18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ކުރިމަތިލައްވާނީ ތިމަރަފުށީ ދާއިރާއަށްކަން އިއުލާން ކުރައްވައިފިއެވެ.
ރިޔާޒު މިކަން އިއުލާން ކުރެއްވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށާއި އެދާއިރާގެ އެންމެހާ ރައްޔިތުންގެ ތާއީދަށް، އަދަބުވެރިކަމާއެކު ދަންނަވާކަމުގައެވެ.
"މާތް ﷲ ގެ ވާގިފުޅާއެކު 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. މި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދި އަދަބުވެރިކަމާއެކު ދަންނަވަން." ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގަޔާއި 18 ވަނަ ދައުރުގައި ތިމަރަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވީ މުޙައްމަދު މުސްޠަފާ އެވެ. އޭނާވަނީ އެދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން ހާމަ ކުރައްވާފައެވެ.
ރިޔާޒު މި ދާއިރާއަށް ކުރިމަތިލައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
ނުހޮވޭނެ
ކުރިންހުރިދާއިރާއަށް ކުރިމަތިނުލި ނުހޮވެނެތި
ކަލޭތީ އަހަރުމެން ތާއީދު ކުރާ މީހެއް ނޫން. ﷲ އިރާދަ ކުރެްވިއްޔާ ކަލޭ ނުހޮވޭނެނެ. ތީ ޤައުމް ހަލާކު ކުރާމީހެއް. ކަލޭ ހުރޭ ބުރުމާ ލޫޓުވަން.
މަރްހަބާ އަޅުގަނޑޫމެން ލޮލުންބޮލުން އުފަލާއެކީގަ މަނިކްފާން ބަލައިގެންފިން މަނިކޮފާން ހޮވައިދެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރު
ހަބަރުދާރު ކުރިމަތިނުލާތި ލާފިނަމަ ފިސާރި ކުޅިދަށްކާ ލާނަން
ކަލޭ ބަލާގަންނާނޭ ދާއިރާއެއް ނެތް! ފޮށާބޭލެން ނޫޅުން ރަގަޅުވާނީ!
ވޯޓް ނުދޭނިން
އަބްދުﷲ ރިޔާޒް އަކީ ކިބުރުވެރި ބޮޑާ މީހެއް. ރަށުގެ މީހުން ނަފުރަތުކުރާ މީހެއް
ތާއިދެއް ނެތް، ވޯޓް ނުދޭނެ ތިމަރަފުށީ ރައްޔިތުން
ﷲ އިރާދަކުރެއްވިއްޔާ ނުހޮވޭނެ! ރަށުގެ ޒުވާނުންނާ، ރައްޔިތުން ވަރަށް ފޫހިވާ މީހެއް! ފައިސާ އާއިހެދި މޮޔަވެފައިވާ މީހެއް!
ތިމަރަފުށީ ރައްޔިތެއްގެ ހައެސިއްޔަތުން ތިމަރަފުށީ ދާއިރާއަށް އަބްދުﷲ ރިޔާޒް ކުފޫ ހަމަނުވާ ސަބަބުތައް:
1. އަބްދުﷲ ރިޔާޒް އިސްކުރަނީ ފައިސާ
2. އާއިލާ މީހުނޮނަށް މަތީ މަގާމް ހޯދަން މަސައްކަތްކުރަނީ
3. ރަށުގެ މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނެތް
4. ރަށުގެ ތަރަށްގީއަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް
ސިޔާސީ ބުރަދަނެއް ނެތް މީހަކު ހޮވައިގެން އަހަރުމެން ރަށަށް ވާނެ ފައިދާއެއް ނެތް
ތިމަރަފުށީ ގައި އޮތީ ޕޕމ އާއި މޑޕ މީހުން. ޖޭޕީ މީހަކު ނޫޅޭ
އަޅުގަނޑުމެން ދާއިރާއަށް ފައިސާ އާއި މޮޔަވާ މީހަކު ބޭނުން ނުވޭ
ސޮރީ، ތިކަމެއް ނުވާނެ
ތިމަރަފުށީ ޒުވާނެއްގެ ހައެސިއްޔަތުން ބުނެލާނީ ރިޔާޒް އަކީ ތިމަރަފުށީ ޒުވާނުން ތާއީދު ކުރާ މީހެއް ނޫން. އަދި ރަށަށް ކަމެއް ކޮށްދެވޭ ވަރުގެ މީހެއްވެސް ނޫން. އަމިއްލަ މަންފާއަށް މަސައްކަތް ކުރާ މީހަކަށް ރަށަށް އަދި ރަށުގެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތް. ސަލާމް
ރިޔާޒް މި ސަރުކާރުން ކުރި ކަމަކީ އެނަ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ރިޔާޒްއަށް އެޑިޔުކޭސަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނީ، ދެން މިހާރު ކުރަމުން ދާ ކަމަކީ އައިލާގެ މީހުންނަށް ވަޒީފާ ދެވޭތޯ. އެކަމު ތިމަރަފުށީ ތިބި ނިކަމެތި މީހުންގެ ވަޒީފާތަށް މަދަނީ ވަކިކުރަމުން. މިކަމަށް ރިޔާޒް ގެ އަނގަ ހުޅުވުން ނެތް.