ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރައްވާނެކަން ޔަޤީން ކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒު ކުރަމުންދާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި، ނަޝީދުއާމެދު އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން އެންގުމުން ނަޝީދަށް މަރުޚަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.
"ރައީސް ނަޝީދުއަށް ވަރަށް މަރުޚަބާ ދަންނަވަން، އެއީ ސްޕްރީމް ކޯޓުން އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް. މާލަސްތަކެއް ނުވެ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ މި ނުހައްޤު ދައުވާއިން މުޅިން ބަރީއަވެވަޑައިގެންނަވާނެ ކަމަށް ޔަޤީން ކުރަން. މަރުޚަބާ ނަޝީދު" ޤާސިމް އިބްރާހީމް ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިއްޔެއެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އެ ކޯޓުން ރިވިއު ކުރަމުން އަންނާތީ، އެ މައްސަލައިގައި ވަކި ގޮތެއް އެކޯޓުން ކަނޑައަޅައި ނިމެންދެން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަރެކްޝަންސް އާއި ފުލުހުން އަދި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ޖަނަވަރީ 16، 2012 ވަނަ ދުވަހުގެ ރޭ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށް، ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލައި، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޭނާގެ ކިބައިން ނިގުޅައިގަތް މައްސަލާގަ އެވެ. އަދި އަބްދުﷲ މުހައްމަދަކީ ފަނޑިޔާރެއް ކަމަށްވީހިނދު، ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒް ގެއްލުވާލައި، ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް 22 ދުވަސް ވަންދެން ސިފައިންގެ ތަމްރީން މަރުކަޒެއްކަމުގައިވާ ގިރިފުށީގައި ބަހައްޓާފައިހުރި މައްސަލަގަ އެވެ.
ނަޝީދަށް ސްޕްރީމް ކޯޓުން ހުކުމުން ސަލާމަތް ވެވޭނެކަން ޤާސިމް އިބްރާހީމް ޔަޤީން ކުރެއްވިއިރު، މަޖިލީހުން ގޮނޑި ގެއްލިފައިވާކަމަށް މަޖިލީހުންނާއި އީސީން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމުން އެ މެންބަރުންނަށްވެސް ޤާސިމް ވަނީ މަރުޚަބާ ދަންނަވާފައެވެ.
"މަޖިލީހުން ގޮނޑި ގެއްލިފައިވާކަމަށް މަޖިލީހުންނާއި އީސީން ކަނޑައަޅާފައިވާ 12 މެންބަރުންނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވަން. އެބޭފުޅުން ސްޕްރީމް ކޯޓުން އިން ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އަދިވެސް އެއްފަހަރު މަރުޚަބާއާއި ތަހުނިޔާ ދަންނަވަން." ޤާސިމްގެ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބުން ރައީސުލްޖުމްޖޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ދުވަހުން ފެށިގެން އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކާ ގުޅުންހުރި ފަރާތްތަކާ އެއްކޮޅަށް "ފަޓާސް ބަރިއެއްހެން" އަވަސް ހުކުމްތަކެއް ކޯޓުތަކުން ކުރަންފެށުމުން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
އެވަރަށް ލާރިދީފަ ހުންނާނީ ދޯ.
ހުސް ލާރި، ކަލޯ އަދި ފަހުން ދެރަވާނެ
ހޫމް ލާރި ގިނައިން ދީފަ ކަންތައް ނިންމާ މީހުންނަން ވަތަށް ޔަގީން ކަން އޮންނާނެ
އެތިކޮޅެއް ދިނީދޯ ސްޕްރީމް ކޯޓަށް
މިހާރު ރާބެ ކުރިކަމެއް ނުފެނޮނާނެ . ހުދުުކާފޫރ ަ. ާ
ގާސިމަށް އެނގޭނެތާ އޭނާ ލިސްޓުގައި ޖަހާފައިވާކަންކަން
މިރާއްޖޭގައި ތިންބާރު ބެހިގެންވާގޮތް
1 ވެރިކަން ހިންގުމުގެ ބާރު ރައީސް ނަސީދު
2 އަދުލުއިންސާފް ގާއިމް ކުރުމުގެ ބާރު ގާސިމް
3 ގާނޫނު ހެދުމުގެ ބާރު މަހުލޫފު
ސަޅި ދޯ މީހުންކިއާ މިވެސްގައުމެކޭ
ޤާސިމްބޭގެ ނުފޫޒު ހާދަ ގަދައީޔޭދޯ؟؟؟؟؟