ހއ. ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދާހިލީ ވުޒާރާ އާއީ ހއ. ކެލާ ކައުންސިލް އާއި ދެމެދުގައި މިއަދު ސޮއި ކުރެވުނު އެއްބަސްވުމެގެ ދަށުން ކެލާއިން އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. ދާހިލީ ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އުސްތާޒު އަހުމަދު ސިއްދީގުއެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރ)ް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު މި ސޮއި ކުރެވުނު ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އައިޑީ ކާޑުގެ އިތުރުން ދިވެހި ޕާސްޕޯޓުވެސް ރާއްޖޭގެ ސިޓީތަކާއި, އަތޮޅު ރައްތަކުން ހެދޭނެ ނިޒާމެއް ގާމިއުކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިހާރު އައިޑީކާޑު ހެއްދުމަށް ހުށަހަޅާ ފޯމުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، 24 ގަޑިއިރުގެ ތެރޭގައި ކާޑު ލިބޭނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ..

އައިޑީ ކާޑް ހެއްދުމުގެ ފުރުސަތު އެންމެ ފަސޭހައީ އޮންލައިންކޮށެވެ. އަދި ފޯމުގައި މައްސަލަ އުޅޭ ނަމަ، އެކަން އޮންލައިން ޕޯޓަލާއި މެސެޖް މެދުވެރިކޮށް ވެސް އަންގައެވެ.