ތައުލީމީ ދާއިރާއާ ގުޅުން ހުރި އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރުދެއްކުމެެއް ނެތި ރައްޔިތުންގެ މަޖިލީސް އިންތިޚާބެއް ނިންމާލުމުން ހިތްހަމަޖެހޭ ކަމަށް ތައުލީމީ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަފީއު އިއްޔެ "ފޭސްބުކް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުފަލަކީ، މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ އެނބުރުމަށްފަހު ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރިންސިޕަލަކަށް، ޓީޗަރަކަށް އަދި ތަޢުލީމީ ދާއިރާގެ އެހެން އެއްވެސް މުވައްޒަފަކަށް ސިޔާސީ ގޮތުން ބިރުދެއްކުމެއް، ވަޒީފާ ބަދަލުކުރުމެއް އަދި ވަޒީފާއިން ކަނޑާލުން ފަދަ އެއްވެސް ކަމެއް ނުކޮށް އިންތިޚާބެއް ނިންމާލުމުގެ ހިތްހަމަޖެހުން ލިބިގެން ދިއުން ކަމަށެވެ.

ވަޒީރު މި ޕޯސްޓް ޝެއަރ ކޮށް މޯލްޑިވްސް ސިވިލް ސަރވަންޓްސް އެސޯސިއޭޝަނުން ބުނީ އެއީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ތައުލީމީ ވަޒީރު އައިޝަތު ޢަލީ ކުރެއްވި އެންމެ ހުތުރު ޢަމަލަކީ އިންތިހާބުތަކާ ދިމާކޮށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ސިޔާސީ ގޮތުން ޖެއްސުންކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އަދި އިންތިހާބުތަކާ ދިމާކޮށް އެތައް ޕުރިންސިޕަލުންނަށް ނުހައްގުން އަނިޔާ ދީފައިވާ ކަމަށާއި ތައުލީމީ ދާއިރާގެ 450 އަށްވުރެ ގިނަ މުވައްޒަފުންނަށް އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ގޮތުން ފިޔަވަޅު އަޅާފައވާ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށް ވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ 350 އަށް ވުރެ ގިނަ މުވައްޒަފުންގެ ބޮލުގައި އެކި އެކި ތުހުމަތު އަޅުވާ ސަސްޕެންޑުކުރި ކަމަށާއި 50 އަށްވުރެ ގިނަ ޕްރިންސިޕަލުންނަށް ސިޔާސީ ގޮތުން ކުރީ ސަރުކާރުން ފިޔަވަޅު އެޅި ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރި 20 އަށްވުރެ ގިނަ ޕްރިންސިޕަލުން ވަޒީފާއިން ވަކިވާން މަޖުބޫރުކުރުވި ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

ތަޢުލީމީ ވުޒާރާގެ ވަޒީރަކު ދުވަހަކު ނޫޅޭ މިންވަރަށް ސިޔާސީ މަސައްކަތުގައި ކުރީގެ ވަޒީރު ހުތުރުކޮށް އުޅުއްވި ކަމަށް މޯލްޑިވްސް ސިވިލް ސަރވަންޓްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮގުހަދާ މީހުން ހޯދާ ކުންފުނީ ރައީސް

    ބުރޯ ނާހަމަ ތެދެއް އެކޮއި ހުވަފެނުން ނަމަވެސް ފޮނެއް އަރުވާ ނުލަންތަ

  2. ހުސްބަސްތީ

    ތިބޭފުޅާވެސް ތިޔަކާޑު ކުޅުނު ލިބުނު ދުވަސް ކޮޅު މަދުވީމާ މާގިނަ ކާރޑު ކުކުޅެވުނީ، އަދުވެސް އޮތީކުރިޔަށް ކިބުރުވެރި މިނިސްޓުރު!

  3. ބަނީ

    ހަމަ ވަރަށް ރަނގަޅު ވާހަކަ..... މީހުންގެ ހައްގު ފޭރިގަރުމަށް ކިޔާނީ ކީކޭބާ....ސަފީއުއަށް ހަމަ އެއްކަމެއްވެސް އިންގޭކަމަކަށް ނުވޭދެއްތޯ

  4. ޜާއްޖެ

    އުއްމީދުކުރަނީ ތިޔަފަދަ ވާހަކަފުޅަކަށް ނޫން. ކިޔަވާކުދިންހެ ގެއްލިފައިވާ އަޚުލާގާއި ތަރުބިއްޔަތަށް ހުރިހާ މުއައްސަސާއެއް އެކަތިގަނޑަކަށްވެ ތައުލީމީ ދާއިރާގައި ދީން ކުރިޔަށް ނެރެންޖެހޭ

  5. މަ

    ބޭކާރު ވާހަކަނުދައްކާ މަޑުން ހުރިއްޔާވާނީ ކީއް؟ މީހުންނަށް އެތިވަރު ނުގޮވިއްޔާ ވެރިކަންނުކުރެވެނީތަ؟

    2
    4
  6. ޙަމަ ޑޮކުޓަރު

    ޢިސްލަމިކް ޔުނިވަރސިޓީގައި މިނިސްޓަރގެ ބާރުގައި ލާރި ބެހުމާއި ވްކި ބަޔަކަށް ވަޒީފާ ދޭން ބުނުމާއި ކަންކަން ކޮށ1ފަ މިކޔަނީ ކީކޭ. މުއިޒްގެ ހަލާކު..

  7. މޮހޮނު

    ޢަހަރުން ހީކުރީ މުޢިޒު ބުނިގޮތަށް ސީދާ ބަހުން ވާހަކަ ދައްކާނެ ކަމަށް. ނަމަވެސް މިފެނުނީ ދިމާއިދިކޮޅު. މި ޑޮކުޓަރު މިހަދަނީ ހުސްދޮގު. ކޮބާ ސަސްޕެންޑް ކޮށްފަ ތިބި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި މުވައްޒްފުން. މުޢިޒްގެ އަގުވައްޓާލަން އަނގަހުޅުވަން ވެއްޖެވިއްޔާ. ޢިސްކޮޅުން ކުރިއްޔާ ސަހަލު ނުވާނެ.

  8. Anonymous

    އެމްޑީޕީ ސަރުކާރުން ބޭއިންސާފުން ކަންކަން ކުރީމަ ނުހޮވުނީ ދެވަނަ ދައުރަކަށްވެސް، ނާކާމިޔާބީ އަކީ އެމްޑީޕީން އުފެއްދި ނަފުރަތު އަނިޔާވެރި ޢަމަލުތަށް !

  9. ލޮލް

    އެކަމަކު ބޭފުޅާގެ ކާރުކޮޅު ޗާންދަނީމަގުގައި ބާއްވައިގެން ހަދިޔާ ބެއްސެެވިން ދޮއްޔޮތޮ