"އަޅުގަނޑުމެން މިނިކުތީ މިއަނިޔާވެރިކަން ނިންމަން. ވަޒީފާގެ ބިރު ދެއްކުން ހުއްޓުވަން"
މިއީ އިދިކޮޅު ކޯލިޝަންއިން ވެރިކަމަށް ކުރިމަތި ލައިގެން އައި ދުވަސްވަރު އެންމެ އަޑަށް ބާރު ލާފައި ދެއްކި ވާހަކައެވެ. ރީންދޫ ތޮއްޕާއި ރީންދޫ ޓީޝާޓު ލައިގެން ގޭ ދޮރުމަތީ ޕިކަޕެއްގައި ބޮޑެތި ސްޕީކަރު ހަރުކޮށްގެން ކިޔަމުން ދިޔައީ މިހެންނެވެ. ވެރިކަމަށް ހިފާފައިހުރި ބޫތެއްގެ ސަބަބުން ރައްޔިތުންނަށް މިހާރުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ދެއްކުމަށް ކުރެވުނު ހުރިހާ މަސައްކަތެއް އެމްޑީޕީއާއި އިދިކޮޅު ކޯލިޝަންއިން ދިޔައީ ކުރަމުންނެވެ. އަދި އެމީހުން ދެމި ގުއި ރޯނުގައި ދިވެހިން ހަމަ ރަނގަޅަށްވެސް ޖެހި އެމީހުންގެ އަތް މައްޗަށް މިއަދު ދިވެހި ޤައުމު މިއޮތީ ދޫކޮށްލައިގެންނެވެ.
މިއަދު ދިވެހި ރާއްޖޭގެ ބާރު އޮތީ އެމްޑީޕީއަތައް އެރުމުގެ މަރުހަލާގައެވެ. އިދިކޮޅުން އެދަނީ ޖަހާނެ ސަކަރާތެއް ޖަހަމުންނެވެ. މުޒާހަރާ ކުރުން މިހާރު ވެސް ފެށިއްޖެއެވެ. މުޒާހަރާ ކުރުމުގެ ޙައްޤުގެ ސަބަބުން އަމިއްލަ ވެށީގައި އަމާން ކަމާއެކު އުޅުމުގެ މިނިވަންކަން މީގެ ކުރިން ނިގުޅައިގަނެވިފައިވީ ނަމަވެސް ރައީސް ޔާމީންވަނީ އެމިނިވަންކަން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވާ ދެއްވާފައެވެ. މިއަދު މިފެންނަނީ އެމިނިވަންކަން އަނެއްކާވެސް އަބުރާ ނިގުޅައިގަންނަތަނެވެ. ދައްކަން އުޅުނު ވާހަކައާ ކުޑަކޮށް ދުރަށް ދެވިފައިވުމުން މިސްރާބް ބަދަލުކޮށްލާނަމެވެ.
ރަނގަޅެވެ! ރައްޔިތުން އެމްޑީޕީ އަށް ވެރިކަން ދިނީ މުޒާހަރާ ކުރަން ބޭނުން ވާތީ އެވެ. "އަނިޔާވެރިކަމުން" މިންޖުވާށެވެ. ހަމަގައިމުވެސް އެމްޑީޕީއިން ބުނަނީ މިހެންނެވެ. އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އެއް ފަހަރަށްވުރެ ގިނައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީވެސް މިއެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެމްޑީޕީގެ މިސްރާބް މިއަދު ހުރީ އަނިޔާވެރިކަމާއި ދެކޮޅަށް ހެއްޔެވެ؟ ނުވަތަ ނިކުންނަން އެއުޅެނީ އަނިޔާވެރިކަން "ދައްކާލަން" ހެއްޔެވެ؟
ޕީޕީއެމްގެ ކެންޕެއިން ޙަރަކާތުގައި އިސްކޮށް އުޅުނު ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒިފެކެވެ. އަދާކުރަމުން އައީ އާދައިގެ ވަޒީފާއެކެވެ. މުސާރައިގެ ގޮތުގައި 6،000 ރުފިޔާ ލިބޭނެ ހެނެއްހީއެއް ނުވެއެވެ. އަބަދުވެސް ޕީޕީއެމްގެ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހެކެވެ. ނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ އާއްމު ކުރި ހިސާބުން ދެން ފެނުނީ ފޭސްބުކްގެ ޕްރިފައިލް ފޮޓޯ ބަދަލުކޮށްލިތަނެވެ. ކޮންކްރީޓް ތަރައްޤީއަށް ލޯބި ކުރި މީހާ ކުއްލިއަކަށް ޖަޒީރާއަށް ތަޢީދު ކުރިތަނެވެ. ވާނުވާއެއް ކިތަންމެހާވެސް ބަލާލަން ބޭނުމެވެ.
"އައްސަލާމް އަލައިކުމް. ކޮބާ ހާލު އަޙްވާލް ކިހިނެތް؟" ވީނުވީއެއް އެނގެން ކިތަންމެ ބޭނުންވެފައި ހުރި ކަމަކު ވާހަކަ ފެށީ އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވުމަށްފަހު ޙާލު އޮޅުން ފިލުވައިލަމުންނެވެ. އަދި ރަށުގެ ތެރޭގެ ވާހަކަ ދައްކަމުން އޭގެ ތެރެއިން އެއްކަލަ ވާހަކައަށް މިސްރާބް ޖެހީމެވެ. އަދި ވާނުވާއެއް ބަލާލަން ފޭސްބުކް އެކައުންޓް ހެކްވީތޯ އަހާލީމެވެ.
"ބްރޯ! ޖަޒީރާ ރާއްޖެ ފޮޓޯއެއް މިލީ ވަޒީފާއިން ވަކި ކުރާނެތީ ބިރުން. އެމީހުން އެބަ އިންޒާރުދޭ ކަނޑާލާނަމޭ. އަނެއްކާ ބޮޑު ލިސްޓެއް އެބަ އޮތް. ދެން ބުނާނެ އަހަރުމެންނޭ އަނިޔާވެރިއީ." އެމީހާ ބުންޏެވެ.
"ވަގުތު" އަށް މައުލޫމާތު ދިން އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ވެސް ބުނީ އެމްޑީޕީ އަށް ވެރިކަން ލިބުމާއި އެކު ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު އޭނާ އަށް ވެސް ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން މާލޭގައި ސަރުކާރުގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު ވެސް ބުނީ އޭނާ ވެސް ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
"މިތަނުގައި އެބައުޅޭ އެމްޑީޕީގެ މަތީ ފަރާތްތަކާއި ގުޅުން އޮންނަ މީހުން. އެމީހުން މިހާރު ވަރަށް ފާޅުގައި އެބަބުނޭ މިފާއިތުވި ހަތް އަހަރު ދުވަހު އެމްޑީޕީ އަށް ތާއިދު ނުކުރި އެންމެން ވަޒީފާ އިން ވަކިކުރާނަމޭ. އެހެންވެ އެހެން ވަޒީފާ އެއް ހޯދަން ޖެހިފައި މިއޮތީ" އެކުންފުނީގައި 16 އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފަކު ބުންޏެވެ.
ވަޒީފާއިން ވަކިކުރާނެ ކަމަށްބުނެ އެމްޑީޕީގެ އެކްޓިވިސްޓުން އެތައް ބަޔަކަށް މިދަނީ އިންޒާރު ދެމުންނެވެ. އިންތިޚާބުގެ ކުރިންވެސް މިކަހަލަ ކިތަންމެ އިންޒާރެއް އައެެވެ. ނަމަވެސް ގިނަ ރައްޔިތުން ތިބީ އެބަޔަކު ޤަބޫލު ކުރާ ގޮތެއްގެ މަތީގައި ޘާބިތު ކަމާއި އެކުގައެވެ.
އަނިޔާވެރިކަމުން މިންޖުވާން ކަމަށްބުނެ އަންނަން އުޅޭ ސަރުކާރުން މިފެންނަނީ އަނިޔާވެރި ކަމުގެ ސިފަތަކެވެ. ޙަޤީޤަތް ހާމަ ކުރާ ބަޔަކީ ފިތުނަ އުފައްދަން މަސައްކަތް ކުރާ ބައެއް ކަމަށް މިމީހުން ބުނެއެވެ. މިމީހުންނާ ދެކޮޅަށް ބަސް ބުނާ މީޑިޔާތަށް އުވާލަން މިމީހުން އަޑު އުފުލައެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެ ހަމަ މަގަށް އަޅުވަން ކަމަށްބުނެ އަންނާނެ ސަރުކާރުން މިއީ ފެނިގެންވަނެ ސިފަތަކެއް ނޫނެވެ.
ޔާމީން ނަންވާނީ
ޔާމީނަށް ވެރިކަން ލިބިއްޖެއްޔާ ވަޒީފާއިން ވަކި ކުރަން ތައްޔާރު ކުރި ލިސްޓު ތަކުގެ ވާހަކަވެސް ހިމަނާލިނަމަ
ބަލަ ޔާމީން އަނިޔާވެރިވީމަ އެއްނޫންތަ އިހުލާސްތެރި އަނިޔާވެރިނޫން ބަޔަކު ކަލޭމެންތިހޮވީ،؟ އަނެއްކާވެސް ޔާމީނުދޯ މި ގޯސްވީ؟ ހަމަހޭގަތަ ތިތިބެނީ؟
ޖަޒީރާ ރާއްޖޭގައި އޮންނާނީ ޖަންގަލީ ޤާނޫނެވެ. ބޮޑުއެތި ކާނީ ކުޑައެތީގެ އުސޫލުގެ އޯގާތެރިކަމެވެ. ނިކަން ރީއްޗަށް އަނިޔާވެރިކަން ނައްތާލައި އިންސާފު ޤާއިމްކޮށްދޭނެއެވެ. ދެތިކި ޕީ.
ވަޒީފާ އިން ވަކިކުރާނީ ހައްދުފަހަނައަޅާފައިވާ މީހުން އެކަނި
އަޅުގަނޑީ ސިވިލް މުވައްޒަފެއް، މީގެ މާކުރިން 2 މަސްކުރިން އަހްރުމެންނަށް ބާރުލިބޭ ދުވަހަކުން ވަޒީފާއިން ވަކިކުރާނެކަމުގެ އެތައް އިންޒާރެއް ދީފައިވޭ!
އަހަރެން ފިރިމީހާ ވަޒީފާގަ އުޅޭތާ 16ައަހަރު.. ތެދު ހަގީގަތް ވިޔަސް މި ހަބަރު ޝެއަރ ކޮއްލަން ވެސް އަހަރެން ބިރުގަނޭ...
މި ކަމަކީ މި ގައުމުގައި ހިނގާނެ ކަންކަން. ހާއްސަކޮށް ރަށްފުށުގައި އުޅޭ މީހުންގެ ވަޒީފާއަކަށް ވަނީ އެހެން ޕާޓީ ތަކުގެ މީހުން ވަޒީފާއިން ވަކިކުރުން. ލިސްޓްވެސް އިބަ ގެންގުޅޭ
"އައްޑޫ" ގެ ނަމުގައި ކޮމެންޓްކުރި ބޭފުޅާ ޔާމީންގެ ފަސްއަހަރުގެ ވެރިކަމުގަވެސް ތިހުރީ އިދިކޮޅުގަ! ވަޒީފާގެ ބިރެއްވެސް އައިތަ؟ ނާދޭނު؟ އިންޝާއަﷲ ، ރިޝްވަތާ ފަސާދައިގެތެރެއިން ގެނައި ތިޔަވެރިކަން ކުޑަ ދުވަސްކޮޅެއްގެތެރޭގައި ވީދިގެންގޮސް ވެއްޓޭނެއެވެ.
ވަރަށް ރަނގަޅު ކަމެއް ތީ .. އަވަހައް ކަޑާލާ އަދި ވަގުތު އުވާލާ
ތިވާހަކަ ދައްކާކަށް އެބަޔަކަށްވެސް ފުރުސަތެއްނެއް. ނިމިގެން މިދާސަރުކާރުގައި ތިކަން ކޮށްފައޮތީވެސް ހަމ ތިހެން. އަދި މިފަހަރު އިންތިހާބު ކާމިޔާބު ވިނަމަ ވަޒީފާއިން ކަޑާލަން ޕީޕީ ކުދިންވެސް ހަދައިގެން އުޅުނު ލިސްޓް. އަދި ކެމްޕޭން ތެޜޭ އިދިކޮޅު ވިސަނުމުގެ ކިތަށް މީހުން ތޯ ވަޒީފާއިން ވަކިކުރީ... އަޅުގަދު އެދެނީ އިބޫގެ ވެރިކަމުގަ މިފަދަކަނކަން ނުކުރުން. އަދި ވަޒީފާއަދާކުރާ މީހުންވެސް ސިޔާސީ ވިސްނުމުގަ ސަރުކާރަށް ޖެއްސުން ނުކުރުން. ސަރުކާރުގެ ވިސަނުމާ އެއްގޮތަށް އެމީހެއްގެ ވަޒީފާގެ މަސްއޫލިޔަތު އިހުލާސްތެރިކަމާއެކު އަދާކުރުން.
ތީ މިހާރު ހުރިހާ ރަށަކުން ވެސް އިވޭ އަޑު. އަނިޔާވެރިކަމަކީ ވަކި މީހެއްގެ ވެރިކަމުގައި ކުރާކަމަކަށްވެއްޖެ. މިހާރު ރަށްރަށުގެ އިންޖީނުގެތަކާއި ޒުވާނުން މަރުކަޒާއި އޮފީސްތަކުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކަމުންދަނީ. މާތް ﷲ މި އަނިޔާވެރިކަމުން އަވަހަށް އަޅަމެން މިންޖު ކުރައްވާށި.
އަޅުގަދަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސަބަތްވާ މީހެއްނޫން. ރައީސް މައުމޫން ގެ ސަރުކާރުގަ ފިޔަވާ ދެން ވެރިކަން ކުރި ކޮންމެ ސަރުކާރެއްގަ އަޅުގަޑު ތި ކަނަކަނ ތަހައްމަލް ކޮށްފިން.
މޮޔަވެގެން މިއުޅެނީ މި ރީނދޫ ބާގަޑު. ކިޔާނެ އެއްޗެއް ކިޔާފަ ހުރޭ ޔާމިނު އެއޮތީ 5 ވެރިކަން ކޮށްފަ.
ސިޔާސީ ހަރަކާތުގައި އިސްކޮށް އުޅޭ އިރު ހަމަ ނޭނގޭ ބާ އެވަރު
އެނގޭ! އެކަމަކު އޭރު މީހުންގެ ވަޒީފާ ބަދަލުކުރުން ގޯސް ކަމަކަށްވީ ކީއްވެ؟
ޅާދީނީ ކަން ދައްކާނެ އިންޒާރު ދޭނެ ހުޅު ޖަހާނެ ނުބައި ހުރިހާކަމެއް ކުރާނެ
އަހަރެމެން ރަށު ސޮރަކުވެސް އެބަބުނޭ ތިމަންނަމެންގެ ސަރުކާރެކޭ ދެން އޮންނާނީ. ތިމަންނައަށް ފެނަކައިން ވަޒީފާ ލިބޭނެޔޭ. އެތަނުގައި މިހާރު ތިބި މީހުން ކަނޑަނީހޭ އަހާލީމާ ބުނަނީ، ކަނޑާގޮތަށްށޭ ވާހަކަ ދައްކަނީ. ހުވާނުކުރަނީސް މިހުރީ ވާހަކަތައް ހުރިގޮތް. މިދާގޮތުން ކުރިއަށްވުރެވެސް ގޯސްވާނެ ކަންކަން.
ތިކިޔަނީ ވަކިކުރާނެ ވަާހަކަ އެއްނު. ނިމިދިޔަ ސަރުކާރުގަ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރި މީހުންގެ ރިޕޯރޓެއްވެސް ލިޔެބަލަ ވަގުތުގެ ކުދިން
ސާބަސް
ހިތާމަ ކުރާކަމެއް. މީގެ ކުރިން އެމްޑީޕީން ގޮވަމުން ދިޔައީ މީހަކު ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރާ ޗިޓް އަންނަ ހިސާބުންވެސް އަނިޔާވެރިއޭ، މިހާރުން މިހާރަށް ވަޒީފާގެ ބިރު ނުދައްކާށޭ ކިޔާ ގޮވި އަޑު. ޔާމީންގެ ވެރިކަމުގެ 5 އަހަރު 5 މީހުންވެސް ނެތް ވަޒީފާ އެހެން ރަށަކަށް ޗޭންޖް ކޮއްފައި. ވަޒީފާއިން ކަނޑާލާފައި. މިކަން އިސްލާހުކޮށް އިންސާފު ހޯދާދޭން އިންސާފުގެ މަގަށް ރާއްޖެ ގެންދިޔުމަށް އައި ބަޔަކު މިގޮތަށް ލިސްޓް ހަދާ މީހުންނަށް ބިރުދައްކާ ހެދުމަކީ ހިތާމަކުރާކަމެއް. މީ ދިވެހިން. ކޮންމެ މީހަކުވެސް ބޮޑު އާއިލާއެއް އޮވޭ. ތިބީ ކުރެޑިޓަށް އެއްޗިހިނަގާ ލޯނު ނަގައިގެން. މީ ހަމަ ދިވެހި ރައްޔިތުން. މާދަމާ ވާނެ ގޮތެއްނޭންގޭ. މިސާލަކަށް 500 އަހަރު ވެރިކަން ކުރަން ބުނި އެމްޑީޕީ އަށް ވެރިކަން ކުރެވުނީ 3 އަހަރު ގަދަފަދަ ބަސްތައް ބުނެގެންވެސް. ދެންވެސް ވާނެ ގޮތެއް ނޭންގޭ. އެނގޭހާ ވެސް އެއްޗަކީ މީހަކަށް ދެރައެއް ދޭ މީހެއް ނުވަތަ ބަޔަކަށް ވަކި މޮޅުގޮތެއް ނުވާނެކަން. ކޮންމެވެސް ގޮތަކުން، ކޮންމެވެސް ސިފައެއްގައި އޭގެ ހައްގު ސަޒާ ލިބޭނޭކަން. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ. އުންމީދު ކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އަދި އެމްޑީޕީ އެއްވެސް ދިވެހި ރައްޔިތަކަށް ދެރަގޮތެއް ނުހަދާނެކަން. އިބޫ އަކީ ރާއްޖެތެރޭ މީހެއް. ނިކަމެތި ރާއްޖެތެރޭ މީހުންގެ އިހުސާސްތައް އެނގިލައްވާނެ. މިކަމަށް ވިސްނަވާނެ. އެވެސް ރައްޔިތުން. މިވެސް ދިވެހި ރައްޔިތުން.
އަހަރުމެންނަށް އޯކޭ ވަޒީފާއިން ކަނޑާލިޔަސް، ﷲގެ އަޅުންވަނީ އެކަލާނގެ ރަޙުމަތާއިވެސްއެކު، އެއްވެސް ވެރިޔަކަށް /ސަރުކާރަކަށް އަޅުތަކުންގެ ރިޒުޤު ބަންދުކުރުމުގެ ބާރެއް ލިބިގެންނުވޭ، އެއްދޮރު ބަންދުވަނީ ހާސްދޮރު ހުޅުވިގެންނޭ
އަހަރެންމީ ސިވިލް ސާވަންޓެއް . މީގެ 2 މަސްކުރިން ސްކޫލް ކައުންސިލް ސިއްޙީ މަރުކަޒު ، ފެނަކަ ދޮވެ ފެންފޮތި ލާފައި އަލުން އެމީހުންނަށް ނިސްބަތްވާ މީހުނަށް ވަޒީފާދޭނެ ކަމުގެ ބިރު ދައްކާފައިވޭއެވެ. މިހާރު އެމަސައްކަތް ފެށި ކުރިޔަށްދާންފަށައިފި. ލަދު ކޮބާ. މީއަނިޔާވެރިކަން ނިންމަން އައި މީހުންގެ ހާލަކީ.
އެންމެ ބޮޑަށް ތި އިންޒާރު ދޭނީ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް..ދިއްދޫގެ ކައުންސިލްގެ މުއައްޒަފުންނަށާ ދިއްދޫގެ އެކި މުއައްސަސާތަކުގެ ޕީޕީއެމްއަށް ނިސްބަތްވާ މުއައްޒަފުންނަށް ކެނޑި ނޭޅި ފެސްބުކުގަޔާ އެތަންމިތާނގަ ބިރުދައްކާ އިންޒާރުދެމުން ގެންދަނީ
ހއ ދިއްދޫ ކައުންސިލްގެ ރައީސް ތި ލިސްޓުގެ އެންމެ ކުރީގަ އުޅުއްވަނީ. އެ ބޭފުޅާގެ ފޭސްބުކް ބައްލަވާލީމަ ވަރަށް ސާފު
ބަލަ މައުމޫން ވެރިކަން ބަދަލު ކުރިގޮތް ހަދާންނެތުނީތަ. އެމް. ޑީ. ޕީ ގެ ފިކުރަކީ ޔަހޫދީންގެ ފިކުރު އެ ބަދަލެއް ނުވާނެ. ޤައުމަށް މިދިމާވި ގޮތް ވަރަށްވެސް ހިތް ދަތި. ހިތާމޢިގެ ކޮޅެއް ނެތް
މަ ޖަޒީރާ ޓީޝާޓުލީ ޔާމީންގެ އަނިޔާވެރިކަން ހައްދުފަހަނަ އެޅާދިއުމުން.
އެއްވެސް އިންސާފަކައި ނުލައި އަދި ގަވައިދު ތަކާ ހިލާފައް ވަޒީފާ ދީފައި ތިބި ފަރާތްތައް ވަކިކުރަން މަޖުބޫރުވާނެ. ޥޯޓު ލިބޭނެކަމައް ދިން ވަޒީފާތަކެއް އެއީ.
ހަގީގީ ތެދެއް ! މިހާރުވެސް ރަށްރަށަށް އަރާ ، ގޭގެއަށް ވަދެ ވަޒީފާއިން ވަކިކުރާނޭ ކަމުގެ އިނަޒާރު ދޭ !
ޔޫޓިލިޓީ އޮއްއިރު ވެސް މޑޕ އަށް ވަންނަން މަޖުބޫރު ކުރި ދެން މިސަރުކާރު ވީމަ ތިފެންނަނީ
ރުހުމުގެ ލޮލަކައް އައިބެއް ނުފެންނާނޭ ބުނަނީ އެހެންވެ.
މީދޮ އިބު ސޯލިޙް އެބުނި ހަމަހަމަ ކަމަކީ ގާމު މީޑިޔާތަކުގައި އިބޫ ގޮވަމުން ދިޔައީ ވަކި ފިކުރެއް ނެތިއޭ އިބޫގެ ސަރުކާު ހިންގާނީ ދެއްމިވީ ކިކިނެއް ކީ ހުރިހާ ޅެމެއް އެންމެ ފަހުން ވީ ފަރިންސަންދޮ
ކާކުހޭ ވަޒީފާއިން ވަކިކުރީ، ވަކިކުރިމީހެއް ދައްކަބަލަ
ހާސްކަން ކަނޑާލާށެވެ. މައުމޫނާއި ޤާސިމުއާއި ނަޝީދުއާއި އިމްރާން ޢަބްދުﷲ ގެ އެއްވެސް ބަހެއް އޮވެގެން ހިނގާ ކޯލިޝަނެއްގައި އަނިޔާވެރިކަން ޢާންވެގެން ނުދާނެއެވެ. ހީކަރުވަން ފެށީމާ ރަޖާއަޅާށެވެ. ތިޔަކަމަކީ، ވެދާނެކަމެކެވެ. މަރުބަލި ފިޔަވައި ކޮންމެ ބައްޔަކަށްވެސް ބޭހެއްވެއެވެ. އެބައްޔެއްގައި އެމީހަކު މަރުވާނީ މަރުބަލީގައެވެ. އެންމެފަހު ބަހަކީ، ރައްޔިތުންގެ ބަހެވެ.
ދެން ތިވާހަކަދައްކާނެކަމެއް ނެތް އެއްބަޔަކައް މޮޅުވާނެ އަނެއްބަޔަކައް ގޯސްވާނެ މީކަންއޮތްގޮތް
ތަކްރާރުކޮށް ހަނދާންކޮށް މިއަރުވަނީ! މ ޑ ޕ ގެ ނާއިބު ރައީސު ޝިފާޒުގެ ބަދަލުވުމެއްނެތް ހަރުދަނާ ފަލްސަފާއަކީ " އެމް ޑީ ޕީ މީހުނަށް ދީފައި ބާކީ އޮތިއްޔާނޫނީ އެހެން މީހަކަށް ނުލިބޭނެ". ފަލްސަފާއެވެ. ރައީސުކަމުގެ ހުވަޔަށްފަހުވެސް އިބޫ އަކަށް މިއަކާ ދެކޮޅެއް ނެހެދޭނެއެވެ. ޙަޤީޤަތް!!!!
ވަކި ޕާޓީ އަކަށް ސަޕޯޓު ކުރިއަސް ނުޖެހޭނެދޯ ކަނޑާކަށް
ވަޒީފާއިން ކަނޑާލިއަސް ވަގުތުން ދެތިން ވަޒީފާ އެއްފަހަރާވެސް ލިބޭނެތާ، 5 އަހަރުތެރޭ އެކަނިވެސް 150 ހާސް ވަޒީފާ އުފައްދައިގެން އެހެރީ.
ނުކުރާނެ.ގަބޫލެއް ނުކުރާނަން.ވަޒީފާގެ ބިރެއް ނުދައްކާނެ.
ޢަހުރެން އަންހެނުންނަންވެސް ތި ތިކަންތައް ލާއިގެންފިއެވެ. ޥަކިކުރާނެ ވަޒީފާއިން އިންޒާރު ދިން އަދަދު ބުނަން ނޭނގޭ ހައި މައްޗަށް ހިނގައްޖައޫއޭ...ވިސްނާ ފިކުރު ކުރޭ ނަފްސާނީ ގޮތުން މީހާއަށް ވާނެވަރު...ކީއްކުރާނީދޯ
ތިއީ އަބަދުވެސް ވާގޮތް. ވަޒީފާއިން ކަނޑާލީމާ ސަރުކާރު ވައްޓަން ވަގުތުވާނެ.
ޔާމީނުގެ ވެރިކަމުގައި ވަޒީފާ ގެއްލުވާލި މީހުންގެ ވާހަކަ ބުނަން ނުކެރުނީ ކީއްވެ ؟ ޔާމީނުގެ އަމިއްލައެދުން ފުރިހަމަ ކުރަން ވަޒީފާދިން އެންމެން ގެ ވަޒީފާވެސް ގެއްލެން ޖެހޭނެ !
ޢަސްލު މައްސަލައަކީ މުސާރައިގެ ފަރަގު
ޢިންސާފު ވެރި ބަދަލު ސަރުކާރުް ކުރަންވީ ކަމަކީ މީ
ލޯޔަރަކަށް ވީތީ 25000( 8 ގަޑިއިރު މަ ސައްކަތް ) ހުކިރު ހޮނިހިރު ބަްންދު
ކޮލިޓީ ކާޕެންޓަރަކަށް 8000 ( ހުކުރު ބަަންދު، އީދުދުވަސް ވެސް ބަންދެއްނޫން. 14 ގަޑިއިރު މަސައް ކަތުގަ.
ޥީ މާ ކުރާ މަސައްކަތާ އަނގަޔާ އަތާ ދި މާކޮށް ދެއްވާ
މަ ބޭބެ އުޅެނީ ފެނެކައިގަ މަ ދައްތަ އުޅެނީ އެސްޓީއޯގަ އަހަރުމެން އާއިލާ އޮތީ ބިރުވެރިކަމެއްގަ ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނީ އިބޫ ސަރުކާރާ ހަވާލުވެފަ. މީ އެކަން ހުރިހާ އެންމެންގެ ރައީސް އޯ މަ ބަޣާވާތް ކުރަން ތައްޔާރު
ކުށެއްކޮށްގެން ޝަރުޢީކޯޓަކުން ހުކުމް ކޮށްގެން ޖަލަށް ލުމަކީ ދެވޭ އަނިޔާއެއްކަމަށްވާނަމަ ރާއްޖޭގައި ތިބީ ހުސް އަނިޔާވެރިން
ކުރިޔަސް ހަމަތިބެންޖެހެނިި ފެލިފެލި
ގދ ކާޑެއްދޫ މަސައްކަތް ކުރާ މީހުން ނަށް ވެސް ދަނީ ވަޒީފާ ބިރުދައް ކަމުން އިބޫ ހުވާ ކުރީމަ ޔާމީނު އަށް ތާއީދު ކުރާ އެންމެން ކަޑާ ނަމޭ ކިޔާފަ
ކާޑެއްދޫ ގެ މުއައްޒިފުން ވަޒީފާއިން ކެންޑީ ޔާމީނެއްނު. ދެން ގެނއީ ހުސް ޕީޕީ މީހުން
ވަޒީފާއިން ވަކިކުރަން ޖެހޭ ހައްދުފަހަނައަޅާ ގޮސްފައިވާ މީހުން ވަކިކުރުމަކީ ރަނގަޅުކަމެއްކަމުގައި ދެކެން. އެއީ ކޮންމެ ސަރުކާރެއް އައި ނަމަވެސް ވާނޭ ކަމެއް..ކޯލިޝަން ވެރިކަމެއްގައި ނުޖެހޭ ޕީޕީ އެމް މީހުން ސަރުކާރުގެ އިދާރާ ތަކުގައި ވެރިންނަށް ތިބޭކަށެއް..ވަޒީފާއެއް ނުލިބިގެން ކެމްޕޭން ގައި ބައިވެރިވެ ވަޒީފާ ހޯދިމީހުން އެއީ އަދި އެހެން ބައެއް..އެކުދިންނަކީ މަޖުބޫރީ ކުދީން.. އެކުދިންވެސް ހައްދުފަހަނައަޅާ ދާނަމަ ވަކިކުރަންވީ.. ހައްދުފަހަނައަޅާ ދިޔުމަކީ ތާއީދުކުރުމެއްނުން، އެއީ ކަމެއްވާތަން ފެންނައިރު އަދި ކަމެއް ވާކަމުގެ އަޑުއިވޭއިރު އެކަން ނުފެންނަކަމައް ހެދުން ނުވަތަ އަޑުނުއިވުން..ސުކުރިއްޔާ!
ވަޒީފާއިން ކަނޑާލިނަމަވެސް މާތްﷲ ޝުކުރުކުރަންވީ..ކެތްތެރިވާންވީ..ރިޒްގް ދެއްވަނީ މާތްﷲ ކަން ހަނދާންނައްތައި ނުލަންވީ... އަދި ވިސްނަންވީ މާތްﷲ އިންސާނުން އެކި އެކި ކަންކަމުން، އިމްތިޙާންކުރައްވާކަން. މިސަރުކާރުން ވެސް އެކަންތައް އެބަހުރި ކޮއްފައި ގުނައި އަދަދު ނުކުރެވޭވަރައް..އެ ހިތާމައިގައި ތިބެގެން ކޮންމެކަމެއްވެސް މެދުވެރިވަނީ ﷲ ގެ ހަޒްރަތުންކަމާއި، ތަނަވަސް ކަމާއި ވަޒީފާއާއި ލިބެނީވެސް މާތްﷲ އެކަމެއް ވާން އިރާދަކުރެއްވިނަމައާއި، ތިމަންނައި ތެދުމަގުގައި ހުރި މީހެއްކަން ހަނދާން ނައްތައި ނުލިބަޔަކަށް މާތްﷲ ރަނގަޅު ގޮތާއި ތަނަވަސްކޮށްދެއްވާނެކަން އެއީ ޔަގީން ކަމެއްކަން މިއަދު އެކަމުގައި ދެމިތިބި ބަޔަކަށް ކަށަވަރުވާނެ ހާލަތު ބަދަލުވީ ގޮތުންވެސް.. ދެން ކަމެއް ލިބުނީމައި ނުވަތަ ކަމެއް ބޭނުން ގޮތަކަށްވީމައި ކިބުރުވެރިވެ ބޮޑައިވެގަންނަބަޔަކައް މިހާރު އިހްސާސް ކުރެވޭނެ މާތްﷲ ގެ ހަޒްރަތުން މިދުނިޔެއިންވެސް ހިންހަމަޖެހުމެއް އުފަލެއް ތަނަވަސްކަމެއް ނުލިބޭނެކަން..މި ސަބަބުތަކަށްޓަކައި މާތްﷲ ވަނީ ތައުބާ ލައްވަވާފައި.. ވީމާ މި ވޭތުވެދިޔަ ދުވަސްތަކުގައި މީހުން ވަޒީފައިން ކެނޑުމާއި ހާލު ޖެއްސައި ރިޒްގް ދެއްވަނީ ތިމަންނަ ކަމުގައި ދެކުނު މީހުން ﷲ ގެ ހަޒަރަތައް ތައުބާވެ ކުށެއް ކުރެވުނުކަމައްދެކި މާތްﷲ މަތިން ގިނަގިނައިން ހަނދުމަކުރާށެވެ...ޝުކުރިއްޔާ!
މަދު ދުވަސްކޮޅެއްގެތެރޭގައި ތިޔަގެނައިއެތީގައި ރޯވެ އަނދާ ހުލިވެދާނެ އިން ޝާ އަﷲ
މީ އަންނާނެ ދުވަހެއްކަން ދިވެހި ނިކަމެތި ހަދާން ބަލި ރައްޔިތުންނަ ނޭގުނީތީ ދެރަވޭ. ދިވެހިންގެ މެޖޯރިޓީ ބޭނުންވަނީ އެމްޑީޕީ ޔަހޫދީން މިގައުމުގަ ވެރިކަންކުރަން. ދެން ކެއްކޮއްލާ، ވަޒީފާ ތަކުގަ ދެން ތިބޭނީ ހަމައެކަނި އެމްޑީޕީއައް ސަޕޯޓުކުރާ މީހުން.
ޕީޕީއެމް ހޮވުނުނަމަ ކަނޑާލަން “ޕީޕީއެމް އެކްޓިވިސްޓުން” ހަދައިގެން އުޅުނު ލިސްޓުގެ ވާހަކަ އަށް ރިޕޯރޓެއް ލިޔެލަބަ