މާލޭގެ ގެއެއްގެ ތެރެއިންވެސް މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ. މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެކެވެ.
މަރުވެފައި އޮތް މީހާ ފެނުނީ މ. ރަމާގުލްޝަން ނަމަކަށް ކިޔާ ގޭގެ ތެރެއިންނެވެ. މަރުވެފައި އޮތް މީހާގެ އުމުރަކީ 27 އަހަރުކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ޒުވާނާ މަރުވެފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން އަދި އެނގިފައި ނުވެއެވެ. އެހެންނަމަވެސް، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 16:30 ހާއިރުއެވެ.
މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވީރު މާލެއިން މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނުވަތަ ހާނީއްކައެއްގެ ނިޝާނެއް ފެނިފައި ނުވެއެވެ.
މިއަދު ހެނދުނު، ހުޅުމާލޭގައިވެސް ވަނީ އަންހެނަކު މަރުވެފައެވެ. ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. އެމީހާ މަރުވެފައި އޮއްވާ ފެނުނީ އަމީން އެވެނިއު އެޕާޓްމަންޓް އިމާރާތުގެ 11 ވަނަ ފަންގިފިލާފައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ.
ހުޅާލެ މަރާ މާލެ މަރާ ހާދަހީވެޔޭ ގުޅުމެއްވާހެން. ނޫންތާ އަޅޭ
ބުޅާ ވެސް... ސޭޑް
މަރިތައް ބަލާ ކޮމޮޝަނަށްް ހާދަ މަސައްކަތެކޭ! މުސާރަ ޙަލާލުވާވަރު ވާނެ މިހާރު
އަނެއްކާ މިސަރުކާރުން މީހެއްގެ މަރުގެ ޒިންމާ ނަގަންމިޖެހުނީ. ރައީސް ޔާމީން ވެރިކަމުގެ ދައުރުގައި މަރުވި އެންމެންގެ ޒިންމާ އެމަނިކުފާންގެ ބޮލުގައި އެމްޑީޕީ ކުދިން އެޅުވިހެން ތިމަރުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ސާލިހް ކަން ކަށަަރު. މިހާރު އެތައް މަރެއް. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި.
އަނެއްކާ ވާނުވާނޭންގި އަނެކަކު މަރުވީ. ސަރުކާރުން މިކަމުގެ ޒިންމާނަގަންޖެހޭ. މީ ބިރުވެރިކަމެއް. 1 ދުވަހު ވީނުވީނޭންގި 2 މަރު. ދެންވެސް ބުނޭ އަނެއްސަރުކާރު އިސްތިއުފާއޭ. ރައީސުމީހާ ސީދާ މިކަމުގެ ޒިންމާ ނަގަންޖެހޭ.
ސަރުކާރުން ޒިންމާވާންޖެހެ
ކޮންބައެެް ޒިންމާ އުފުލަނީ ކޮބާ ޢަބުދުﷲ ރިޔާޒު ޒިންމާވާންޖެހޭމީހުންް ކިޔާދީފަ ގާފުރޮޅަށް ނުކުންނަން ނުކުންނަންވީނު
ކޮންމެ 24 ގަޑިއިރަކަށް މަރެއް 2 މަރު... މިވަނީ ކިހިނެއް؟ މިމަރުތަކުގެ ޒިންމާ އުފުލާނީ ކޮންބައެެއް؟
ޔަާމީން ސަރުކާރުގައި ނޫނަސް ކުއްލި މަރު އެކްސިޑެންޓްތައް ?
ކާކުބާ؟ މިމީހުންގެ މަރުގެ ޒިއްމާނަގާނީ. ރައީސް ޔާމީނު ތޯ. ކޮބާ ސުއޫދު. ކޮމިށަނުގެ ހަބަރެއްވެބަލާ. ރައްޔިތުންމިކަމާދޭތެރޭ ދެކޭގޮތް ހާމަކުރަން ވީތޯ.މަށައް ފެއްނަނީ އަދިކޮމެޓީއެއް ހަދަން. މަރުވާ ކޮއްމެމީހަކައް ކޮމެޓީއެއ.ް
ހިޔާލު ހުސްވެފަ