މިއަހަރުގެ ގައުމީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.
އިއްޔެ ފާހަގަކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "މި ދުވަހަކީ އުތީމު ތަކުރުފާނާއި އިތުރު ބަޔަކާ އެކު ހަނގުރާމަ ކުރައްވާ، ރާއްޖެ ޕޯޗުގީޒު ފޭރޭ ބައެއްގެ ކަސްތޮޅުން މިނިވަން ކުރެއްވި ދުވަސް" ކަމަށެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އުމަރު ވިދާޅުވީ ގައުމީ ދުވަހަކީ، ރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒު ދައުލަތުގެ ލަޝްކަރު ބަލިކުރުމަށް ފަހު ޕޯޗުގީޒުންގެ ކިބައިން މި ގައުމު ސަލާމަތްކުރި ދުވަސް ކަމަށެވެ. މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރީން އަނދިރިއަނދިރީންގެ ފޭލިގެޔަށް ދިން ހަމަލާ އަކީ މިލިޓަރީ އުކުޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އުކުޅުތައް އެކުލެވޭ ހަމަލާއެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"މިކަން ކުޑަ ތަފްސީލަކާ އެކު މިދަންނަވައިލީ ހަނގުރާމައިގެ އުކުޅުތަކާއި މިލިޓަރީ ކަންކަން ދެނެވަޑައިނުގަންނަވާ ބައެއް ސިޔާސީ ބޭފުޅުން، މުހައްމަދު ތަކުރުފާނު މިރާއްޖެ ސަލާމަތްކުރެއްވީ ޕޯޗުގީޒު ދައުލަތުގެ ސިފައިގެން އަތުން ނޫންކަން ދޭހަވާ ގޮތަށް ވާހަކަދައްކަވައިފައިވާތީ އެވެ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މި ގައުމަށް އަރައި ތިބީ ޕޯޗުގީޒު ދައުލަތުގެ ސިފައިންކަން ޔަގީން ކުރެވޭ މުހިއްމު ހެއްކަކީ ދިވެހީން ނަސާރާ ދީނަށް ގަދަކަމުން ވައްދަން މަސައްކަތް ކުރި ކުރުން ކަމަށެވެ. އެ ސިޔާސަތަކީ އޭރު ޕޯޗުގީޒު ދައުލަތުން މުޅި ދުނިޔޭގައި ވެސް ގެންގުޅެމުން ދިޔަ ސިޔާސަތެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އުމަރުގެ އިތުރުން ބައެއް އާއްމުން ވެސް ވަނީ ތާރީހު އޮޅުވާނުލެއްވުމަށް ރައީސް ނަޝީދަށް ގޮވާލާފާއެވެ.
ތިނަޝީދު މޯދީއާ އެއްވެސް ތަފާތެއް ނެތް!
ނަޝީދޭ އެ ކިޔާ އިފުރީތު އެއުޅެނީ ތާރީޚް ވެސް އޮޅުވާލަން
ތާރީޚު އޮޅިފައިވަނީ ތިޔަ މީހުންނަށް . އުމަރޭމެން ތިބެނީ ފުލޯކުގެ އަޅުންގެ ގޮތުގައި.
ތާރީޚަކީ ހަމައެކަނި ފޮތްފޮތުގަ ލިޔެފަ ލައިބްރަރީތަކާ އާކައިވްތަކުގަ ބަހައްޓާފަ ހުންނަ އެއްޗެއްނޫން އިނގޭތޯ؟ ތިއުޅެވެނީ ތަޢައްޞަބުން ފުރިފަ ހުރި ޕޯޗްގީޒު މީހަކު ދައްކައިގެން އުޅޭ ވާހަކައަކަށް ހެއްލެވިގެން. އިޒްރޭލް މީހުން ފަލަސްތީނު މީހުންނަށް އެއްކަމެއްވެސް ކުރިކަމަށް ޔަހޫދީން ލިޔެ ރައްކާކޮށްފައެއް ނުހުންނާނެ. ދެން އެއީ އެމީހުން ނުކުރާ ކަމަކަށް ވާނެތަ؟
ތާރީޚާއިސަގާފަތްއޮޅުވާނުލާ އެސޮރަކައް ވާހަކައެއް ނުދެއްކޭނެ
މަށަށް ކަން ބޮޑުވަނީ މި ދެމީހުން ކިޔާ އެއްޗިހި ނޫސް ތަކުގަ ލިޔާތީ. މީ ނުރައްކާ ދެ މީހުން
އުމަރު ނަސީރަކީ ހިޔޮލަފާ ވަތަނީ ބޭފުޅެކެވެ
އައްނިއަކީ ނުބައި ނުލަފާ ޣައްދާރެކެވެ މިދެމީހުންގެ ތަފާތު މިނެކިރަން މި މިންގަޑުފުދޭ
ކަމަށް ހީކުރަމެވެ
ރަގަޅު، 50 ގުނަ 4 =200000
ނަޝީދަކީ އެކައްޗެއްވެސް އެގިހުރެގެން ވާހަކަދައްކާ މީހެއްނޫން، މިރާއްޖޭގެ ތިބި ގިނަ ރައްޔިތުން މީނަ ދައްކާ ވާހަކަތައް ގަބޫލު ނުކޮށް ހަޖޫޖެހިޔަސް އަނިދިރިކަމެއްގެ ތެތޭގަތިބި ރައްޔިތުންގެ އަދަދުވެސް މަދެއްނޫން، މީނަ ކޮންމެ އެއްޗެކޭ ބުންނަސް އެއީ ތެދުކަމަށް ދެކި އަތްޖަހަމުންދާ މިހުންނަށް ހެޔޮވިސްނުން ދެއްވާށި!
ޕޯޗުގީޒުން ރާއްޖޭގާ އެމީހުންގެ އެއްވެސް ކަމެއަް ހިންގިކަމުގެ ވާހަކައެއް ޕޯޗުގީޒު އެއްވެސް އާރކައިވެއްގާ ލިޔެވިފާ ނެތުމަކީ އެފަދަ ކަމެއް ނުހިނގާކަން ސާބިތު ކުރެވޭނެ ހެއްކެ. ރާއްޖޭގާ އެމީހުން އުޅުނުކަުގެ ތާރީޚީ ހެއްކެ ނެތް. އެމީހުންގެ މީހަކު ވަޅުލީތަނެއް ނެތް. އެމީހުން އެޅި ފައްޅިއެއް ހުރި ތަނެއް ފާހަނގަ ކުރުވެފައި ނެތް. އމީހުންގެ މީހެއްގެ ނަމުން ތަނކަށް ކިޔާފާހުރި ނަމެއް ނެތް. ރާއްޖޭގެ ރަސްކަލަކު ކްރިސްޓިއަނަކަށް ވެގެން އިންޑިޔާގެ ގޯވާގާ ހުރި ޕޯޗުގީޒު ގަވަރުނަރު ގެ ފަރާތުން ރާއްޖޭ ހިފައިދިނުމަށް އެދުމުން އޭނާ އެކަމާ އިންކާރު ކުރިކން ޕިރާޑުގެ ލިއުމުން އެނގޭ.
ޢުމަރަކީ މީ މީހެއްގެ އަނގަ އަޅުދާސްވެ ފިތިފަ ހުރި އަޅެއް
މީގެ 480 އަހަރަކީ ތާރީޙުގެ ކަންކަން ދެނެ ގަތުމަށް މާ ގިނަ ދުވަސް ފާއިތުވެފައިވާ ކަމަކަށް ނުބުނެވޭނެއެވެ. ޕޯޗްގަލް ސަރުކާރަށް އެނގޭ އެއްވެސް އިރެއްގައި ޕޯޗްގީޒް ދައުލަތުން ރަސްމީގޮތުގައި ނަމަވެސް ނުވަތަ އެހެން ގޮތެއްގައި ވެސް ދިވެހިރާއްޖެ ޕޯޗްގީޒުންގެ ބާރުގެ ނުވަތަ ނުފޫޒުގެ ދަށުގައި އޮތްތޯ ނުވަތަ ނޫންތޯ!! މިސާލަކަށް ގޯވާގައި އޮތް ޕޯޗްގީޒް ކޮލޮނީގެ ބާރުވެރިކަން ރާއްޖޭގެ މައްޗަށް އޮތްތޯ އޮތީ އޮތީ ކިހިނެއްކަމާއި ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުރީ ކާކުކަން.
އުމަރު އަށް އަނގަހުޅުވާލަން ތިކެރުނީ ރައީސް ނަސީދު ކުރެއްވި މަސައްކަތުން މިއޮތްހާދުވަހު ތާކުފިލާހުރީ ޔާމީން ދެކެބިރުން. ހެ ހެ ހެ
ކަލެއަށް ޔާމީނޭ ކިޔައިގެން ފަތިވަރު އަމުނަން ނުކެރުނީ ޖަލަށް ގަޅާލާނެކަން އެގޭތީ ދޯ !
ފޭރޭ މީހުނަކީ ކޮބައިކަން ކަލެއަށް އެގޭތަ ؟
ޕޯޗްގީޒުން މާލެއަށް އަރާ މާލެ ހިފައިގެން ރާއްޖެއަށް ގަދަކޮށްގެން އެތައް އަހަރަކަށް ތިބި ތިބުމުން ރާއްޖެ ސަލާމަތްކުަރަން އުތީމު ތަކުރުފާނު ކުރެއްވި ޖިހާދު އެއްޗަކަށް ނަހަދަން ވެގެން ދެއްކި ވާހަކަ. ބޮޑު ބުރާންޗެއް މި ނަޝީދަކީ . އިބު ހޮވުނީމާ ހަޖަމް ނުވެގެން ތެޅި ފޮޅެނީ / ދުވަހަކުވެސް މި މޮޔަ ކަލޭގެ ފަރާތުން ސަލާމަތް ވާނެ ކަމެއް ނޭގޭ
އަޅުގަނޑު ބޮޑުތަކުރުފާނު ވާހަކަ ބުރާރު މުހައްމަދު ފުޅު ކިޔާފަ ވާގޮތައް އެއްކޮޅުން އަނެއްކަޅަށް އަޑުއެހިން.އެވާހަކައިގަ ޕޯޗުގީޒު މިނަންވެސް ނާދޭ. މުޅިންވެސް އިންޑިއާއަށް ނިސްބަތްވާ ބައެއްގެ ވާހަކަ އަންނަނީ.
ހެހެހެ. މަޖާ ތަންކޮޅަކީ ޕޯޗޫގަލްގެ ހިސްޓްރީ ގަ އެއް ނެއް މި ގައުމު އެމީހޫން ގެ އިސްތިއުމާރު ގަ އޮތް ކަމެއް.
އުމަރު ކީކޭ ކިޔަން ތިއުޅެނީ.
އުމަރަށް އަޅުގަނޑު ދަންނަވާލާނީ އިލްމީ ކޮށް ވާހަކަ ދައްކަވަން. ދިވެހި ރާއްޖެ ޕޯޗުގީޒުން ހިފިކަމުގެ ހެކި އެބަހުރިތޯ. ޕޯޗުގަލް އެއްވެސް ލައިބަރައިރީ އަކުން އެމީހުން ރާއްޖެ ހިފިކަން އެގޭކަށް ނެތް. ރާއްޖޭގައި ޕޯޗުގީޒުން ދޫކޮށްފާ ދިޔަ އެއްވެސް އެއްޗެއް ނެތް. ވީމާ އުމަރު މީހަކާ ހަސަދަ ވެރިވިއަސް އިލްމީ ފެކްޓުސް އާ އެއްކޮށް ބަސް ބުނުން ރަނގަޅު ކަމަށް ފެންނަނީ.
އުމަރަށްތާ ބޮޑަށް އިގޭނީ، އެއީ އޭރުވެސް ކުޅިވަލަން ހުރި މީހެއް.
އުމަރު ދެން ފަހަރަކ ކުރިމަތި ލާތި. އުމަރަށް މިކަން ވާނެ
އިނގިރޭސިން ރާއްޖެއަށް ކަނޑަ އެޅި ފުރޭތަ މިގައުމަށް އަރައިފި ދެން މިފުރޭތައިގެ އަތްދަށުން ދިވެހިރައްޔަތުން ސަލާމަތް ވާން އަލުން މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންވީ.
ޢުމަރު ކޮބާ އެއްކަލަ މަރުގެ ހުކުމް ތަންފީޒު ކުރުން ކޮބާ ޓެގް އެލޅުވުން މިހާރު ތީ އެއްވެސް ބުރަދަނެއް ހުރި މީ ހެއް ނޫން
ނަޝީދުގެ ހަގީގަތް އިނގެނީ މަދު ދިވެހިންނަށް.
ޢަސްލު ރައީސަކީ ކާކު ތޯ ؟ ޜައްޔިތުން ވޯޓުލީ ހިތް ތަކުގެ ނޮހޮރޮއްޕާނަށް ތޯ ؟ ނުވަތަ ސޯލިހަށް ތޯ؟ އޮޅިއްޖެ ،