ސިނަމާލެ ބުރިޖާއި އަދި ބުރިޖާއި ގުޅިފައި އޮންނަ ހައިވޭގައި ދިހަ ވަރަހަކަށް އަހަރުގެ އަންހެން ކުއްޖަކު މިޜޭ ސައިކަލް ދުއްވައިފިއެވެ. އޭނާ ސައިކަލް ދުއްވިއިރު ސައިކަލްގައި ޒުވާން ފިރިހެނަކު ވެސް އިނެވެ.
މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބުރިޖަށް އަރާ ޓްރެފިކް ލައިޓާއި ހަމައިން ހުޅުމާލެއަށް ދެވެންދެން އެކުއްޖާ ސައިކަލް ދުއްވަމުން ދިޔަ ކަމަށެވެ.
"ވަރަށް ބާރަށް ސައިކަލް ދުއްވަމުން ދިޔައީ. ޔަގީނުން ވެސް 60 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވީ. ސައިކަލްގައި އިން ބޮޑު މީހާ ސައިކަލްގެ ހުންގާނުގައި ހިފަހައްޓައިގެންނެއް ނޫން އިނީކީ. ކުޑަ ކުއްޖާ ސައިކަލް ދުއްވީ." މަންޒަރުދުއް މީހާ ބުންޏެވެ.
ކުޑަ ކުއްޖާ ސައިކަލް ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ފޭސްބުކްގައި މިހާރު ވަނީ އާއްމު ވެފައެވެ. ވީޑިއޯ އިން ވެސް ފެންނަ ގޮތުގައި އެކުއްޖާ ސައިކަލް ދުއްވާފައި ދިޔައީ ވަރަށް ބާރަށެެވެ.
https://www.facebook.com/meamyr/videos/10218470047568502/
ކުޑަ ކުއްޖާ ސައިކަލް ދުއްވި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
ބުރިޖުގައި ކުޑަ ކުއްޖަކު މިރޭ ސައިކަލް ދުއްވި އިރު ބުރިޖާއި، ހައިވޭތަކުގައި އެކްސިޑެންޓް ހިނގުން ވަނީ އާއްމު ވެފައެވެ. އިއްޔެ ވަނީ ސައިކަލް އެކްސިޑެންޓެއްގައި މާލޭގައި 17 އަހަރުގެ ކުއްޖަކު ނިޔާ ވެސް ވެފައެވެ.
ގަމާރުކަން ހަދުންނެޓިފައި. އެކަން ކުރީ ކޮންމެ މީހަކު ކަމުގާވިޔަސް އެއީ ޤާނުނީ ކުށެއް.
ސުބުހާނަﷲ
ގާނޫން ހަދަން ގަމާރުން ލީމަ ވާނެގޮތް ތިފެންނަނީ، ނުވާނެ ހައްލެއް، މިހާރުވެސް ކޯލިޝަން އެ ތޅާފޮލަނީ
ތިމަށްސައެއް ފުލުހުންނެއެ ނުބަލާނެ
ގައުމައް ދިމާވެގެން މިއުޅޭ މި ބޮޮޑު ކަންތައް ކޮމެޓީއެއް ހަދައިގެން ބަލާކައްނުވޭތަ؟
- ދުވާލަކު ގޮތްނޭގޭ އެތައްމަރެއް
- ސުމާރެއްނެތި އެކްސިޑެންޓް
- ފާޅުގާ ދީނަށާއި މާތްނަބިއްޔާއައް ބަދުބަސްބުނުން
- އެއްވެސް ގަވައިދަކައް ރައްޔިތުން ބޯނުލެނބުން
- ވައްކަމާ މަގުފޭރުން އިތުރުވުން
- ގޮތްނޭގޭ ތޫނު ހަތިޔާރު އެތައްމިތަނައްލާ ފޮރުވާފަ ހުއްޓާފެނުން
؟؟؟؟؟؟
ކޮންކަމެއް! ވެއްޓި ގެއްލުމެއްވެސް ވާނީ އެ މޮޅު މީހާގަނޑަށް. އަހަރެމެން ދެރަނުވޭ މިކަހަލަ ބުރާންތިންނަށް ކޮންމެ ކަމެއް ވިއަސް.
ވެއްޓި ގެއްލުން ވާއިރު އިތުރު ބަޔަކަށް ގެއްލުންވެ ހަލާކުވާނީ... ތިމާ ކުރާ ކަމަކުން އަނެކާ ލިބިދާނެ ގެއްލުމަށް ވެސް ތިމާގެ ރައްކަލަށް ކުރަން ހެޔޮ ނުވާވަރުގެ ކަންތައް.
މައްސަލަ ބަލާފައި ކުޑަކުއްޖާގެ އިތުރުން އާއްމުންގެ ފުރާނައަށް ނުރައްކާ ކުރި މައްސަލާގައި ދައުވާ ކުރަން ފެނޭ. އަދި ލައިސަންސް ބާތިލުކުރަން ޖެހޭ. 18 އަހަރު ނުފުރޭ ކުދިންނަށް ސައިކަލު ދިނުމަކީ މަނާ ކަމެއް ގާނޫނުން ވެސް. ހަރުކަށި އަދަބު ދީގެން މިކަހަލަ ނުވިސްނޭ މީހުންނަށް ވިސްނޭނީ.
ކިހާބޮޑު މުސީބާތެއް!
ސައިކަލް ނަމްބަރާ ތިކަން ކުރުވި މީހާ އެހެރީ ސާފުކޮށް ފެންނަން. ކުޑަކުއްޖަކު ލައްވާ މިކަން ކުރުވި ފަރާތައް ޖިނާއީ ދަޢުވާ ކުރެވެން ޖެހޭނެ ކަމުގައި ދެކެން. މި ނުރައްކާތެރި އަމަލަށް ހަރުކަށި ފިޔަވަޅު ނޭޅިއްޖެ ނަމަ ޤާނޫނުގެ ބާރު ކެނޑުނީކަމަށް ބެލެވޭނީ.. ވަރަށް ދެރަވަރުމީ.. އެހެން ގައުމެެއްގަ މިކަހަލަ ކަމެއް ކޮށްފިނަމަ ޒިންމާ ވާން ޖެހޭ ފަރާތް ވަގުތުން ހައްޔަރުކޮށް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ޖަލު ހުކުމެއް އަންނާނެ.
މައްސަލައަކީ މިއޮތީ ހެކި ފެންނަން. ސައިކަން ފެންނަން އެބަހުރި. ދުއްވި މީހުން ފެންނަން އެބަތިބި. ވަގުތުން އެމީހާގެ ލައިސަންސް ބާޠިލުކޮށްފައި، ސައިކަލްގެ ރަޖިސްޓަރީ އުވާލާފައި ސައިކަލް ސަރުކާރުގެ ބެލުމެގެ ދަށަށް ނުގެނެވެންވީ ކީއްވެ؟ އެކަމަކު މިކަންކުރާނީ ކާކު؟
މި ކަން ބަލާ ފިޔަވަޅު އެޅުމަށް ގުވާލަން.
އެންމެފަހުން ކުޑަކުދީންވެސް ފެށީދޯ،.....
ކޮންމެ ކަމެއްވެސް މިދަނީ ހައްދުން ނެއްޓެމުން. ބޮޑުތި މީހުންގެ އިހްމާލުން ތުއްތުކުދިންގެ ފުރާނަވެސް ނުރައްކަލަށް ވައްޓާލަނީ. ކީއްވެ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅެނީ؟
ހަމަ މަޖާ ކީއްކުރާނީ. ބޯ ހުންނަނީ ހަމައެކަނި ފުނާ އަޅަންވިއްޔަ.
އެހެންވިއްޔާ ކަލޯމެންތިބުނާ ހުރިހަ ކަމެއް ހައްލު ވަނީ އަނެއްކާވެސް ޔާމީނު ވެރިކަމަށް ގެނައިމަ ދޯ. އާމ! ގެނޭ ގެނެސް އަނެއްކާވެސް މިވީ މަދު ދުވަސްކޮޅު އެކިގައުމުތަކުން ދިން ލާރިކޮޅު ދަވާލާނެ ގޮތެް ހޯދާ. ވަގުންގެނެސްގެން ކަމެއްރަގަޅެއް ނުވާނެ. ވަގުންވާނީ ވަމަ ވަގުންނަށް. އެޔަމީ މިއަދަކުގެ ކަމެއް ނޫން. ސްޓެލްކޯ ޔާ އެސްޓިއޯގެ ވެރިއަކަށްހުރިއިރު ވެސް ހަމަ އެވަރަށް އެތަންތަނުގެ ލާރިގަޑުން ވައްކަންކުރި ސޮރެއްއެއީ. އެއީ ހަމަ ރަތްލާޖެހި ވަގެއް
ސުރުހީ ކިޔާލީމައި ހީވީ ނުކުރެވިފައި އޮތް ކަމެއް ކާމިޔާބު ވީއޭ....ސައިކަލްގައި އިން މީހާ ހައްޔަރު ކުރަން ޖެހޭ.. ބޮޑުކަމެއް ދިމާވީމަ ގޯސްވާނީ ބުރިޖާ، އަރައިން ސައިކަލާ، ކައިރިން ދުއްވާފައިދާ މީހުން.. ހިތުން ވަރަށް މޮޅު ކަމެއް...
ކޮބާ ތިތަން ބަލަހައްޓަން ތިބޭޕޮލިސް؟
ތިޔަ ވާނީ ބުރިޖުން ފެންނަ އެއްޗާ އެ އެއްޗެއްގެ ދަރިކަމަށް އާޚިރުގަ ?. ޤައުމެއް މީ %100 މުސްލިމުން އުޅެއޭ ކިޔާ ?
ޙިތުން ވަރަށް މޮޅުކަމެއް އެވީ
އެކްސިޑެންޓްވަނީ، މިކަހަލަ ގަމާރުންނާ ހެދި
މިފަދަ މީހުންނަކީ އެހެން މީހުންނަށްވެސް ހުރި ބިރެއް. ނަހުލާ މިހާރު ކުރަންވީ ކަމަކީ، ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއަން ނިންމަންވީ، މިފަދަ ކަމެއް ކުރާ ކޮންމެ މީހެއްގެ އަތުން، 30 ހާސް ރުފިޔާ ޖުރުމަނާ ކުރުން، ނުވަތަ، 60 ދުވަހަށް ޖަލުގައި ބަންދުންކުރުން ފަދަ ހަރުކަށި ފިޔަވަޅުތަށް އަޅައިގެން ނޫނީ މިކަމުން މިންޖެއްވާނެހެން ހިޔެއްނުވޭ
ކޮބާ ސެކިއުލަރ އެމްޑީޕީ އެކްޓިވިސްޓް ޕޮލިސް ހަމީދުބެ
ކީއްވެގެން ތަ ކޮންމެ ކަމެއް ސިޔާސީ ނުވެގެން މި އުޅެނީ؟؟؟ މީހަކު މަރުވިޔަސް، ވައްކްން ކުރިޔަސް، ނޫނީ ސުނާމީ ކަހަލަ މުސީބާތެއް ކުރިމަތި ވީ ނަމަވެސް އަދި އެވަރު ނުވެގެން ގަޔަށް ހީސް ލެވުނަސް ރައީސް މީހާ ތަ ކުއްވެރިޔަކީ؟؟؟ ކޯމަން ސެންސް ވެސް ކޮރަޕްޓް ވެފަ
ބެލެނިވެރިން ދަރިން ހަލާކު ކުރާ މަންޒަރު ތި ފެންނަނީ ކުޑައިރު މި ދަސްކޮށްދެނީ ގަވަިދާ ހިލާފަށް އުޅެން މާދަމާ އެކުއްޖާ އެކަނި ސައިކަލު ދުއްވީމަ ގޯސްވާނީ ގާނޫނުތައް ވިލިމާލޭގަ ވެސް ގުޜީން ސިކުސް ފިހާރަ ސޭޓު ތިކަން ވަރަށް ގަދަޔަށް ކުރޭ މި ކޮމެންޓު ޖަހާލަ ދޭތި
ތިވާނީ ޖިންނި ކުއްޖަކަށް
Áމަަަ ބަދުުުުުުުުުުުުުުުުު ު ރަަ ަ