މާލެ އަތޮޅު ގުޅީ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ގުޅީ ކައުންސިލް މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ގުޅީ ކައުންސިލުން ފާހަގަކޮށްފައިވާ، އެރަށުގެ އެންމެ ބޮޑެތި މައްސަލަތަކަކީ ބިމުގެ ދަތިކަމާއި، ރަށުގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުމެވެ.
މީގެއިތުރުން، ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ދަތިކަން ކައުންސިލަށް ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞޯލިހު ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ގުޅީގައި ސަރުކާރުން ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކާ ބެހޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާ ކުރައްވައުފައެވެ. އަދި، ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކިއެކި މައުލޫމާތުވެސް ރައީސް އޮޅުންފިލުއްވިއެވެ.
ގުޅީ މައްސަލަ ހައްލުކުރަން ކޮމެޓީއް ހަދާ
ސާބަސް ރައީސް