20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުން ހުވާކުރުން އަންނަ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށާއި، އެކަމާއި ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ވަމުންދާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައި ކަމަށާއި، މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުހަވު ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިފައިވާއިރު، އީސީގެ އާންމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރައެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހީންގެ ދިހެހިރާއްޖެ އަލުން ގާއިމު

    އެދުވަހަކީ ރޮމުން އަގަވަތައްޓެމެން ވާނުވާގަ ކަލޭވެސް ގެއަށް ދާދުވަސް

    5
    1
  2. Anonymous

    އަސްލަމްޢެއްޗެހިބާލާފައި އެކަނި ރީނދޫޓައި އަޅައިގެން ގޮނޑީގައި އިނުން މާރީތިވާނެ!!

    3
    1
  3. ލުބާނާ

    ގުޅީ ފަޅުން ވަގުތުންވަގުތައް މަޖިލިހުން ގޯތި ހަވާލުކުރާނެކަމައް އުންމީދުކުރަން !

  4. ނިއުމާ

    ރައްޔިތުން މަޖިލީހުގެ އިމާރާތުގެ ކުލަ ބަދަލު ކޮށްދެއްވާ ! ދިވެހިވަންތަ ތީމަކައް އިމާރާޔް ބަދަލު ކުރުން މުހިންު .

  5. ޙެހެހ

    އޭގެ ކުރިއަށް މަޖިލީހުގެ ދުއްޕާން ސަރުކާރަށް ކުރަން އުޅޭހެން ހާދަހީވެޔޭ