ޖުމެއިރާ ވިއްޓަވެލި ރިސޯޓްގެ ފަޔާ ޑާންސާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އޭނާ އަކީ ފިލިޕީންސްގެ ފިރިހެނެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހަކީ ޖުމެއިރާ ވިއްޓަވެލި ރިސޯޓްގެ ކިޑްސް ކްލަބްގެ ފަޔާ ޑާންސާއެވެ.
ކޮންމެ ދުވަހަކު ހަވީރު 17:30 ގައި އޮންނަ ކޮކްޓެއިލް ޕާޓީއެއްގައި އޭނާގެ ހުށަހެޅުންތަކެއް އޮވެއެވެ. މިއަދު އޭނާ ހުށަހެޅުންތައް ހުށަހަޅައިދީ ޝޯވ ނިންމާލާފައި ދަނިކޮށް ކުއްލިއަކަށް މަރުވެގެން ވެއްޓުނީ ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އޭނާ މަރުވާން ދިމާވި ސަބަބެއް ނޭނގެއެވެ.
އޭނާގެ ހަށިގަނޑު މިހާރު އޮތީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
މިއީ ފާއިތުވި ހަދުވަސް ތެރޭގައި ރާއްޖޭގައި ކުއްލިއަކަށް މަރުވި ދިހަ ވަނަ މީހާ އެވެ. ހަ ދުވަސްތެރޭގައި މަރުވި ދިހަ މީހުންގެ ތެރެއިން އަށް މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން ތިން މީހުންނަކީ ފިލިޕީންސް މީހުންނެވެ.
ޖުމެއިރާ ވިއްޓަވެލީގެ ފަޔާ ޑާންސާގެ މަރާއި ގުޅިގެން ފުލުހުން ބުނެފައިއިވަނީ ޕިލިޕީންސްއަށް ނިސްބަތްވާ މީހަކު އޭޑީކޭ ހޮސްޕިޓަކަށް މިރޭ 1930 ހާއިރު ގެންގޮސްފައިވާ ކަމަށާއި އަދި ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭޑީކޭއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކުއްލި މަރުތައް ހާދަ ގިނަވެއްޖޭ!! ﷲ އަކުބަރު!!
ހަލޯ ހާދަ މަރެކޭ. ސުއޫދު މިހާރު ބޯ ގޮވާނެ.
ޢަޖައިބުން އަޖައިބު. މަރުގެންދަވަން ވީމަ ގެންދަވާނެ. ޢެކަމަކު ހާދަވަރަކަށޭ މި.ކުއްލި މަރުތައް މިމަރުވަނީ. ދެންމަރުތަކުގެ ހަގީގަތް ހޯދާމީހުން މި މަރުތަކުގެ ހަގީގަތް އަވަހަށް ހޯދައިދީބަލަ.
މިސަރުކާރު އައިފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިރާއްޖޭގައި އެކިގޮތްގޮތުން ހާދަގިނަބަޔަކު އެބަމަރުވެޔޭ. ކުށުވެރިކަމެއްބާ؟ ނޫނީ ބަދުސަރުކާރަކީބާ؟
ގޮތްނޭނގޭ މަރުގެލިސްޓަށް މީހަކު އިތުރުވީއެވެ. ސޫދު މިމަރުވެސް ތަހްގީގް ކުރާނެކަމަށް އުންމީދުކުރަން.
އަހަ އަނެއްކާވެސް މަރެއް މިގައމުގެ މިދައުރަކީ މަރުން ފުރިގެންވާ ފަލަސުރުޚީތަކެއްތާދޯ! ޢަނެއްކޮޅުން ބައިވެރިޔާ ގެރިމޯދީގެ ޒައާމަތް މިދަނީ ރޭޕަށްފަހު މަރަކުން ތިނާގެކަމާ ގާތްކަން މިހުރީ ފިސާރި ބަދަހިކޮށް ދެންކީކޭ ކިޔާނީ މިދެޒައާމަތަކީ މަރުތަކުން ތަތްތެޅިފައިވާ ދެޒައާމަތު ދެން ކޮންރަގަޅެއްވާނީ ކޮބައިހޭ އިމްރާނާ އިލްޔާސް މިކަން ރަގަޅުވޭތޯ އެއްކަލަހެން ވާރެޔާތެމިފޯވެގެން ރިމުން ދުއާތަކެއްކޮށްލަންވީނު ނޫނީ ކޮންމެހުކުރު ދުވަހަކު އެއްކަލަހެން މަހުލޫފުމެން ބޮޑު މޮޅުދުއާއެއް ނަމަވެސް ކޮށްގެން މިކަންތަކަށް ހައްލެއް ހޯދާބަލަ ނަންބޯޑުތަކާ ސަލާންޖަހާ ދަތުރުތައް ހުއްޓާލާފަ ހެހެހޭ
ޤިޔާމަތް ގާތް ވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކުއްލި މަރު ގިނަވުން..
? އަޅެ ރީތި ނަމެއް ލިޔެލަބާ
ސުބުހާނަﷲ
ނިސާ ސޫރަތުގެ 78 ވަނައާޔަތުގެ މާނާގައިވަނީ، އުސްވެގެންވާ ބުރުޖުތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބި ކަމުގައިވިޔަސް ތިޔަބައި މިހުން ތިބި ކޮންމެ ތަނަކަށް މަރު އައިސް ތިޔަބައި މީހުންނާއި ހަމަކުރާނެއެވެ. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ