2016 ވަނަ އަހަރު ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ކަނޑައެޅި ތަނާ ބެހޭގޮތުން، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ވިސްނަވާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ޙިޔާލު ފާޅުކޮށް، ޤައުމީ ފެންވަރުގައި މަޝްވަރާ ކުރައްވަމުން ދާތީ އުފާކުރައްވާކަމަށެވެ.
"ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު ޢިލްމީ ގޮތުން ޚިޔާލު ފާޅުކޮށް ޤައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އަޅުގަނޑު އުފާ ކުރަން.. ޢިލްމުވެރީންގެ ކަންބޮޑުވަންތަކާމެދު އަދުގެ ސަރުކާރުން ގެންދަވަނީ ވިސްނަވާ މަޝްވަރާ ކުރައްވަމުން" މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ، ކަޅުވަކަރު މިސްކިތަކީ ދިވެހި އިސްލާމީ ތާރީޚު ދައްކުވައިދޭ މުޙިއްމު ބިނާއެއްކަމަށާއި ދިވެހިން އެމިސްކިތުގައި 200 އަހަރު ވަންދެން ނަމާދު ކުރި ކަމަށެވެ. އަދި މައްސަލައަކަށް ވެގެން ދިޔައީ ކުޅޭތަނެއް ހަދަން އެފަދަ މިސްކިތެއް ނެގުންކަމުގައެވެ.
ކަޅުވަކަރު މިސްކިތް، މިހާރު ބެހެއްޓުމަށް ނިންމާފައިވަނީ ދިރާގުގެ ކުރީގެ ހެޑް އޮފީސް ހުރި ބިމުގައެވެ. އެއީ އިސްލާމީ މަރުކަޒުގެ ކައިރިއެވެ.
މިކަމާ ގުޅިގެން، ޝައިޚް އަލީ ޒައިދު ވިދާޅުވީ ކަޅުވަކަރު މިސްކިތް، އިސްލާމިކް މަރުކަޒުގެ ކައިރީގައި ބަހައްޓައިފިނަމަ މުންކަރާތްތަކަށް މަގުފަހިވާނެ ކަމަށާއި އެހެންކަމުން އެއީ އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫންކަމަށެވެ.
ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ އެ މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއްގެ ކުރިމަތީ ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއް ނެހެދޭނެ ކަމަށެވެ.
"އެއީ ދީނީގޮތުން ބަލާއިރު އިލްމުވެރިން ބަހުސްކޮށްފައިން މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވައިފައި. ކަޅުވަކަރު މިސްކިތް ބަހައްޓަނީ އެތާގައި ނަމާދުނުކުރެވޭ ގޮތަށް ކަމަށް ވަންޏާ އަދި ތަރައްގީގެ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުން ހުންނަ ނަމަ އެތާ ބެހެއްޓުން އެންމެ ރަނގަޅު" ޝަހީމް ވިދާޅުވިއެވެ.
ސާބަހޭ ދަރިޔާ އިލްމްވެރިންއެބުނަނީތެދެއް އެހެންތާކައްބަދަލުކުރޭ ބުރިޖްކާރިއައް
ބައްޕާފުޅަށް އެވަރުވެސް އެގިވަޑައި ނުގަންނަވަނީތޯ ،
ތިބަހައްޓަބަ އެންދެރިމާގޭގަ
މިސްކިތް ބަހައްޓަން ތަންތަން އެބަހުރި އެކަމަކު މީގައި ސޔާސީވވެގެން ގޮސް ހައދުފަހަނައަޅާ އަހަރުމެން ގޮސްގެން މިއުޅެވެނީ.
މިއީ ދެރަމއްސަލައެއް.ފިތުނަޔާއި ފަސާދަނޫން ގޮތަކަށް ސިކުނޑިތަށް ބަދަލުވާންވެއްޖެ.
ބައްޕާފުޅަށް އެނގޭ އަދި ނަޭގޭ ކަމެއްވެސް ނޯވޭ... ކުޑަކުއްޖެއްގެ ހާލަތުގަ ހުރީ.....
ތިޔަށްވުރެ މައްޗަކަށް ނޭރޭނެ! ތިހުރި ހިސާބުންވެސް އަދި ތިރިވާނެ! ތިޔަށްވުރެ މައްޗަށް އެރޭނޭކަމަށް ހީކޮށް ބޮޑުބޭބޭގެ ދުވަސްދުއްވާލީ! ރީތި ރޯޅިއެއްގައި ދާނެ މައުމޫނައި އޭނަގެ ނުބައި ތިން ދަރިންވެސް އިރާދަކުރެއްވިއްޔާ!
ބައްޕާޅު އެބާބު ކިޔަވާވިދާޅެއް ނުވޭ. ބައްޕާފުޅު ދީނީ ތާލީމް ހާސިލްކުރެއްވީ ވެރިކަން ކުރުމުގެ ރޮގުން ވީމާ ތިކަހަލަ ކަންކަމާ ބަސްފުޅެއް ވިދާޅެއްނުވާނެ
ކަޅުވަކަރު މިސްކިތަށް ހަދާނެ ގޮތެއް ނޭނގުނިއްޔާ، މއ. ކިނބިގަސްދޮށުގޭގަ ހުރި ގުދަންތައް ތަޅާލާފަ އެތާ ބަހައްޓަންވީނުން
ކަޅުވަކަރު މިސްކިތް ބަހައްތަން އެންމެ ރަނގަޅު ތަނަކީ ރަސްފަންނު ގޮނޑުދޮށުގައި. އޭރުން ފަސްފަންނަށްދާ ގިނަ ބަޔަކަށް މޫދުން އައިސްވެސް މިސްކިތަށް އަރާލެވިދާނެ. ކިހާސަޅިވާނެ ދޯ.
ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ހުރީ ކޮންތާކުތޯ އާއި ކޮންމެހެން މާލޭގަ ބަހައްޓަން ތިހާ ވަރަށް ތި ތެޅެނީ އެއީ އެންމެ ފުރަތަމަ މާލޭގަ އެޅި ތަނެއްތޯ މިހިރަ މިހިރަ ކަންކަން ސާފުކޮށް ދޭންވީނު.
ދީނީ ޢިލްމް ކިޔައިވައިގެން ހުރި މީހެއްގެ ދަރިއެކޯމީވެސް ސުބްހާނަﷲ !
މިދައިތަގެ ވަޒީރުކަމުގައި އޮތް ހަމައެކަނި މަސައްކަތަކީ ކަޅުވަކަރު މިސްކިތް.