ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަން ނުހަދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިގޮތަށް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މިއަދު މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ގާސިމް އިބްރާހިމް ރައީސް ޔާމީންއާއެކު ކޯލިޝަން ނަހައްދަވާނެ ކަމަށެވެ. އަދި މިހާރު ހެދިފައި މި އޮތް ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކޯލިޝަން ދެމި އޮންނާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގާސިމް އިބްރާހިމްއާއި ދެމެދުވެސް އޮތީ ހިޔާލު ތަފާތުވުމެއް ކަމަށެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު ދެ ފަހަރު ތިން ފަހަރު އެއިން ބޭފުޅަކާ އެބަ ވާހަކަދައްކަން. މައްސަލައެއް ނުފެނޭ އަޅުގަނޑަކަށް. ސަރުކާރު ހިންގުމުގައި އަޅުގަނޑަކަށް އެއްވެސް ބޭފުޅަކު ހުރަހެއް ނާޅުއްވާ". ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ގާސިމް އިބްރާހިމް ވަނީ ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ޕީއެންސީގެ އިސްވެރިންނާއި ބައްދަލުކުރައްވާފާއެވެ. އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.
އަދި ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޤާސިމަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވެސް ވަނީ ގާސިމާއި އެކު މަސައްކަތް ކުރެވިދާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.
އިތުރަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޯލިޝަންގެ ހުރިހާ ލީޑަރުންގެ ބައްދަލުވުމަކަށް މިއަދު މަޝްވަރާ ކުރެވިގެން ގޮސްފައިވާކަމަށެވެ. އަދި އަންނަ ހަފްތާ މެދު ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ޔާމީނާއިއެކު ކޯލިޝަން ހެއްދެވިޔަސް މިސަރުކާރު ވެރިކަމަށް އަންނަން ހެދި ކޯލިޝަން އޮންނާނެއެވެ. އަދި އެގޮތަށް ގާސިމް ކަންތަށް އެކުރައްވަނީ ސަރުކާރު ވަރުގަދަކުރަން. ނަޝީދާއި ގާސިމާއި ދެމެދުވެސް މައްސަލައެއް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ.
ޤާސިމު މިރާއްޖެ ޣަރަޤު ވުމަށް ފުރުޞަތު ނުދެއްވާނެ!
ޤާސިމު އުބުރާހިމް މުހައްމަދުސާލިހާއެކު ހަދާފައޮތް ކޯލިޝަނުގައި ދެމިނުހުންނާނެ
ސޯލިހު އުޅުންވަނީ އަގައިން ވަރަށް ވަރުގަދަވެގެން
ނަމަވެސް ކަމެއް އެބަހިގާތާ
ދީނަށް ފުރައްސާރަ ކުރަނީ ސީދާ ރައީސް ޕާރޓީގެ މީހުން
ދެން ....
ބަހައްޓަބަލަ އޭނަޔަކަށް ނުޅުވޭނެ އެކަކައެކީގައިވެސް އަޅެބުނަބަލަ ކާކަށްތަ އޭނަޔާ މައްސަލަނުޖެހި އޮތީ .... މައުމޫން ކަމަކުނުދިޔަ ނަޝީދް ކަމަކުނުދިޔަ ވަހީދު ކަމުނުދިޔަ ޔާމީން ކާޅައްކޮށާ ކާންދިނަސް އެއްބައިނުވާނެ ކަމަށް ބުނި ދެން އަންނަން ހުރިމީހަކަުވެސް ކިހިނެތަ ވަކި ރަނގަޅުވާނީ ހުރިހާވެސް މައްސަލައަކީ ހަމަ ބުރުމާ ސޭޓް
ލާދީނީ ސަރުކާރު ދެމި އޮވެގެންނުވާނެ އަދި ގާސިމް އިބުރާހިމްވެސް ލާދީނީ ސަރުކާރަށް ސަޕޯޓެއްނުކުރާނެ އެބަހީ މިގައުމުގެ ދީނަކީ އިސްލާމްދީން .