ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަން ނިމުނު ފަހުން ފުރަތަމަ ފަހަރަށް އާންމު ރައްޔިތުންނާއި ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކުރި ފުލެޓް ތަކުގެ ލިޔުން ނުލިބިގެން މިއަދު މެންދުރު ފަހު ދޭއް ޖެހި ފަހުން އެ ސަރަހައްދަށް ލިޔުން ހޯދަން އެއްވި ބައެއް މީހުން ވަނީ ގޭޓްތައް ބަލަހައްޓަށް ތިބި ފުލުހުންނާ ދެކޮޅަށް އެ މިނިސްޓްރީ ތެރެއަށް ވަދެފައެވެ.
ހައުސިން މިނިސްޓްރީ އަށް އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ހައުސިން މިނިސްޓްރީގެ ގޭޓް ތައް ފަޅާލައި އެތަނަށް ވަދެތިބި އާންމު ރައްޔިތުން ގަޔަށާއި ހައުސިން މިނިސްޓްރީގެ ގޯތި ތެރެއަށް ޕޭޕާ ސްޕްރޭ ޖަހާ އެތަމނުގައި ތިބި މީހުން ބޭރު މަގަށް ނެރެފައެވެ.
ފުލުހުން އާންމުނާއި ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުން ކުރި އިރު އިއްޔެވެސް ވަނީ ހައުސިން މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި ހަމަނުޖެހުން ހިގާފައެވެ. މި ހަމަނުޖެހުމުގައި ބިއްލޫރި ދޮރު ތެޅުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ މުވައްޒަފަކަށް ވަނީ އަނިޔާވެފަ އެވެ.
ފްލެޓް ލބުނު ފަރާތްތަކަށް ފުލެޓް ލިއުންތައް ހަވާލުކުރުން މިއަދު މެދުރު 12 ޖަހަންދެން ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އަދިވެސް ފުލެޓް ލިއުން ހަވާލުކުރުން ހައުސިން މިނިސްޓްރީން ކުރިއަށް އެބަގެންދެއެވެ.
"ހިޔާ" މަޝްރޫއުއަކީ ރައީސް ޔާމީންގެ މެނިފެސްޓޯގެ ތެރެއިން މުހިންމު މަސައްކަތެއްގެ ގޮތުގައި ޚާއްޞަ އިސަކަމެއް ދެއްވައިގެން ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދެވި މަސައްކަތެކެވެ. ސަރުކާރުން ހުޅުމާލެ-2 ގައި ތަރައްޤީ ކުރަމުންދާ 7000 ފްލެޓު ލިބޭ ފަރާތްތައް ވަނީ އިއުލާން ކޮއްފައެވެ. އެއީ ގާތްގަނޑަކަށް ބައިލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.
ބަހާ އަމަލާ ދިމާނުވޭ .. ތި ފްލެޓްތައް އަލުން އިއުލާން ކުރަންޖެހޭ.. ތީ ހަމަ ބޮޑު ޖަރީމާއެއް....
ތި މުއްޒުގެ މައްސަލަތައް ބަލަންވާނެ!
މުއިއްޒު ބަދަލުވުމަކީ ލިއުންހަވާލުކުރުން ހުއްޓުަމަކަށް ގެނެވޭނެ ހުއްޖަތެއްނޫން. މުއިއްޒު ނެތސް އެހެންމީހަކު ހަވާލުވިޔަސް މިނިސްޓްރީގެ މަސައްކަތް ބަރާބަރަށް ހިގަންޖެހޭނެ ލިއުންވެސް ހަވާލުކުރަންޖެހޭނެ ފްލެޓްވެސް ލިބެންޖެހޭނެ.
ކާކުގެ ވެރިކަމެއްގަބާ ޕެޕާރސްޕްރޭ މިޖެހީ!
އޯގާތެރި ސަރުކާރު!....... ވެރިކަން ފެށުނީވެސް ރައްޔިތުން ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިގެން! ހާދަ އޯގާތެރިއޭ!
މިކަން ހިނގީ ކާކުގެ އުނދަގުލަކާ ހެދިގެންބާ
އިބޫ ސަރުކާރުގައި ޕެޕަރސްޕްރޭ އެއްގޮތަކަށްވެސް ނުޖަހާނެ .ބޮވެންޖެހޭނި
އިބޫ ހުވައި ނުކުރަނިސް ޖެހި ސްޕްރޭ އެއްގެ ޒިންމާ ނަގަންޖެހޭނީ ޖެހި މީހަކު. އިބޫ ލީ މީހަކު ތިތާކު އަދި ނެތް. ޢެކަމަކު ޔާމީން ލީ މީހުން އެބަތިބި.
ދެންވައްޓާލާނަން ބަލަންތިބޭތި!
ސީދާ ޕްލޭންޑް ސިނާރިއޯއެއް. ލިޔުން ހޯދަން ކިޔުހަދަން ޖެހޭ ސަބަބެއްނެއް. ލިބުނު މީހަކަށްވިއްޔާ ގަޑި ކިޔައިގެން ގެންދިޔަމާ ނިމުނީ ނޫންތޯ
ބުނަން ތީ ދެން އެގޭ ހަމަ ރަގަަޅަށް ވަގު ކަލޭގެ ރާވައިގެން ހިންގި ޖަރީމާއެއްކަން. އިބްރާހީމް މުޙައްމަދު ޞޯލިޙު ވެރިކަމުގެ ހުވާ ކުރައްވާނީ މިއަދުގެ ހަވީރު 5 ޖެހުމުގެ ފަހުން. އެހެންވީމާ އޭގެ ކުރިން ހަމަހުރީ ޔާމީނު. ފަސްމާމުލުންގެ ބޮޑުވަގުކަލޭގެ. އެހެންވީމާ ރައްޔިތުންނަށް ޣައްދާރުވެފަ ހުރި އެ ބަލާވެރިކަން ކޮންމެކަމެއްވެސް ކުރާނެ ކަމަށް ވަނީ ބުނެފަ. އެހެންވީމަ މިއަދު ޖެހި ޕެޕަރސްޕްރޭއަކީ އެގޮލާ ގެ އެންމެ ފަހުގެ ހަދިޔާ ރައްޔިތުންނަށް ދިން. އެވެސް އެންމެފަހުން އެވީ އަނެއްޖަރިމާޔަށް. ބުނަން ރައްޖޭގެ ތާރީޚް ދުށް އެދި މަރިޔަބަށްވުރެ މި ޔާމީނު ހަތަރު ފޮނު އަރާފަ މިހުރީ. މީތި މަލޭ ހައަވަށުގަ ގަންހިންގައިފއްޔާ މަގުތަށްވެސް ރޯނެ. އެހަ ނުބައި ނުލަފާ ފުރޭތަޔެއްމީ.
ނުކެރޭމެ މި ކޮމެންޓް ޖަހާކަށް. ހަމަޔަގީނޭ. އެހެންނުވާނީ ވަގުތަކީވެސް ހަމަ މިވަގުކަލޭގެ ގެ ޕްރޮޕަގެންޑަ ފަތުރަމެޝިނެއްވިއްޔަ ބޮޑު ނޮހޮރުއްޕާނެއްމީ ދިމާވެފަ އޮތް. ﷲ މިއާލަާތްވަރުތަކުގެ ކިބައިން ދިވެހި ގައުމު ސަލާމަތްކުރައްވާދޭޥެ. ޢާމީން