މިއަހަރުގެ މަޖިލިސް އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން، ހ.ވަވޮއި މޫސާ ޝިފާޢު (ޓްރިއޯ ޝިފާއު) ނިންމައިފިއެވެ.
ޝީފާޢު މަޖިލިސް ގޮނޑިއަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އަމިއްލަ ގޮތުންނެވެ. މިކަމާއި ގުޅޭގޮތުން " ވަގުތަށް" މަޢުލޫމާތު ދެއްވަމުން ޝިފާޢު ވިދާޅުވީ، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ ، ދާއިރާގެ ދަރިއަކަށްވެފައި، ދާއިރާގެ ރައްޔިތުންނަށް ޚިދުމަތެއް ކޮއްދޭން ބޭނުންވާތީ ކަމަށާއި ، ރަނގަޅު ހެޔޮ ބަދަލެއް ގެނައުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
" އަޅުގަނޑު ނިކުންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ، ތެދުވެރި އިޚްލާޞްތެރި މަސައްކަތަކަށް މަޖިލިސް ތެރެއިން ޖާގަ ހޯދައިދެން. ދާއިރާގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނައުމަށް ފުރުޞަތު ހޯދުމުގެ ގޮތުން. އެންމެންވެސް މި ކިޔަނީ ރަނގަޅު އިޚްލާޞްތެރިމީހުން މަޖިލީހަށް ކުރިމަތި ނުލާތީކަމަށް ވޯޓު ވިއްކާލަން ޖެހެނީ. އެހެންވެ އެ ސަބަބަށްޓަކައި ، ދާއިރާ އާއި މުޅި ޤައުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދޭން އަޅުގަނޑު ، އިންޝާ ﷲ މި ނިކުންނަނީ. ދާއިރާގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އެނގޭނެ. " ޝިފާޢު ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ޝިފާޢު ވިދާޅުވީ، ﷲ ރަޙްމަތްފުޅާއި އެކު އަމިއްލަ ގޮތުން މަޖިލީހަށް ހޮވިއްޖެ ކަމަށްވާނަމަ، އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅޭނެމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު އެބަ އޮތްކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާވާ ޤާނޫނުތައް ހެދުމަށް ކަމަށާއި، ޤަވާއިދާއި ޚިލާފު އަދި މާތްވެގެންވާ އިސްލާމުދީނާ ޚިލާފު އެެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް ޝިފާޢު ވިދާޅުވިއެވެ.
މޫސާ ޝިފާޢު އާއްމުންގެ ތެރެއަށް މަޝްހޫރުވީ ލަވަކިޔުމުގެ ދާއިރާއިން ކަމަށްވީނަމަވެސް، މިހާރު ޝިފާޢު މަސައްކަތް ކުރައްވަނީ ދީނީ އެކި އެކި މަޢުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމަށްވާ އަލް އަޞުރުގައެވެ. އަދި ޝިފާއުއަކީ ޤައުމީ ޔުނިވާރަސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓްޑީޒްގެ ގުރެޖުއޭޓެކެވެ.
ވަރަށް އުފާވެއްޖެ.. ވާދަކުރަން މާ ލަސްވެސްވެއްޖެ...މަގޭ ވޯޓް އަދި މަގޭ އާއިލާ އެންމެންގެ ވޯޓް ލިބޭނެ.... ސާބަހޭ ޓުރިޔޯ
ޓްރިއޯ ޝިފާޢު މަތީ ތުނބުޅިއާ ތިރީ ތުނބުޅި ގޮއްޖަހައިގެން އަމިއްލަ ގޮތުން މަހައް ދާންވީނު.
ބުރުގާ ކަލޭ ކަމެއް ނެތިޔާ މަހަށް ދާންވީނުން...
ބަނޑު ކައްކަނީތަ؟
ހިތާމަ ހުރި... ދީނީ ސިފައެއްގައި ހުރި މީހަކަށްވެސް ރައްޔިތުން މިއަދު ވޯޓެއް ނުދޭނެ... ގިނަ ރައްޔިތުން މިއަދު ތިބީ ވަރަށްބޮޑު ނޭންގުމެއްގެ ތެރޭގައި، މަޖިލީހަށް މިފަހަރު ހޮވޭނީ އެމްޑީޕީގެ ލާދީނީ ފިކުރުގެ މީހުން . އަދި ރާއްޖޭގެ ދީނީ އިޖްތިމާޢީ ޙާލަތު އެއްފުށުން އަނެއް ފުށަށް ޖަހާލައި، ތާރީޚް ބަދަލުކޮށްލާނެ މަޖިލީހަކަށް މި އަންނަ މަޖިލީސްވާނެ... މިހާރުވެސް އެމްޑީޕީގެ ފަރާތުން ނުކުމެ ތިބި ގިނަ މީހުންނަށް ބަލާއިރު، ފާޅުގައި ދީނަށް ފުރައްސާރަކޮށް ޓްވީޓްކުރަމުންދާ ކިތައްމެ ބަައެއް އެބަތިބި... އަންނި، އާނިޔާ ކަހަލަ...
އަހުރެންގެ ނަޞޭހަތަކީ ތިކަން ކުރުމުގެ ކުރިން ދީނުގަ ތިކަން އޮތްގޮތް ބެލުން ވަރަށް މުހިންމު ކަމަށް . އަހުރެންނަށް އެނގިފައިވާގޮތުން ތީ މީހާ ދީނުން ބޭރުވާ ކަމެއް. ސަބަބަކީ ޑިމޮކޮރޮސީގެ ތެރެއިންވާ ކަމަކަށް ވާތީވެ. ކަމެއް ކުރމުގެ ކުރިން އެއީ ކުރެވޭވަރުގެ ކަމެއްތޯ ބެލުން ވ މުހިންމު. ތިމާ ހިތް އެދޭ ގޮތް އެންމެ ރަގަނޅު ނުވެދާނެ. މާތް ﷲ އަޅަމެން އެންމެންނަށް ހިދާޔަތް ދަށްކަވަވާނދޭވެ...އާމީން.
ވަރަށް ހިނިއައިސި އެހަކަށް ދުވަހަކު ނޫންތޯ ތިޔަ ކިޔާ ޝިފާޢު ގެ އަންހެނުން މޫނު ފޮތިކޮޅު ނަގާ އަތުކޮޅަށް އެއްލާލެއްވީ. އަމިއްލަ އާއިލާ ނުބެލެހެއްޓޭތީ ލާރިހޯދަން ވެގެންނޭ ތިމަންނަ މިވަންނަނީ ޓެކްސީ ކުރާމަ އަބިގޮއްޔެ ލަދުގަންނާތީއޭ ބުނީޔާ ވަނެ ތެދުބަހުން ވާހަކަ ދެއްކުނުކަމަށް!
ކާކުކަން ނޭނގޭގޮތަށް މިތަނުގަ ކޮމެންޓް ތިކުރަނީ ހަމަ ފިނޑިން، ގަޓެއް ހުރިނަމަ ކޮމެންޓް ކުރާނީ ކާކުކަން އެނގޭގޮތަށް... އަހަރެންވެސ ހިމެނޭ ގޮތައް މިބުނީ
ސައްކެއްނެއް އިހްލާސްތެރިވާނެ އިންޝާﷲ