އަލަށް ޓެކްސީ ޑްރައިވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ވިދާޅުވީ، އެ ޕްރޮގްރާމަކީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން މިހާރު ޓެކްސީ ކުރުމުގެ ހުއްދަ އޮންނަ ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅޭ ފަރާތްތަކަށްވެސް ހާއްސަކޮށް ޕްރޮގްރާމެއް ހިންގަން ފުލުހުން ވަނީ ނިންމާފައެވެ.

 

ފުލުހުން ވަނީ މި ދެޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ 23:59 އާ ހަމައަށް ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.