ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވާފައިވާ މާލެ، ވިލިމާލެ، ގުޅީފަޅާއި ތިލަފުށި ގުޅުވާލަދޭ ތިން ބުރިޖު ހިމެނޭ ބިޔަ މަޝްރޫއުގެ ހުރިހާ ފީސިބިލިޓީ ސްޓަޑީތަކެއް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެކަންކަން ކުރެއްވުމަކީ ރައީސް ޔާމީން ނިންމަވާފައިވާ ކަމަކަށް ވީނަމަވެސް، އެކަން ކުރެއްވުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމަކަށްވާތީ އެކަން ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ދެން އަންނަ ސަރުކާރަކުން އަޅުގަނޑު އުއްމީދު ކުރާ ކަމެއް، ރައީސް ޔާމީން ނިންމަވާފައި އޮތް ބޮޑު އެހެން ކަމެއްގެ ވާހަކަ. އެއީ މާލެއިން ވިލިނގިއްޔަށް، ވިލިނގިލިން ގުޅީފަޅަށް، އަދި ގުޅީފަޅުން ތިލަފުއްޓަށް ބުރިޖުތަކުން ގުޅުވާލުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީއަކާއި، ކޮންސެޕްޓް ޑިޒައިންތަކާއި، ހަދާނިމި އޭޑީބީގެ އެހީގައި ތަފްސީލު ރިޕޯޓް ހަދާނިމި އެކަމަށް އެވަނީ ތައްޔާރުވެފައި." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން "ވިލިމާލެ 2" މަޝްރޫއު އިއުލާން ކުރެއްވީ ބުރިޖުތަކާއި، ދެބުރިޖު ދޭތެރޭގައި އަޅަންޖެހޭ މަގުތަކާއި، މިހުރިހާ އެއްޗެހީގެ ޑީޓެއިލް ޑިޒައިން ފީސިބިލިޓީތަކާއި، އަގުތައް ކަލްކިއުލޭޓްކޮށް ނިންމާފައި ކަމަށެވެ. އަދި އެއިން ކޮންމެ ދެރަށެއްގެ ދޭތެރޭގެ ކަނޑުގެ ފުންމިނުގެ ހުރިހާ ޑީޓެއިލް ޑިޒައިން ސަރވޭތަކުގެ މަޢުލޫމާތުތައްވެސް އެއްކުރައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ ވަރަށް ބޮޑު މަސައްކަތްތަކެއް ރައީސް ޔާމީން ވަނީ މި ތިން ރަށް ގުޅުވާލުމަށްޓަކައި ބިޔަ މަޝްރޫއުގެ ނިންމަވާފައި. އަޅުގަނޑުމެން ދެން އުއްމީދު ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި މިރަށްރަށް ގުޅުވާލުމުގެ މަޝްރޫއުތައް ރައީސް ޔާމީން ނިންމަވާފައިވާ ކަންތައްތައް ކުރިއަށް ގެންގޮސްދެއްވާނެކަމަށް." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ހަނދާން ވާގޮތުގައި އެ ބިޔަ މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށްޓަކައި އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އެއީ މާލެއިން ވިލިނގިލިއްޔަށް، ވިލިނގިލިން ގުޅީފަޅަށް، އަދި ގުޅީފަޅުން ތިލަފުއްތަށް. ވިލިނގިލި ހުރަސްކޮށް މަގެއްވެސް އަންނާނެ، ގުޅީފަޅުގެ އަރިމަތިންވެސް މަގެއް ދާނެ، ތިލަފުށީގައިވެސް ކޮޅުން ފެށިގެން އަނެއް ކޮޅަށް (އިންޓަނޭޝަނަލް ޕޯޓް އަޅާ ސަރަހައްދަށް) މަގެއްވެސް އިނދޭ. 3 ބުރިޖާއި ހުރިހާ މަގުތަކެއް އެކުލެވޭގޮތަށް އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނޭ. އަޅުގަނޑު ނޭދެން އަޅުގަނޑު ދެއްކި (ވާހަކައިގެ ގޮތުގައި ގެންނަން) .ރިޕޯޓް ބަލާލިއްޔާ ރަނގަޅު ވާނީ." މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން މީޑިއާއާ ބައްދަލުކުރި ފަހު ފަހަރު މުއިއްޒު ވަނީ ދައުރުގެ ތެރޭގައި ކުރެވުނު މުހިންމު މަޝްރޫއުތަކާއި، ކުރިއަށްދާ މަޝްރުއުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ކީއްކުރަނީ ތިޔަނަސީބެއް މި ރައްޔިތުންނަށްނުލިބި މިދިޔައީ. ދެން އޮންނާނީ ހަތަރު ޑީލަރުންގެ ސެކިއުރިޓީ އާ އިނާޔަތްތައް ފުރިހަމަކޮށްދިނުން . އެނުން އެއްކަމެއްވެސް ނުކުރެވޭނެ.
ކިހާ ބޮޑުވެއްޖެ ކަމެއް؟؟ ތިހުރިހާ ލާރިއެއް މާލެއަށް ދަންޕުނުކޮށް އަތޮޅުތެރެ ތަރައްޤީކޮށްބަލަ..ނަސީބެއް ކަލޭމެންގެ ވެރިކަން ނިމުނުކަން.. ދެން ތިޔަ ޕުލޭނު ހިފައިގެން ބޮލިހިލަންދޭ
ވެރިކަމަށް ގެނައި ސަރުކާރު މާތާހިރެއްނޫން. އަތޮޅު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް މާލޭ ބަޖެޓަށް ވުރެއް ކުޑަ. ދެން ކީކޭ ކިޔާކަށް.
މީ ރައްޔިތުންގެ މަޖްލިހަށް ވަންނަށް ވެގެން ކުރި ކެމްޕޭނެއް ކަމަށް ބެލެވެނީ!
ޖަޒީރާ ރައްރަށަކުނުހުންނާނެ ބުރިޖެއް ހުންނަނީ ޖަހާދޯނިފަހަރު އެއްރަށުންއަނެއްރަށައްދާނީފަލިޖަހާފަ ދެންކިޔާނީއަންބާ
މިހާތަނައް އެންމެފުރިހަމަކޮއް ސަރުކާރަކުން ރައްޔިތުންނައްހިދްމަތްކޮއް އޭގެހަރަދުތައް ރައްޔިތުންނައް ސާފުކޮއް އަންގައިދިން ސަރުކާރެއް ރައީސްޔާމީންގެ ސަރުކާރުނޫނީ ނާދޭ. ޝުކުރިޔާ ރައީސްޔާމީން.
އަސްލު ހާލަތުގެ ނަމުގައި ކޮމެންޓްކޮއްފައިވާ ފަރާތައް ދަންނަވާލަން އޮތީ ތިޔަ ބޭފުޅާވެސް އަވަހަށް މާލެއައިސް ދަފުތަރުގައި ޖެހި، އަދި ނުވީތަކުން ހެދުނުހާ ދޮގެއް ހަދައިގެން ނަމަވެސް މާލޭ މީހެއްގެ ސިޓީ މާލޭގައި 20 އަހަރު އުޅުނު ކަމަށް ހޯދާ!
އޭރުން ހުޅުމާލެއިން 3 ކޮޓަރީގެ ފުލެޓް އެއް ލިބޭނެ! ތިޔަ ބޭފުޅާ ރަށުގައި ހުއްޓަސް ގުޅާފަ ހަވާލުވާން އަންނަން ބުނާނެ! އޭރުން އެއޮތީ ރަންގަނޑެއް ލިބިފަ! ދެން އެތަން ކުއްޔަށްދީފަ ރަށުގައި އުޅުނަސް ނުވަތަ ލަންކާގައި އުޅުނަސް އޯކޭވާނެ!
އަތޮޅު ތެރެ ތަރައްޤީ ކުރާނެމޭ ކިޔާފަ އަނގަ ތެޅި މީހުންގެ ބަޖެޓް ވަރަށް ފުރިހަމަ. ހަހަހަހަ..
ދެން ވާނެ ެއެއްވެސް ކަމެއް ނޯންނާނެ. 20 ައަހަރު ފަހަތަށް
މިކަލޭގެ މިވަރަށް މި ތެޅެނީ ކިހާވަރެއްގެ ޖަރީމާއެއް ހިންގާފަ އޮތީމަބާ؟
މިހާރުވެސް ފަލިޖަހާފަ އަންބާކިޔަމުން ބުރިޖުމަތިން ދަނީ، ،،ލޮނުލީ( ބަތަށް)
ކކޯލިޝަން ސަރުކާރަށް ކުރެވޭނެ އެއްކަމެއް
ވެސްނެތެވެ ދެން އަބަދުވެސް ކުރީސަރުކާރުން
ނަގާފައިވާ ދަރަނިގިނަވުމުން ކަމެއްކުރެވެން
ނެތްކަމަށެވެ ދައުތުގެ އާމްދަނީން ކުރާނީ ރައްޔިތުންނާގުޅުމެއްނެތް ކަންކަމެވެ ކޭކުގައި
ބައިވެތިވާ މީހުންނަށް ބަހާފައި ރައްޔިތުންނަށަ
ހޭދަކުރާނެ އެއްޗެއް ނޯންނާނެއެވެ
ޓްރާސިޝަން ކޮމިޓީއަކީ މިހާރުއްސުރެމިކަމަށް
މަގުކޮށަމުން ބައެކެކެވެ އެމީހިންނަށް ކަމުދާ
އެއްކަމެއްވެސް މިދިއަ 5 އަހަރުގައި ކޮށްފައި
ނެތްކަމަށް އެދަނީ ގޮވަމުންނެވެ
މުއިއްޒުގެ ސަރުކާރަށް ސާބަސް ދެން! ޤައުމަށްޓަކައި ފައިދާ ހުރި މަސައްކަތް ތަކެއްކޮށްދެއްވި ސަރުކާރެއްކަން ޤަބޫލުކުރަން. މިހާރު ކިރުތައްތަކުން ނުފުދޭނެ.