މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ހެންވޭރުގައި މިއަދު ހިނގި މާރާމާރީއެއްގައި އެ ޒުވާނާއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެ ޒުވާނާއަށް ލިބިފައި ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މި މާރާމާރީ ހިނގި ސަރަޙައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ޒަޚަމްވި ޒުވާނާގެ ގައިން އެ ސަރަޙައްދަށް ގިނަ ޢަދަދަކަށް ލޭ ފައިބާފައި ހުއްޓެވެ. އަދި އެ ސަރަޙައްދުގައި ޒަޚަމްވި ޒުވާނާ ދުއްވާފައި ދިޔަކަމަށް ބެލެވޭ ސައިކަލެއްވެސް ވެއްޓިފައި އޮތެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޒަޚަމްވެގެން ފަރުވާދެމުންދާ ޒުވާނާއަށް ވަޅިން ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެމީހަކު ވެގެންނެވެ. ހަމަލާ ދިނުމަށްފަހު އެ ދެމީހުން ފިލާވައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮބާ އިބޫ ފައިސަލް ގުނަން ފަށަންވީތަ
އަދި މަޑުކޮށްލާ ހުވާކުރީމަ ފަށަން.
ބިރުން ފިތް ކަނޑައިގެން ނުދޭތަ އަޅެ . ރޯމާ ދުވާލުގަ. ..
އަދި ގުނޭނީ ޔާމީން ގެވެރިކަމުގެ ދުވަސްތަކުގެތެރެއިން ހިންގާ ޖަރީމާ އެއްގެގޮތުގަ. އެއީ ބަދުނާމެއް ކަމުގަ ވާތީ. އެހެންކަންކަމުގަ އެމްޑީޕީ ގުނިޔަސްއޯކޭ
ޔާމީން ގެ މަޖިލިސް ކެންޕޭން ފެށުނީ މި.
ހިތަށް އަރާ މި ކިޔާ ގޭންގް ގުރޫޕް ތައް ހަމައަކަށް އަޅުވާނެ ބަޔަކު ވާނެނަމަ އޭ
މި ޙާދިސާ ހިނގިގޮތުގެ ސީސީޓީވީ ފުޓޭޖެއް ލިބިއްޖެނަމަ ޙާދިސާ އެނަލައިޒް ކޮށްލަން ވަރަށް ފަސޭހަވާނެ!!