ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް ރައީސް ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން އެ އޮފީހުގައި އެދެމުންދާ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފްކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތްއޮތުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމާއި، މި މައްސަލައާ ގުޅޭ ގޮތުން ނިންމަވާފައިވާ ހައިކޯޓުގެ ނިންމެވުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުން މުރާޖައާކޮށްދެއްވުން އެދި މިއޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފަ،" ބަޔާނުގައިވެ އެވެ.
މި މައްސަލަ ރިވިއުކުރަން ޕީޖީ އިން ސުޕްރީމް ކޯޓުގައި އެދުނުއިރު އަންނަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ފަހު ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވާފައެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ތައްޔާރުވަމުންދާއިރު، ރައްޔިތުން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް ކުރީގެ ރައީސް ނަޝީދު މިނިވަންކުރަން ރައްޔިތުން މަޖިލީހަށް ޤަރާރެއް ވެސް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ރައީސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.
ރައީސް ނަޝީދަކީ ސާފު ޠާހިރު ކާފޫރު ކަމަށް ސްޕްރިމް ކޯޓުން މިހާރު ނިންމާނީ. ﷲ ގަންދީ ކުރި ހުވަޔަށްވުރެ ދުނިޔޭގެ ލައްޒަތު އެ ފަނޑިޔާރުންގެ ކުރިމަތީގައި މާ އަގުބޮޑު.
އަބްދުﷲގާޒީ ހައްޔަރު ކުރީ އޭރުގެ މާލެތެރެ އޮތްގޮތުން ހިމާޔަތްދޭން ވެގެެން. މީހުކުމް ލިޔެ ނިމިފަ އޮތްގޮތް. ﷲ އީ މޮޅައް ދެނެވޮޑިގެންވާ ރަސްކަލާންގެ
ބޭކާރުކަމެއް
ހުރިހިތާމައެއްގެބޮޑުކަމާއޭ
މިރާއްޖޭގަ އަދުލު އިންސާފު ގާއިމު ކުރުމައް ގާނޫން އަސާސީ އިސްލާހު ކުރަންޖެހޭ.އެއީ ޕޮރޮސިކިއުޓަރ އައްޔަން ކުރާއުސޫލް އާއި ފަނޑިޔާރުން އައްޔަން ކުރާުއުސޫލްއާއި ެ 2 މުއައްސަސާއައް ބަޖެޓްދޭންވީ ގޮތް އިސްލާހު ކޮށްގެންނޫނީ ރަގަޅުނުވާނެތީ
މިފެންނަނީ އަސްލު ބޮޑުކެކުރި އަދި ކުޑަކެކުރި އުސޫލު. ބޮޑުމީހާއަށް ބޮޑުގޮތް. ދެރަނިކަމެތި މީހާއަށް ދެރަގޮތް. ހަނދާނަށް އަންނަނީ ކުޑައިރު ބެލި "އެނިމަލް ފާރމް" ގެ މަތިން. އޯލް އެނިމަލް އަރ އީކުއަލް ބަޓް ސަމް އެނިމަލްސް އާރ މޯ އީކްއަލް. (މިފެންނަނީ އޭގެ ދިރިހުރި މިސާލެއް.)
ރިވިއު ކުރާކަށް ނުޖެހޭ!
ރިވިއު ކުރާކަށް ނުޖެހޭ!
ރިވިއު ކުރާކަށް ނުޖެހޭ!
ފަޓާސް ބަރިއެއްހެން ހުރިހާ ސިޔާސީ ހައްޔަރީން މިނިވަން ވެއްޖެއެވެ. ދެން ޤައުމު ނުދެކޭވަރު ތަރައްޤީއަކާއި ކުރިއެރުން ފެނިގެން ދާނެބާއެވެ. ދެންމިޤައުމުގައި ކޯޅުން ނުފެށިއްޖެއްޔާ ލައްކަ ނަސީބެވެ.
އަހަރުމެން އޮޅުވާލަން ފާޑު ފާޑުގެ ބަސްތައް ބުނާނެ ކަމެއްނެތް. އަވަހަށް ހުދުކާފޫރަށް ހަދާފަ މިނިވަން ކޮށްފަ ކުކުޅެއްހެން މަގުމައްޗައް ދޫކޮށްލާ. ނިކަން މަގުމަތިވާހިތް ވާ ގޮލައެއްތީ. އިބޫ އަށް ބަލާވެރިކަން ޖެހެން ކުޑަ ދުވަސްކޮޅަކަށް ވެއްޖެއެވެ.
ކޯއްޗެއް ރިވުއުކުރަން ގާޒީ ހައްޔަރު ނުކުރާކަމައް ވާނެތަ
ޕީޖީއެވެ. ޖަލަށް ހުކުމް ކޮށްފައި ދިވެހި އެތައް ރައްޔިތުންނެއް އެބަތިއްބެވެ. އިންސާފުވެރިވާށެވެ. ކުޑައެއް ބޮޑެއް އޮވެގެން ނުވާނެއެވެ. އެންމެންގެ މައްސަލަ ރިވިއުކުރަން ހުށަހަޅާށެވެ.
އިތުރަށް ކޯންޗެއްތޯ ރިވިއުކުރަން އޮތީ؟ އިތުރަށް ކުށުން ބަރީއަ ވާނެ ހެއްކެއް ލިބިފައެއްނެތް. ގާޒީާއަކު ވަގަށް ނުނަގާކަމަކަށް ނުވާނެ. ނަޝީދު ކުށެއް ނުކުރާކަމަށް ކަނޑައަޅައިފިއްޔާ ދެން މިރާއްޖޭގަ ކޯޓްތައް ބަހައްޓާނެ ކަމެއް ނެތް.
ރައީސް ނަޝީދުގެ މައްސަލަ ނިމިގެންދާއިރު، އިބޫއަށް އެއްވެސް ލުޔެއް ލިބޭނީ، ޕީޖީގެ އޮފީހުން ކޯޓްމަރްޙަލާ އިޚްތިޔާރު ކުރުމުންނެވެ.
ވަކި މަޤާމެއް އަދާކުރީމަ ނުވަތަ ސިޔާސީ ވަކި ބޭފުޅުންނަށް ޤާނޫނުން ބާރުތަކެއް ލިބުމަކީ ވެސް އެހެން މީހުންނަށް ތަފާތު ކުރުން.
ރިވިވްކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އޭނަ ކުށަށް އަރައިގެންފަވަނީ ހާމަކޮށެވެ. ތިންކޯޓުގެ ޙުކުމް ވަނީ އެއްގޮތަކަށް އައިސްފައެވެ. އިތުރަށް އެމައްސަލަގައި ގޮތެއް ނިންމަންޖެހޭނީ އާ ކޯޓަކުންނެވެ. "ޖަސްޓިސް ރިވިވްކޯޓް" ގެނަމުގައި އާކޯޓެއް ހަދަން ފެނެއެވެ.
މިހާތަނަށް އެންމެ އިންސާފުން ކޮއްފައިވާ ހުކުމަކީ ނަޝީދުއަށް ކޮއްފައިވާ ހުކުމް. ގާޒީވަގަށް ނެގިކަމަށް ހެކިބަސްދޭނެ ބައިވަރު ދިވެހިން އެބަތިބި. އެކަމް ބައެއް މީހުން އެބަބުނޭ ސިޔާސީ ހުކުމެކޭ، ސިޔާސީ ބޭނުމަކަށްވިޔަސް ގާޒީން ވަގަށްނެގުމުގެ ހުއްދައެއް ނަސީދުއަކަށް ނޯންނާނެ.
ހިތައް އަރަނީ މިފަދަ އަދުލު އިންސާފުން އެއްކިބާވެފައިވާ ހުކުމްތަށް ކުރާ ފަނޑިޔާރުންނަށް ހަމަ އެއްވެސް އުގޫބާތެއް މިދުނިޔޭން ނެތީހޭ އަދި ޕީޖީން މިފަދަ މައްސަލަތަށް ހުށަހަޅާތީ އެފަރަާތަށްވެސް އަދަބެއްމނެތީހޭ
ނަޝީދުގެ ޓެރަރިޒަމްގެ ހުކުމް މުރާޖައާ ކޮށްދިނުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ ސުވާލަކީ ޕީޖީ އަށް ފެންނަނީ އެކަނި ކެނެރީގެ ނަޝީދުގެ ކޭސްތޭ ކޮބާތޭ އާންމު ރައްޔިތުން ނާއި މެދު އެގޮތަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތައް މުރާޖައާ ކުރަން ޕީޖީ އޮފީހުން އެދިފައި ޕީޖީ އޮފީހަކީ އެއީ ކެނެރީގެ ނަޝީދުގެ ވަކީލުންނެއް ނޫނޭ އާންމު ގޮތެއް ގައި ތިޔާ ޒާތުގެ ކަންކަން ކުރަން ޖެހޭނީ ކްލަޔަންޓްގެ ވަކީލުންނޭ ޕީޖީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ދޯ.
ކެނެރީގެ ނަޝީދު މައްޗަށް ސާބިތުވެފައިވާ
13 އަހަރުގެ ޖަލުޙުކުމް ބާތިލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރަމެވެ
ދިވެހިރާއްޖޭ ހުރިހާ ކޯޓްތަކުން ތާއީދުކޮށްފައިވާ
ޙުކުމެއް ބާތިލްކުރުމަކީ އަދުލުއިންސާފުގެ ދާއިރާ
އަށް ކުރެވޭ މަލާމާތެކެވެ އެހެންކަމުން ނަޝީދުގެ
13 އަހަރުގެ ޖަލުޙުކުމް ދެމެހެއްޓުމަކީ ރާއްޖޭގެ
ޝަރްޢީ ނިޒާމް ދެމެހެއްޓުމެވެ.
13 އަހަރުގެ ހުކުމް ކުރިއިރު ތިބި ފަނޑިޔާރުންގެ ތެރެއިން 3 ފގަނޑިޔާރުން މިހާރުވެސް އެބަތިބި. ހުކުމް ަެހެން ގޮތަކަށް ހިގައްޖެނަމަ ައެބޭފުޅުންގެ ހުކުމް ކޮންމެވެސް އެއްފަހަރަކު ކުރެއްވީ..................
އަމިއްލޔަށް އުސްފަސްގަނޑުގަ އަޑުގެ ކޮޅަށް ގޮވި ދޯ! "މިއުޅެނީ ބޮޑު ކަމެއް ކުރާށޭ! އެކަމާ އަބަދަށް ހިތާމަކުރަން ތިމަންނާޔަށް ޖެހޭނެޔޭ! އެކަމަކުވެސް ކުރާނަމޭ!" ދެނޯ! އަދިވެސް ރިވިއު ކުރަން ޖެހޭ ؟؟؟؟ އެހެންވިއްޔާ މިތަންކޮޅުވެސް އަދި ކިޔާލާ! ޢަބްދުﷲ ޤާޟީ ޖަލަށް ލުމަށްފަހު ދެން ބުނީ ''ފަނޑިޔާރުގެޔާ 100 ފޫޓަށް ކައިރިވާންވެސް ޢަބްދުﷲ ޤާޟީ އަށް ނުކެރޭނެޔޭ''! އަދިވެސް ރިވިއު ކުރަން ޖެހޭތަ؟؟؟ މިވަރުން ރިވިޔު ކޮށްފަ ދޫކޮށްލީމާ ރައްޔިތުން ކުރަން ފަށާނީ ދުޢާ! ފަހަރެއްގަ ވެދާނެ ހެޔޮދުޢާ ނޫންކަމަށްވެސް!