނަ ބައެއްނޫން. ކައުންސިލް ވޯޓްގެ ނަތީޖާއިންވެސް އިނގޭ ތިޕާރޓީގެ ސައިޒް. މޮޅު އަނގަ ތަޅާ ކުރީގެ ސޕ. ހުސެން މޭޔަރަކަށް ވާދަކޮށް 4 ވަނަ އަށް (އެވެސް މަދު ވޯޓު ކޮޅަކާއެކު) ދިއުން - އެއީ އަސްލު ސައިޒަކީ.

  25. ޙަސަނު

    ޙެޔޮނުވާނެ މިރޯދަމަހު ތިކަންނުކުރާތި ތިޕާޓީން ކުރާމުޒާހަރާވާނެ 2004 ގެ ސުނާމީވަރު ބޮޑުގެއްލުމެއް ވާނެ ގައުމްއް އަނެއްކާ މުޒާހަރާ ނިމޭއިރު މުޅިގައުގަ އޮނނާނީ ބޮނޑިބަތް

  26. ލޮލް

    ޔާމީނު ޖަލުގައި ހުރީމަތަ ކޮންމެ ރެއަކު ތި ބާއްވާ ޖަލްސާތަކުގަ ޔާމީނު ގޮނޑީގަ އިންނަތަން ފެންނަނީ. އެއީ ޔާމިންގެ ޕޮޓޯއެއްދޯ ގޮނޑީގައި ބައިންދާއިގެން ތިއުޅެނީ. ޔާމިން ޖަލުން ގެއަށް ބަދަލުކުރުމަށް އޭރުގެ ރައީސްކައިރީގަ ދެންނެވީވެސް ރައީސް މުޢިއްޒު. ދެން ޔާމީންގެ ޖަލުހުކުމަށް ގޮތެއްނިންމާނީ ކޯޓުން. އެކަމަކަށް ރައީސް މުޢިއްޒުއަކަށް ކޮސްދެވޭނެ ކަމެއްނޯންނާނެ. ސަބަބަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ބުނަމުން އައީ ޖުޑިޝަރީއަކަށް އަތެއްނުބާނާނަމޭ. ޖުޑީޝަރީއަށް އަތްބާނާ މީހުން އަބަދުވެސް ބޭނުންވާނީ އަތްބާނައިގެން ކަންތައްތައް ހައްލުކުރަން. މުޒާހަރާ ކުރީމަ ވަކި ޔާމިންވާނެތަ ހުކުމެއްގަ ނެތް މީހަކަށް. މަވެސްމީ ޔާމީނަށް ތާޢިދުކުރި މީހެއް. އެކަމަކު މިހާރު އެއުޅޭގޮތުން މުޅިން ފޫހިވެއްޖެ.

  27. މުނީއު

    ރައީސް ޔާމީން އަކީ ޝަރުޢީ ކޯޓަކުން ޖަލު ޙުކުމެއް ކޮށްފައި ހުރި މީހަކަށް ވާއިރު މަގުމަތީގައި މުޒާހަރާކޮށް އެހެން މީހުނަށް ޢާންމު އުދަނގޫ ކުރީމާ ޔާމީން ޖަލުޙުކުމުން ސަލާމަތްވާނެ ގޮތެއް ދިވެހި ރައްޔިތުންނަކަށް ނުވިސްނޭ. އަދި ރައީސް ޑޮކްޓަރ މުޢިއްޒު ގާތަށް ރައީސް އޮފީހަށް ދިޔައިމާ ޔާމީންގެ ޙުކުމް މަޢާފް ކުރާނީ ރައީސް މުޢިއްޒުއަކީ ޝަރުޢީ ކޯޓެއްތޯ އަހާލަންޖެހޭ.
    ޔާމީން އަކީ ޝަރުޢީ ކޯޓަކުން ޖަލަށް ޙުކުމް ކޮށްފައިވާ މީހަކަށްވާ އިރު ޔާމީނު މާލޭގެ ބޭނުން ތާކަށްގޮސް ސިޔާސީ ޖަލްސާތަކުގައި ބައިވެރިވެ ވާހަކަ ދައްކާ މިފަދަ ބޮޑު މިނިވަން ކަމުގައި އުޅެމުން ދާއިރު ޖަލަށް ޙުކުމް ކޮށްފައި ތިބި އެހެން މީހުން ތިބެންޖެހެނީ ޖަލުގައި. މިއީ ކޮންފަދަ ބޮޑު ތަފާތު ކުރުމެއްތޯއެވެ.
    ޔާމީން އަކީ ސިޔާސީ ކަމެއްގައި ޖަލަށް ލާފައިވާ މީހެއް ނޫން ކަމާއި ޔާމީން އަށް ޖަލު ޙުކުމް ކޮށްފައިވަނީ ޔާމީންގެ ވެރިކަމުގައި ކޮންފަދަ ޢަމަލުތަކެއް ހިންގައިގެން ކަން މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް އެނގޭ ޙަޤީޤަތެއް.
    ކަން މިހެން ހުރިއިރު މުޢިއްޒު ނޫންގޮތެއް ހޯދަން ޔާމީން ރައީސް މުޢިއްޒު އާއި ޖައްސާލައިގެން އުޅެންޖެހުމުގެ އެއްވެސް ސަބަބެއް ނެތް.