އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން މެގަޗިޕް ކުންފުނީގެ އެކައުންޓަށް 9000 ޑޮލަރު ވަދެފައިވާކަމަށް މިއަދު އޭސީސީން ހާމަކުރި ރިޕޯޓްކޮށްފައިވާ ޑޮލަރުތަތަކީ ކުންފުނީގެ ވިޔަފާރިއަށް ގަނެފައިވާ ޑޮލަރުކަމަށް އެކުންފުނިން ބުނެފިއެވެ.
އޭސީސީގެ ރިޕޯޓާއި ގުޅިގެން މިއަދު އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭސީސީގެ ރިޕޯޓްކޮށްފައިވާގޮތަށް، އެކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނާ 9000 ޑޮލަރަކީ ކުންފުނީގެ ވިޔަފާރި ބޭނުމަށް ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކަށްދިން ދިވެހި ފައިސާގެ ބަދަލުގައި ޓްރާންސްފާރ ކުރުވާފައިވާ ޑޮލަރުތަކެއް ކަމަށެވެ.
މެގަޗިޕް ކުންފުނީގެ އެކައުންޓަށް ފައިސާ ވަދެފައިވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވާއިރު، އެ ކުންފުނީގެ އިތުރު ގިނަކުންފުނިތަކަކަށްވެސް ވަނީ އެ ފައިސާތައް ވަދެފައެެވެ.
އޭގެ ތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ވިޔަފާރިވެރިންގެ ކުންފުނިތައްވެސް ހިމެނެއެވެ. އަދި ބައެެއް މިނިސްޓަރު ލެވެލްގެ ބޭފުޅުންނާއި، ބައެއް ވިޔަފާރިވެރިންނާއި މަޖްލިސް މެމްބަރުންވެސް ހިމެނެއެވެ.
ކިއްލިތަޅައިގެން މާލޭން ބޮޑު ގޯއްޗަކާ ހުޅުމާލޭން ދެގޯތި ބައްލަވާގެންވި ބޭކަލަކުވެސް އެބައުޅޭ! ވީމާ މެގަޗިޕަށް ތިހެން ވެދާނެ! ނަސީބެއް ޖޫސްޕެޓީ ނުވިއްކިކަން!
އެހެންވީމާ ވިޔަފާރީގެ ނަމުގައި ފައިސާ ދޮވުނީ ދެއްތޯ. ތިޔަ ކުންފުނީގެ މައްސަލަވެސް ކޯޓަށް ދާންޖެހޭނެތާ ޔާމީންގެ މައްސަލަ ކޯޓަށް ގޮސްފައިވާނަމަ.
ޑޮލަރު ބޭނުންވެގެން ޑޮލަރު ގަތްވާހަކަ މި ރިޕޯޓު ނެރުމުގެ ކުރިން ބުނަން ހަނދާން ނެތީބާ