ގެއެއްގެ ހަވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހަކު ޒަހަމް ވެއްޖެއެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެމުން މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ މިމީހާ ޒަޚަމްވެފައިވަނީ ސަބުދެރިޔާ މަގުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑެއް އެމީހާގެ ބޮލުގައި ޖެހިގެން ކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 58 އަހަރުގެ މީހަކަށެވެ. އަދި މިމީހާ މިހާރުވަނީ ފުލުހުންގެ އެހީތެރި ކަމާއެކު ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ މިރޭ 23:34 ހާއިރު ކަމަށެވެ. ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި މަޢުލޫމާތު ލިބޭ ވަރަކުން ޙިއްސާ ކުރަމުން ދާނެ ކަމަށް ފުލުުހުން ވިދާޅުވެއެވެ.
ޙިގާމީހުންވެސް ހެލްމެޓުއަލަން މިޖެހުނީ
ކޮބާ މިފަހަރުވެސް ޔާމީނު ތަ
ވެރިކަމުގެ ތިބި މީހުންނަށް އަބަދުވެސް ބެވޭތޯ ބަލާ.
މިދިޔަ ފަސްއަހަރު ވެރިކަން ކުރި ގޮތުން ވާހާކަންތައްތައް.
އަޅެ ވެރިކަމުން ފައިބާކައް ނުވޭތަ؟
ޙިގާމީހުންވެސް ހެލްމެޓުއަލަން މިޖެހުނީ ؟؟ހެލްމެޓްގެ އިތުރުން ވިއްސާރަކޯޓްވެސް ލާންވާނެ؟؟ ވަރަށް ގިނަފަހަރު އުސް އިމާރާތްތަކުން ފެންވެސަ ޖަހާވިއްޔާ..ލާދީނީސަރުކާރުގެ ލާދީނީކަން،،ލާދީނީކަންފޮރުވަންވެގެން ބަހަނާއެއްގެގޮތުން މިހާރު މިދައްކަނީ އޭސީސީގެ ރިޕޯރޓްގެ ވާހަކަ..ރައްޔިތުންގެ ފޯކަސް ބަދަލު ކޮއްލަންވެގެން؟؟.
އިބޫ މަގު ހިނގާ މީހުން ގެވެސް ހެލްމެޓް އަޅުވަން ފެނޭ. މިޤައުމުގަ އެއްވެސް މީހަކަށް ރައްކާތެރި ކަމެއްނެތް. މަގު ހިނގާ މީހަކަސް، މަހަށް ދިޔަސް ފަރަށް ދިޔަސް، ގޭގަ ހުއްޓަސް ރައްކާތެރި ކަމެއް ނެތް. ވެރިން ފިނި ކޮޓަރީގައި. ރައްޔިތުން ހަނާވަނީ.
ހެލްމެޓް އަޅައިގެންވެސް ނުފުދޭނެނު. މުޅިހަށިގަނޑުގައި ދަގަނޑު ދަހަނާ އަޅަން މިޖެހެނީ.