ރައްޔިތުންގެ މަޖިލީހަަށް އަލަށް ހޮވުނު މެންބަރުން، އެބޭފުޅުންގެ ދާއިރާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅޭ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް ގުޅުމަށް އެ ވުޒާރާގައި އެކަމަށް ހާއްސަ މަންދޫބެއް ހަމަޖައްސަވައިފިއެވެ.

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަޖިލީހަަށް އަލަށް ހޮވުނު މެންބަރުން، އެބޭފުޅުންގެ ދާއިރާގެ އެ ވުޒާރާއާ ގުޅޭ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުމަށް އެ ވުޒާރާގައި އެކަމަށް ހާއްސަ މަންދޫބެއް މިހާރު ހަަމަޖައްސާފައިވާ ކަމަށެވެ.

އަދި މަޖިލީސް މެންބަރުންގެ ޚިދުމަތުގައި އެ ވުޒާރާގައި ހުންނަވާނީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޔާސީން ނަޢީމް ކަމަަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެ ވުޒާރާއިން ބޭންފުޅުވާ ހުރިހާ ޚިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެ. ރައީސްގެ އިރުޝާދަކީ ރައްޔިތުންނަށް އަވަސްޚިދުމަތް ދިނުން. މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެބޭފުޅުންނަށް ވުޒާރާއިން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތައް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުމަތް،". އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މަޖިލީސް އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟިނާ

    ޝަހީމްގެ ބޮޑާކަމާއި ކިބުރުވެރިކަން ހުންނަވަރުގެ ކުޑަ ތަންކޮޅެއް

    1
    7
    • ކާކު؟

      ކާކު ބާ ބޮޑާއީ؟

  2. އާދަމުގެ ދަރި

    މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ވަޒީރުންނަށް އެނގެން އެބަ ޖެހޭ. ދާއިރާގައި ހުރި މިސްކިތްތަކުގެ ކަންކަމާ ގުޅޭ އަވަސް ޚިދުމަތް ހޯދަން މެންބަރުން ގުޅަންޖެހޭތަ