ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖު ހައްޔަރު ކޮށްފިއެވެ.
މޫސާ ސިރާޖު ހައްޔަރު ކޮށްފައި ވަނީ ދޮގު ވާހަކަތަކެއް ހިމަނައިގެން އަދީބުގެ ބަޔާންތައް ނެރުނު މައްސަލައިގައެވެ.
މޫސާ ސިރާޖު ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރު ކުރުމަށް އަމުރު ކުރަނީ ރައީސް ޔާމީން އާއި އެހެން ބަޔަކު ޖިނާޢީ ކުށެއް ކުރިކަމަށް ބެލެވިދާނެ ދޮގު ވާހަކަތަކެއް އަދީބު އާއި ހަވާލާދީ ފަތުރަމުން ގެންދާ މައްސަލައިގައި ކަމަށެވެ. އޭގެ އިތުރުން ހަޑިހުތުރު ބަހުން ލިޔުންތައް ތައްޔާރު ކުރާ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ސިރާޖު ހައްޔަރު ކޮށްފައި ވަނީ މިރޭ ހޮޓެލް ޖެން އިން ނިކުންނެވި ތަނުންނެވެ.
ސިރާޖު ފަހަކަށް އައިސް ގެންދަވަނީ އަދީބުގެ ނަމުގައި ވަރަށް ގިނަ ބަޔާންތައް ނެރުއްވަމުންނެވެ.
އެއީ ތެދު ހައްޔަރު ކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް. މިމައްސަލަތައް ބަލާނަން
ވަކީލަކަށްވެފަތިހުރީ ޤާނޫނީގޮތުން! ވަކީލަށް ޤާނޫނު ނޭންގެންޏާ؟ ހަމަ ހައްޔަރު ކުރަންވީ.
ތީއީކީ ބްރޭކިން ވާކަށް މާކަ ސަޅިވާހަކައެއް ނޫން..!
ތިކަން ކުރަން އަސްލު މާ ލަސްވެސް ވެއްޖެ
މާލަސްވެއްޖެ.