ޝައިހް އިލްޔާސް ހުސެއިން މިއަދު ހެއްދެވީ އިތުރުފުޅެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިލްޔާސް ވަނީ ޝަހީމްއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަދައްކަވާފައެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށް ޝަހީމް މީގެކުރިން ވިދާޅުވި ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އިލްޔާސް ވިދާޅުވި ގޮތުގައި އެބޭފުޅާއާއި ހިސާބަށް މައުމޫނާއި ބެހޭގޮތުން ރައީސް ޔާމީން ދެއްކެވި އެވާހަކަތައް ގެނެސްދެއްވީ ޑރ. ޝަހީމް ކަމަށެވެ.
"އަޅުގަނޑާ ޝެއިޚް އިލްޔާސްއާ ބައްދަލުވެ ދިމާނުވާތާ މިހާރު ގާތްގަނޑަކަށް 4 އަހަރުވަނީ ހަތަރު އަހަރެއްހާ ދުވަސްވަނީ. ކެބިނެޓްއިން އިސްތިޢުފާ ދިން ދުވަހު އިލްޔާސްއާ ވާހަކަ ދެއްކިން. އަދި މެލޭޝިޔާއަށް ކުރިދަތުރެއްގައި އިލްޔާސްއާ ބައްދަލު ކުރީމު. އެބައްދަލު ވުމުމަށްފަހު އިލްޔާސްއާ ބައްދަލެއް ނުވޭ." ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސްގެ ވާހަކަތައް ދޮގު ކުރައްވަމުން ޑރޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް އިތުތަށްށް ވިދާޅުވީ ދެން ތިން އަހަރުވަންދެން އެއްވެސް މުޢާމަލާތެއް ޝެއިޚް އިލްޔާސްއާ ކޮށްފައިނުވާ ކަމަށާއި އިލްޔާސްއާ އޭގެ ފަހުން އުމްރާ ދަތުރެއްގައި ދިމާވެ ސަލާމްކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިލްޔާސްއާ "އަޅުގަނޑު ކިޔާދޭން ޖެހޭ ސިއްރު ވާހަކަތަކެއް ނުހުންނާނެ" ކަމަށެވެ.
އަދި ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ޝަހީމްގެ ޝަޚްސިއްޔަތު ކަލިލުމަށް މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްޔާސްގެ އަރިހުން އެދޭކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެއީ އިލްމުވެރިން ކުރާނެ ކަންތައްތަކެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝެއިޚް އިލްޔާސް ސިޔާސީ މަސައްކަތްފުޅު ރަސްމީކޮށް ފެއްޓެވުމަށްފަހު، ގިނަ ދޮގުތަކެއް ހައްދަވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️
އިލްޔާސް ގެ ތި ދޮގު ހެދުމަކީ މޑޕ ގެ ނާކާމިޔާބު ކަމުގައި ލައްވާށި. އާމީން.
އިލްޔާސް މިހާރު ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެ އިލްޔާސް އެހެރީ ރީދޫ ހުންޖެހި ޕރޕޑ ގެ އަތްދަށުވެފަ އަދި ސެކިއުލާ ފިކުރަކީ މިހާރު އިލްޔާސް ބޭނުންވާ ދީން އޮންނަން ވާނެގޮތް އިލްޔާސް އަކީ މިގައުމުގާހުރި ނސީދުގެ ސެކިއުލާ ޔަހޫދީންނަށް އެއްބާރުލުމުގެ ގޮތުން ކަޅުފައިސާ ގަނެލާފަހުރި މީހެއް
އިލްޔާސް ވިދާޅުވިގޮތަށް ޝަހީމް އެގޮތަށް އިލްޔާސް ކާރީ ވިދާޅުނުވާ ކަމަށް މާތްﷲ ގަންދީ ހުވައި ކުރައްވަން ކެރިވަޑައިނުގަތީ ކީއްވެތޯ؟ އޭރުނަ އިލްޔާސްގެ ވޯޓް ވެސް ޔާމީން އަށް ލިބުނީ.
ޝަހީމު ތި ހަދަނީ ތެދުތަ؟