ދަރިފުޅު ދެކިލުމަށް ކަމަށް ބުނެ ގެއަކަށް ވަދެ މީހަކަށް ބިރުދެއްކި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ މައްޗަށްވެސް ކުރަނީ ބިރުދެެއްކުމާއި މުދަލަަށް ގެއްލުން ދިން ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ 32 އަހަރުގެ ފިރިހެން މީހާގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އެ ގޭގެ ދޮރު ކަނި ކުރިންވެސް އިނީ ހަލާކުވެފައެވެ. އަދި އޭނާ ފައިން ދޮރުގައި ޖެހުމުން ދޮރަށް ގެއްލުންވުމުން ބަދަލުދޭން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާއިރު، އެގޭގެ އެއްވެސް މީހަަކަށް އޭނާ އިންޒާރު ދީފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އޭނާ އެގެއަށް ދިޔައީ ދަރިފުޅު ދެކިލުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅޭ 25 މީހާގެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ އެ ސަރަހައްދަށް ދިޔައީ އޭނާއާއެކު ދިޔަ މީހާގެ ދައްތައާ ވާހަކަދައްކަން ކަމަށާއި، ދައްތަ އުޅެނީ އެގޭގައި ކަމަށްވެ. އަދި ފުލުހުން އޭނާގެ މައްްޗަަށް ތުހުމަތު ކުރާ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    މިއީ ކޯޓުގެ މައްސަލައެއް! ތިމާގެ އަމިއްލަ ގެއަށް ވެސް ވަދެވޭގޮތައް ހުކުމް ކުރަނީ! މަގުސަދަކީ ދަރިފުޅު ދެއްކުން، މަގުމައްޗައް ނެރިފަވެސް ދަރިފުޅު ދެއްކިދާނެދޯ؟

  2. Anonymous

    ކޮބާހޭ ފިރިހެނުންގެ ހައްގު ހައްގު އޮންނަނީ އަންހެންކަނބަލުންގެތޭ

  3. މަރީ

    ބިރުނުދައްކާ އެކަމަކު ޖެހިޖެހީނުންދޮރު ފުޑާލާއި ގަދަކަމުންވަނީ ، އަޑުގަދަކޮށް ޖެހުނުހާ ހުތުރުވައްތަރެއްޖެއްސި ، ބިރުނުދެއްކުނުކަން ނަސީބެއްނު

  4. މޮހޮނު

    ތިޔަ ކަހަލަގެ މައްސަލަ ތަކުގައި ދެފަރާތުގެ ވާހަކަ އަޑު އެހުމުން ހަގީގް އިނގޭނީ. ކޮންމެ ސަބަބަކާއި ހެދިނަމަވެސް ވަރިވުމުގެ ސަބަބުން ދަރިން ނުދައްކާ ދަރިންނާއި މައިން ބަފައިންނާއި އޮންނަށްޖެހޭ ގުޅުމުން މަންމަ ނުވަތަ ބައްޕަވެސް މަހްރޫމް ނުކުރެވޭނެ. ކޮންމެ ކުއްޖަކަށްވެސް މައިން ބަފައިންނާއި ދެފަރާތުގެ އާއިލާއާއި ތިމާގެ މީހުންނާއި ގުޅުން ބޭއްވުނުގެ ހައްގު ލިބިގެންވޭ. ގިނަ ފަހަރަށް ވަކިވުމުން ކުއްޖާގެ ބައްޕައަށް ލިބޭ ހަމައެކަނި ހައްގަކީ ކެލޭ ކުރީ ކޮންކަމެއް. އެހިސާބުން ދަރިފުޅާއި ވަކިކޮށް ދަރިފުޅުގެ ބައްޕަ ނަފްސާނީ ގޮތުން ބަލިކޮށް އަތުން ފައިން ގޯސް ހެދޭ ހިސާބަށްދަނީ. އެކަމަކު އަތުން ފައިން ގޯސް ހެދުމަކީ ރަގަޅުކަމެއް ނޫން. އޭރުން ކުށެއްގައި ބެދި އަދަބު ލިބޭނީ.

  5. Anonymous

    ތެދު ހަދާ މީހެއް މިޒަމާނުގަ އިނގޭނެ...؟؟