އުމްރާއަށް ފުރަން އުޅުނު 168 މީހަކަށް ވަނީ ސައްހަ ނޫން ޓިކެޓް ދޫކޮށްފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސައްހަ ނޫން ޓިކެޓްތަކެއް ވިއްކި މައްސަލަ ތަހްްޤީޤުކޮށް މިހާތަނަށް ބެލިބެލުމުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓް ގަތުމަށް ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ފައިސާ ހަވާލު ކުރެވުނު ކަން އެނގިފައިވާ ކަމަށެވެ.
އަދި މިފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޑީބީ ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެކުންފުނީގައި މަސައްކަތް ކުރާ ފަރާތަކުން ސައްހަނޫން 168 ޓިކެޓް ދޫކޮށްފައިވާ ކަން ވެސް ވަނީ އެނގިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ސައްހަ ނޫން ޓިކެޓް ދޫކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ރާއްޖެ އިން ބޭރަށް ފުރުމަށް ސ.ގަން އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އުމްރާއަށް ފުރަން އުޅުނު މީހުންނަށް ދީފައި ހުރީ ސައްހަ ނޫން ޓިކެޓްތަކެއްކަން އެނގުނީ، އިއްޔެ މެންދުރު 1:30 ގައި އެ މީހުން އުމްރާއަށް ފުރަން އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިޔުމުން އެވެ.
އަސްކޮއި އިން މިހާރު ގެންދަނީ އެ ޖަމާއަތުން އަމިއްލައަށް އެއާލައިންއާ ގުޅައިގެން ޓިކެޓް ނެގުމަށް މަސައްކަތް ކުރަމުންނެވެ. މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް އަސްކޮއި އިން މައުލޫމާތު ދެއެވެ.
ކޮބާ އަންނިބެ އާ އޭނާގެ ކުދިންކޮޅު.. މި ސޮރު ދޫކޮށްލަން ނުގޮވާތަ އަދި..
ޖަޒީރާ ސަރުކާރުން ކުރާނެ ކަމެއް ތިވެސް