ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ދެ ފަންގިފިލާ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ގައުމީ ޔުނިވަސީޓީ (އެމްއެންޔޫ)ގައި ޑޮކްޓަރީކަން ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔުނިއަން އިން މިރޭ ބުނެފިއެވެ.

ރާއްޖޭގެ އެމްއެންޔޫ އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގި މައްސަލައިގައި އެ ޔުނިއަން އިން ވަނީ ރައީސް އޮފީހާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން އަރުވާފައިވާ ކަަމަށެޗެ.

"ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަވަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ،". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަމީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާފައި ތިބެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިޕޯ

    މެޑިސިން ކިޔަވާ ކުދިންނަށް ދަސްނުވޭ އެންމެ އިސްކަމެއް ދޭންވާނީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރަންކަމެއް. މިހާ ބަލިމަޑުކަން އިތުރުވެ، ބާއްވާނެ އެނދެއް ނުލިބިގެން އުޅޭއިރު އެ ހޮސްޕިޓަލުގައި ނޫނިއްޔާ ނުކިޔެވޭ. ހިޕޮކްރެޓިކް އޯތު ދަންނަ ބައެއްތަ؟

    1
    6
  2. ޝެއިޚް އަޖުމަލް.

    ރ ޑރ މުއިއްޒު، ދެއްވާނީ އުއްމީދެއް ، ނުން ޔަގީން ، ކަން، ެ، ކުރާނެ، ބާރު ސްޕީޑްގަ.

  3. ހާމިދު ޝާޙިދު

    ދެން ކޮން އުންމީދެއް އާވެގެން ތިއުޅެނީ! ސަރުކާރުން ގޯސް ހަދައިފި. ކުއްލިއަކަށް ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދަރިވަރުންނަށް ހުރަސް އަޅައިފި. އެމީހުންގެ ކިޔެވުމަށް ހާއްސަ ކުރެވިގެން ރައީސް ޔާމީން އުފައްދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލާ ސަރުކާރުގެ ސިޔާސީ މީހުން ބަލިވީމާ ހިދުމަތް ދޭނޭ ވީއައިޕީ ބައިތަކާއި ޕްރެސިޑެންޝަލް ފްލޯ ހެދުމަށް ނަގަން ނިންމައިފި. ދެން ރައީސް އޮފީހަށް ގެންގޮސް ފިނިއެއްޗެއް ދިނީމާ، ނުކުމެ މިބުނަނީ މިސަރުކާރަކީ ސިއްހީ ދާއިރާ ތައްގީ ކުރުމަށް ވަރަށް އިސްކަމެއް ދޭ ސަރުކާރެކޭ، މުއިއްޒު ގެ މީހުން ރައީސް އޮފީހުގައި އެހާ އަވަހަށް ބައްދަލު ކޮށްލީތީވެސް ޝުކުރު އަދާ ކުރާކަމަށް.

    2
    3
  4. Anonymous

    ބަލަ ދިވެހި ރައްޔިތުން ބަލިވީމާ އެޑްމިޓް ކުރަން ޖާގަ ނުލިބިގެން މިއުޅެނީ، ކިޔަވާ ކުދިން ކިޔަވަން ޔުނިވާރސިީގައި ޖާގަ އެބަހުރި، މާދެން ކަންބޮޑު ނުކުރާ ތިޔަމީހުންވެސް، މިތާގައި ކިޔަވަނީ ހަމައެކަނި މެޑްސިންނޫން ތިޔައީ ދެން މާމަތީ ބަޔަކަށް ހެދިގެން ތިޔައުޅެނީ ކޮންމެ މަސައްކަތްކީވެސް މުޖުތަމައަށް ބޭނުން މަސައްކަތެއް ހަމައެކަނި ތިޔަކަމެއްނޫން،

    4
    2
  5. ޝަރީފް

    ގައުމެއް ތަރައްގީކުރެވޭނ އެގައުމެއްގަ ރައުސުލްމާލެއް އޮވެގެން. ބިދޭސީން ރައީސްކަން ކުރަން ގެނެސްގެން އެގައުމެއް ދުވަހަކުވެސް މިނިވަން ނުވާނެކަން ޔާމީނު ސާބިތުކޮށްދީފި. ހިތާމަޔެކީ ދިގުތިރީސްއަހަރު ގެންނަން ދިވެހި ލޭހިނގާބަޔަކު މަސައްކަތްކުރާކަން. މުއްސަތިން ބޭސްފަރުވާޔައް ދަނީ ބޭރުގައުމުތަކައް. ކީއްވެ؟ ރާއްޖެއިން . އެކަށީގެންވާފަރުވާނުލިބޭތީ އެކަންފުހެލަން މިސަރުކާރުން މަސައްކަތްކުރާތީ ބަޔަކަށް ހަޖަމްނުވެގެން އެކަމަށްހުރަސް އަޅަންމަސައްކަތް ކުރަނީ.