މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގު ކުރުމަށް 29 މައްސަލައެއް އެބައޮތް ކަމަށް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް އުފެއްދެއްވި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގެ ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ކަމަށެވެ.
ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތަހުގީގަށް ބަޔާން ނަގަންޖެހުނު ކޮންމެ މީހެއްގެ ބަޔާން ނަގާނެ ކަމަށާއި މި ސަރުކާރަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް ބަޔާން ނަގާނެ ކަމަށެވެ.
"މައްސަލަތައް ތަހުގީގު ކުރުމުގައި ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދަންޖެހިއްޖެނަމަ އެކަން ވެސް ކުރާނެ, ކޮމިޝަނުން ތަހުގީގު ކުރަން 29 މައްސަލައެއް މިހާރު ކަނޑައަޅާފައި އޮތަސް ރައްޔިތުން އިތުރު މައްސަލައެއް ހުށަހަޅައިފިނަމަ، އެއީ އެ ކޮމިޝަނުން ބަލަންޖެހޭ ފަދަ މައްސަލައެއް ނަމަ ބަލާނެ" ސުއޫދު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2018/13 އިން، ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި މީސް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލަ އަދި ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ ހިމެނެއެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
ޑރ އަފުރާޝީމް އަލީގެ މަރުގެ ހުރިހާ ކަމެއް އެންމެ ރަގަޅަށް އެގޭނީ އަންނިއަށް. މިއީ އުޑު ބޯމައްޗަށް ނުވެއްޓި އޮންނަހެއް އެގޭ ބޮޑު ހަގިގަތެއް.
އޭޑީކޭގައި އެތަނުގެ އިހުމާލުން މަރުވި މީހުންގެ މައްސަލަވެސް ތިޔަކޮމިސަނުން ބަލަންއެބަޖެހޭ.އެފަދަ ފަރާތްތަކަށްވެސް އިންސާފުލިބެން އެބަޖެހެ.
މައްސަލަތައް ބަލާ ކޮމިޓީގެ ބޮޑުމީހާ .............. ހުސްނު ސުޢޫދު
ކޮންމެ މައްސަލައަކަށް ބައިތުލްމާލުން ކުރި ޚަރަދު ............. 5 މިލިއަން ރުފިޔާ
ފައިސާގެ ޖުމްލަ ........................145 މިލިއަން ރުފިޔާ
މުއްދަތު ........................ 5 އަހަރު
ތަޙްޤީޤުގެ ނަތީޖާ ........................ ވީކަމެއް ހަމަ ހަރާން
ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތަހުގީގަށް ބަޔާން ނަގަންޖެހުނު ކޮންމެ މީހެއްގެ ބަޔާން ނަގާނެ ކަމަށާއި މި ސަރުކާރަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް ބަޔާން ނަގާނެ ކަމަށެވެ. ސުއޫދުއައް ތިކަންވެއްޖެއްޔާ ދެންއަންނަ ދައުރުގަވެރިކަމަށް ކުރިމަތިލާންވާނެ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގަ އެންމެފުރަތަމަ ސުވާލުކުރަންޖެހޭ ރ ނަޝީދުއާ. ނަޝީދުވިދާޅުވެފަވޭ އަފްރާޝީމް އަވަހާރަކޮށްލި މީހުންރާއްޖެއިން ފުރާފަވީކަމަށް. ރިލަވާން މައްސަލައިގަ ރ ޔާމިންއާ ސުވާލުކުރަން ޖެހޭ. ޔާމިން ވަނީރިލްވާން އާބެހޭގޮތުން ކެމްޕެއިންތެރޭގަ ދެފަހަރު ދެގޮތައް ވާހަކަދަތްކަވާފަ. ޝެއިޚު އިލްޔާސް އާވެސް އިމްރާންއާ ވެސް މިތިންމަރުގެ މައްސަލައިގަ ސުވާލުކުރަން ޖެހޭ. މަހުލޫފުއާވެސް ސުވާލުކުރެވެން ޖެހޭ. ކުރީގެ ސީޕީ ރިޔާޒްއާ ހުސައިން ވަހީދުވެސް.
ޤާނޫން އަސާސީން ފުލުހުންނަށް ދީފަވާ ބާރުތަށް ރައީސް އަކަށް ކޮމިޝަނަކަށް ނުދެވޭނެ! ޚާއްސަކޮށް މީހުން ހިފާހައްޔަރު ކުރުމުގެ ބާރު!
އަދި ތިޔަ ބޮޑު ބިޔަ ކޮމިޝަނުގެ މެމްބަރުންގެ މާލީ ބަޔާންތަށް ކޮންމެ މަހަކު ހާމަކުރަންޖެހޭ! އަދި ތިޔަ ކޮމިޝަންގެ ބަޖެޓާއި ޚަރަދުވާގޮތް ވެސް ރައްޔިތުންނަށް ހާމަވާންޖެހޭ!
ހުސްނާ ސުއާދު ތީ ޤާނޫނީ ވަކީލެއްކަމަށް ދައުވާ ކުރަމުން ދުވާ މީހެއް ހުސްނާ ސުވާދަށް ކިހިނެއް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ދިވެހިރާއްޖޭގައި ތަހްގީގު ކުރަން އުފައްދަވާފައިވާ މުއައްސަސާތަކަށްވުރެ މައްޗަށް އެރޭނީ؟ ހުސްނާ ސުވާދު ބޭނުންވަނީ އޭނައަށް ބާރުލިބޭފަދަ ސަރުކާރެއްގައި ދިވެހި ސިފައިންނާއި ފުލުހުންގެ ބާރު ކަންޑުވަން ހުސްނާ ސުވާދު އެމޭރުމުން މީގެ ކުރިން މީޑިއާ ތަކުގައި ވާހަކަދެއްކިކަން ހަނދާން ކޮށްލަދެން ދިވެހި ފުކުހުންނާއި ސިފައިންގެ ތެރެއިން މޑޕ ސަރުކާރަށް ވޯޓްދިން ކުދިންނަށް ރާކަނިމަސް ކެވޭނެ ޝުކުރިއްޔާ ހަހަހހ
ދެކޮޅަށް ކޮމެންޓުކުރާ މީސްމީހުންނަކީ މިކަންކަމުގައި ތުހުމަތު ކުރަންޖެހޭ ފަރާތްތަކެއް.އެއީ ކޮން ބައެއްތޯ ބަލައި ތަހުގީގަށް ހާޒިރުކުރަންޖެހޭ.
ތީ މާއުންދަގޫ ކަމެއްތަ، ގިނަގިނައިން ފަލަސުރުހީ އަރުވާފަ ދުވާދެދަޅަޔައް ނޫސްކޮންފަރަންސްދީފަ ޔާމިން ބޮލައް ތިކަންކަޑާލާފަ ހުލާސާބަޔާނެއް ނެރެލާ. ނެރޭގޮތަކައް ޕްރޮމޯޓްކޮއްދޭނެ ޕާޓީ ކުދިންތިބޭނެ. ކޮންކަމަކާ ހާސްވާކައް ހުރިހާކަމެއްވެސް މިފަހަރު އޯކޭވާނެ
ތިޔައީ ރަނގަޅު ނިޔަތެއް އޮވެގެން އެއްވެސް ކަމެއް ޙާސިލުކުރުމަށް އުފައްދާފައިވާ ކޮމިޝަނެއްނަމަ، ތިޔަކޮމިޝަނުގައި ރިޓަޔަރވެފައިވާ ސިފައިންގެ ޖެނެރަލުންނާއި ރިޓަޔަރވެފައިވާ ފަނޑިޔާރުންނާއި ރިޓަޔަރވެފައިވާ ޤާޟީންތިއްބަވާނެއެވެ. ދުނިޔޭގެ އެހެންތަންތާނގައިވެސް ކަންހިނގަމުންދަނީ، މިއުޞޫލުންނެވެ.