މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން ބާއްވާ ބޮޑު ހިނގާލުން މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ރަސްފަންނު ސަރަހައްދުންނެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މި ބޮޑު ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ނިމުމުގެ ހަރަކާތް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދިޔަ "މިސްރާބު ހަމަމަގަށް" ކެމްޕޭން ނިންމުމުގެ ގޮތުން ބާއްވާ ޕެރޭޑް އިއްޔެ އެ ޕާޓީން ވަނީ ބާއްވައިފައެވެ.

މި ކެމްޕޭން ހަރަކާތުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްރާބު ހަމަމަގައް ހިނގާލުން

ޕީޕީއެމް/ޕީއެންސީ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސޯލިހް ވެސް ވަނީ ވަނީ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް ވަނީ ޖުމްލަ 162 ލޯކަލް ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.