ސައުދި އަރަބިއްޔާގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ފުރާވަޑައިގެންފިއެވެ

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގެ ރިއާދަށް ފުރާވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން މުޅި ކޮންފަރެންސްގައި މަތީ ފަންތީގެ އިވެންޓްތަކާއި ސެޝަންތަކުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ސަރުކާރުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާޖަމާއަތްތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، އިލްމީ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓް އަކީ ސައުދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.

މި ފޯރަމަށް ދުނިޔޭގެ ބާރުގަދަ ގިނަ ގައުމުތަކެއްގެ ވެރިން ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަސދ

    ދުނިޔޭގެ ބާރުގަދަ 700 ލީޓަރުންނާއި ބައްދަލުކޮށް މުއިއްޒުގެ ތަސައްވުރު ހާމަކުރާށެވެ. އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރާށެވެ. އިރާދަފުޅުން ތިޔަދަތުރުން އެކަނިވެސް ފުށިދިއްގަރުގެ ޕޮރެޖެކްޓް ހުރިހާ ކަމެއް ނިމިގެންދާނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކުރުމަށްޓަކައި ފަންޑުހޯދާނީ ޑުބާއީޕޯޓް މެދުވެރިކޮށެވެ. މުއިއްޒުގެ ފަސްއަހަރު ނިމި ދެވަނަ ދައުރަކަށް އެއްވެސް ހަރަދެއް އަދި މަސައްކަތެއްވެސް ކުރައްވާކަށް ނުޖެހޭނެއެވެ. ކުރަންޖެހޭވެސް ކަމަށްއޮންނާނީ އިލެކްޝަނަށް ހުށަހަޅަންޖެހޭ ގާނޫނީ ފޯމް ހުށަހެޅުމެވެ. މުއިއްޒު ރައީސްކަމަށް ގެނައުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނީ ދިވެހިން އެންމެން ގުޅިގެން އެއްރޫހެއްގައި އެއްވާނެއްގައެވެ. މުއިއްޒު ދެވަނަ ދައުރަކަށް ކުރިމަތިލާނީ ސިންގަޕޫރާއި ޑުބާއީ ގަތަރަށްވުރެ ބޮޑުތަނުން ރާއްޖެ ކުރިއަށް ޖެއްސުމަށްފަހުއެވެ. މީގެ އިތުރުން ސައުދީއެރެބިއާގެ ވަލީއަހުމެނަށްވުރެ ތަނަވަސްކަމުގެ ގޮތުން ކުރީގައެވެ.

  2. ދަސ

    ވަޒީރު މޫސާ ޒަމީރް ސައުދީގައި ތަގުރީރުކުރައްވާނީ އަރަބިބަހުންނެވެ. ސައީދު ތަގުރީރުކުރައްވާނީ ލާމުއަތޮޅު ބަހުންނެވެ.

  3. ދިރާސާ

    ފާފު އަތޮޅު ވިއްކާލުމުގެ ޕްރޮޖެކްޓު އަނެއްކާވެސް މި ފަހަރު ފެށޭނެ.. އެސްް.އީ.ޒެޑު ގެ ދެވަނަ ޕްރޮޖެކްޓް .އަތޮޅު ސައުދީ ރޯޔަލް ފެމެލީއަށް 99 އަހަރަށް ދިނުން.. ފާފު އަތޮޅު ރައްޔިތުން މިފުރުސަތަށް ނޫނެކޭ ނުބުނާތި.. ފަހަރުގައި އަތޮޅުގެ އާބާދީ މަގު ރަށްތަކުން މީހުން ފައިބަން ޖެހިދާނެ..