އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުރެ ސަރުކާރު ކެނޑިޑޭޓަށް ތާއީދުކުރަން ނިންމެވީ އެމްޑީޕީން އެކަހެރިކޮށްލުމުން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މި އިންތިހާބުގައި ފެނިގެން ދިޔައީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުރެ ސަރުކާރުގެ ކެނޑިޑޭޓު ފަހަތަށް އެރި ތަނެވެ. މިކަމާއި ގުޅޭގޮތުން ސަނީފް "ވަގުތު" އަށް ވިދާޅުވީ ޕާޓީން އޭނާ އެކަހެރިކޮށްލުމުން ސަރުކާރު ކެނޑިޑޭޓް ފަހަތަށް އަރަން ނިންމީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

ސަނީފް ވިދާޅުވީ މަޖިލިސް ޕްރައިމަރީ ނިންމުމަށްފަހު ޕާޓީ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ކަނޑައެޅި، ކެމްޕެއިން ދަތުރުތައް ފެށިއިރުވެސް އެ ދަތުރުތަކުގައި އޭނާ ބައިވެރި ނުކުރުވާ ކަމަށާއި އެމްޑީޕީ ލީޑާޝިޕުންވެސް އެ ދަތުރުތަކުގައި ބައިވެރިވުމަށް ދައުވަތުދެއްވާފައި ނުވާ ކަމަށެވެ. އަދި ކެމްޕެއިން އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިނުކުރުވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

"އެމްޑީޕީން ބޭއްވި ޕްރައިމަރީގައި އަޅުގަނޑު ވާދައެއް ނުކުރަން. އެކަމަކު ޕްރައިމަރީއިން ހޮވުނު ކެނޑިޑޭޓުގެ ކެމްޕެއިނު ދަތުރުތަކުގައި އަޅުގަނޑަށް ދައުވަތު ނުދޭ، އަޅުގަނޑަށް ނާންގާ އެމްޑީޕީ ލީޑާޝިޕުންވެސް. ދާއިރާގެ މެންބަރު ކޮބައިހޭ މިދަތުރުގައި ބައިވެރި ނުވޭހޭ މީހުން ސުވާލުކުރި. އަޅުގަނޑު ބާކީކޮށް އެކަހެރިކޮށްލުމުން ސަރުކާރު ކެނޑިޑޭޓް ފަހަތަށް އެރީ. އެއީ އަދި ކޮންމެހެން އަޅުގަނޑު ޕާޓީން ވަކިވީކީވެސް ނޫން އަދި ސަރުކާރާ އެއްކޮޅަށް އެރީކީވެސް ނޫން. އެމްޑީޕީން އަޅުގަނޑު ބާކީކޮށްލީމަ އެގޮތަށް ކަންތައް ކުރީ." ސަނީފް ވިދާޅުވިއެވެ.

އޭނާ ކެމްޕެއިންގައި ބައިވެރި ނުކުރުމުން އާންމު މެމްބަރުން ހިކުރީ ގަސްދުގައި ބައިވެރި ނުވީ ކަމަށާއި އެކަން ސާފުކޮށްދިނުމަށް ފޭސްބުކުގައި ޕޯސްޓެއް ލިޔެފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އާންމު މެންބަރުން ހީކުރީ ގަސްދުގައި ބައިވެރި ނުވީ ކަމަށް، އެކަމަކު ކެމްޕެއިނުގައި ބައިވެރިނުކުރުވާ ކަމަށް އެފްބީގައި ޕޯސްޓެއް ޖެހުމުން އާންމު މެންބަރުންނަށް އެކަން ސާފުވެގެން ދިޔައީ." ސަނީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ސަނީފް ތާއީދުކުރެއްވީ ސަރުކާރުގެ ކެނޑިޑޭޓް ޝަރީފަށެވެ. ސަނީފް ވިދާޅުވާ ގޮތުން ސަރުކާރު ކެނޑިޑޭޓަށް ތާއީދުކުރަން ނިންމެވީ ތަރައްޤީ ގެނެވޭނީ ސަރުކާރަށް ކަމަށް ޤަބޫލުކުރެވޭތީ ކަމަށާއި މިނިވަން ކެނޑިޑޭޓަކު ހޮވިޔަސް ސަރުކާރު ކެނޑިޑޭޓަށް އޮތް ފުރުސަތުތައް މިނިވަން ކެނޑިޑޭޓަށް ނޯންނާނެ ކަމަށް ދެކޭތީ ކަމަށެވެ.

އެހެންނަމަވެސް ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ މިނިވަން ކެނޑިޑޭޓް މުހައްމަދު އަލްސަން އަހުމަދު އެވެ. އަލްސަން އަށް 870 ވޯޓު ލިބުނުއިރު އެމްޑީޕީ ކެނޑިޑޭޓް ޒިފްލީނާ ހަސަން އަށް ލިބުނީ 519 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހނހ

    މިހާރު އަސްލު އެމްޑީޕީއެއް ނެތް

    17
    1
    • ވަގުންނޭ

      ދުވެލި އަވަސް ކުރަން މަޖްލީހަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއޭ އެއީ ބޮޑު އޮޅުވާލުމެއްގެ ތެރޭން ސަރުކާރުން ދައްކާ ވާހަކަތަކޭ ގާނޫނަށް ވުރެން ބާރުގަދަވާނެއޭ ރައީސްގެ ގަރާރު ތައް ގަރާރު ތައް ނެރެގެން .ާލެ ސަރަބައްދުގައި ޓެކްސީ ކުރަން އެމްޓީސީސީ އަށް ވެސް ދެވޭނެއޭ ރައްޔިތުންނަށް ލުއި ފަސޭހަ އެއްކަމެއްވެސް މުއިއްޒުގެ ސަރުކާރުން އަދި އެއް ނުކުރެއޭ ނުކުރެއޭ ނުކުރެއޭ މުޅިން ދޮގާއި މަކަރާއި ހީލަތޭ ހަދަނީދޯ.

      2
      5
  2. ކޮޔާ

    އަލްސަން އަކީވެސް ހަމަ އެމްޑީޕީ މީހެއް ކަންތަށް ކުރާނީ އެމުޑުދާރުން ބުނާގޮތަށް ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ

    14
    2
  3. ޒަވިޔަނި

    ސަނީފް ސަރުކާރު ކެނޑިޑޭޓް ފަހަތައް އެރުމުގެ ސަބަބުން އެއޮތީ ސަރުކާރު ގޮނޑި ގެއްލިފަ. ދެންކުރާނެ ކަމެއްނެތް.

  4. އަމަލު

    އެހެނެއް ނޫން ތިޔާވަނީ..މިހާރުދެން މަޖިލިސް ދައުރެއް ނިންމާލެވުނީމަ އަސްލު ސައިޒް އޮޅެނީ.

  5. އަމަލު

    މަގުމަތީގަ ހުއްޓާ އަތުގަހިފާގެން މަޖިލިހަށް މިމީސްމީހުން ވެއްދީ ނަޝީދު.ވެއްދި މީހާއަށްވެސް ހަރާންކޯރުވީ.ދެން ކޮން އިހްލާސްތެރިކަމެއްތޯ މިމީހުންގެ ފަރާތުން ފެންނާނީ؟

    1
    1
  6. އަލޮމް މިއާ

    ދުވަސްކޮޅަކުން
    "ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ސަނީފް ސަރުކާރު ހިނގާ ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފި"