އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާގެ މަގާމުން ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާގެ މަގާމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެކެވެ. އެހެންކަމުން ހޮނިހިރު ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ ސަރުކާރުން އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެއެވެ.
ޝަހީމް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާ ކަމުން ވަކިކުރެއްވީ އެމަގާމުގައި ހުންނެވި ޑރ.ޒާހިރު ހުސައިން މަގާމުން ދުރުކުރުމަށް ފަހުއެވެ.
ޝަހީމްގެ ޗާންސެލާ ކަމުގައި އިސްލާމިކް ޔުނިވަސިޓީ އިން ވަނީ ގިނަ ކުރިއެރުންތަކެއް ހާސިލް ކޮށްފައެވެ. ޔުނިވަސިޓީ އާއި ބޭރުގެ ޔުނިވަސިޓީތަކާއި އޮންނަ ގުޅުން ބަދަހި ކުރައްވާ މާލީ ގޮތުން ވަރުގަދަ ޔުނިވަސިޓީ އަކަށް އިސްލާމިކް ޔުނިވަސިޓީ ހެއްދެވުމަށް ޝަހީމް މަސައްކަތްތަކެއް ކުރެއްވެވިއެވެ.
ގިނަ ކޯސްތަކެއް އިސްލާމިކް ޔުނިވަސިޓީގައި ތަޢާރަފް ކުރައްވާ އެކަށީގެންވާ ތައުލީމެއް ފޯރުކޮށްދޭ ޔުނިވަސިޓީ އަކަށް އިސްލާމިކް މިނިސްޓްރީ ކުރު މުއްދަތެއްގެ ތެރޭގައި ހެއްދެވުމުގެ މޭސްތިރިއަކީ ޝަހީމެވެ.
ޝަހީމް މިއަދު މަގާމުން އިސްތިއުފާ ދެއްވާއިރު އޭނާ ވަނީ ހަނުހުރުން ނިމުމަކަށް ގެންނަވާ ސިޔާސީ މަސައްކަތްތައް އަލުން ފައްޓަވާނެ ކަމުގެ އިޝާރާތެއް ދާދިފަހުން ދެއްވާފައެވެ.
ވަރަށް ދެރަވެއްޖެ.ޝަހީމުއަކީ ވަރަށް ޤާބިލު ބޭފުޅެއް. ޝަހީމް އިޒް ދަ ބެސްޓް??
ޗާންސެލާ އެކަނިތަ ކޮބާ ދެންތިބި ވައިސް ޗާންސެލާރ އެވެސް އިސްތިއުފާ ދެއްވާ ކޮރޮޕްޝަން ހިންގަން ދެން ނުތިބެވޭނެ ބޭނުމެއްވެސް ނޫން ބާތިއްބާކަށް އަވަހަ ގެޔަށް ވަޑައިގަންނަވާ