އަމިއްލަ އެދުން ބޮޑީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު ކަމަށް ވިދާޅުވެ ޖުމުހޫރީ ޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފިއެވެ.
ހެންވޭރު ދެކުނު ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމްގެ ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ ކަމަށާއި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީވެސް ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ. މެޖޯރިޓީވެސް އަދި ވެރިކަން އޮންނަންވާނީވެސް ކޯލިޝަންގެ ތެރޭގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކޮބާތޯ, ވަރަށް ސާފުކޮށް އެބަ އެނގޭ އަމިއްލަ އެދުން ބޮޑުވެގެން އުޅޭ ލީޑަރުންނަށް ވަނީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު އިނގޭތޯ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެއްޕާޓީ އަކަށް އެއްގޮތަކަށް ވެސް މެޖޯރިޓީ ދޭކަށް ނުޖެހޭ ކަމަށެވެ.
ގާސިމް މިރޭ ވަނީ ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމާއި ބެހޭ ގޮތުން ވެސް ވާހަަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށް ގެންދިއުމަކީ މިހާރު ސަގާފަތަކަށް ވެއްޖެކަމަށެވެ.
"މިހާރު ރާއްޖޭގައި ސަގާފަތަކަށް ވެފައިއޮތް ކަމެއް ރައީސް ކަން ކުރައްވާފައި ތިއްބެއްވި ބޭފުޅުން ޖަލަށް ގެންދިޔުން, ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އެފެނުނީ ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާންޖެހުނުތަން, އެމަނިކުފާނު ކުށެެއް ނުކުރެއެކޭ ނޫން މި ދަންނަވަނީ. ކުށެއް ވެސް ކޮށްފާނެ. އެހެން ނަމަވެސް އެއްވެސް ބަޔަކަށް އަނިޔާވެރިވުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން" ގާސިމް ވިދާޅުވިއެވެ.
އަމިއްލަ އެދުން ބޮޑީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ނަޝީދު ކަމަށް ގާސިމް މިރޭ ވިދާޅުވިއިރު މީގެ ކުރިން ވެސް ގާސިމް ވަނީ ތަކުރާރުކޮށް ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.
ގަާސިމަކީ ދައިތްޖާލު. ދަޅެއް އެކަނި މަދީ.. ނިތް ކުރީ ކާފިރު ލިޔެފަހުންނާނެ.. ބުރުމާ ޖައްޖާލު. ބަގާވާތުގެ ބައްޕައި.
ކަލޭ އަސަރު ކޮށްގެން ހިތް ފަޅަފަޅައިގެން ދިޔަސް ގާސިމް އެބުނީ 100 ގެ ތެދެއް. ދެެރަވޭތަ؟ ހެހެހެ
އައްދޭ ކެނެރީ 3 އަހަރުގެ ވަގު. އެއަރޕޯޓު ވިއްކާލައިގެން ރިޝްވަތު ބަނޑުއަޅައިގެން 500 މިލިޔަން ޑޮލަރ މަލްއޫނު ޔޫކޭގަ ޖަމާކޮށްފަ. ދިވެހި ގައުމު 3 އަހަރު ތެރޭ 25،000 މިލިޔަނުން ދަރުވާލި. ބައިތުލްމާލުން އެތައް މިލިޔަނެއް ކެނެރީ ބޮޑު ވަގު ވަށައިގެން އުޅޭ ވަގުންގެ މިނިސްޓްރީތަކުން ކޭ ކަމަށް ނިޔާޒު ގެ އޮޑިޓް ރިޕޯޓު އެ ގޮވަނީ. މި ފަހަރުވެސް މޯދީއާ ގުޅިގެން އެތައް މިކިޔަން ޑޮލަރެއް ބަނޑު އަޅައިގެން ރާއްޖެ ވިއްކާލަނީ އެ އޮއް. އަފްރާޝީމް ގެ ގާތިލް. ހުޅުޖެހި މުޖްރިމް.
ކަލޯ ހަގީގީ ދައްޖާލާ ބޮޑުވަގާ މުޖްރިމް މިހާރު އެގިއްޖެތަ؟
ޢަޖާއިބެއްދޯމީ. ޢެންމެ އެދުންވެރިވެގަނެގެން އުޅޭމީހާމިއަކީ. ގުދޯ ގުދޯ ގޮވާއިރު ތިމާގެ 7 ގުދު ނުފެނޭ.
ނަޝީދަކީ ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް. އެ ވަބާއިން ގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި. ދިގު މުއްދަތަކަށް ޖަލަށް ލެވޭ ދުވަސް އަދިވެސް ﷲގެ އިރާދަފުޅުން އަންނާނެ.
ގާސިމް އެބުނީވަރައް ބޮޑުތެދެއް ތިޔަނަޝީދަކީ މިދުނިޔެ ބަނޑުދަށު ލާންއުޅޭ ނުލަފާޖާހިލެއްއެންމެންގެ ބޯކައިގެން ދިވެހިން ގަމާރުހައްދައިގެން
މާމިގިލި މީހާޔައް ގާސިމް ދައްޖާލަކައް ބަގާވާތުގެ ބައްޕަޔައްވީ މާމިގިލި މީހާ ހިތްނެދޭ ވާހަކަތަކެއް ވިދާޅުވީމަތޯ. ގާސިމްގެ ބޭނޫން ސިޔާސީގޮތުންނާ ފައިސާގެގޮތުން މާމިގިލިމީ ހިތްއެދޭގޮތައް މިދިޔަ ސަރުކާރާ ދެކޮޅައް ލިބުނުއިރު ޖަތްޖާލަކައް ނޫނީ ބަގާވާތުގެ ބަފަޔަކައް އޭރުނުވިއިރު މިއަދު ވޭތޯ؟؟؟
ގާސިމްގެ ވާހަކަތަކަކީ ރަގަނޅު ވާހަކަތަކެކެވެ.ޔާމީންއަކީ މިގައުމުގެ ތަރައްގީގެ ބައްޕައެވެ.
މާމިގިލީ މީހާއަށް ބުނެލަން އޮތީ، ދައްޖާލަށް ވާނީ ރަސޫލާއަށް ފުރައްސާރަކޮށް، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހާ. އެކަލޭގެއަށް ތަބާވެގެން ކަލޭ ތިޔަ އުޅެނީ. ދައްޖާލަށް ސައިކުރާ ކައްކައިދޭން.
މިރާއްޖޭގެ އެންމެންނައްވެސް އެންގޭނެ ކާކުކަން އަމއްލައެދުންބޮޑީ
ނާހަމަ ތެދެއްތަ މޮޔަފުޅުވީބާ އަނެއްކާ
ރައްޔިތުން މީގެ 10 އަހަރު ކުރިންވަނީ ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމާފައެވެ. މޮޔަފުޅުވެގެން އުޅުއްވާ ބޭފުޅާ ބޮޑުވަޒީރުކަން ކުރެއްވުމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅު ބިލާހަކަށް ވެގެންދާނީ މަޖިލީސް އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްވާ ވޯޓުންނެވެ. މަޖިލީހުގެ މެޖޯރިޓީ އެމް.ޑީ.ޕީ އަށް ދިނުމަކީ އިންޑިޔާގެ އަޅުވެތިކަމަށް މިޤައުމު ސޮއްސާލުމަށް ދެވޭ ވޯޓެއްކަން ހޭލުންތެރި ރައްޔިތުންނަކަށް ނޯޅޭނެއެވެ. ނަޝީދުގެ ކެހިވެރި ރޭވުންތަކުން ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ޕީ.ޕީ.އެމް، ޕީ.އެން.ސީ، ޑީ.އާރު.ޕީ، އެމް.ޑީ.އޭ އަދި ޖޭ.ޕީގެ ކެނޑިޑޭޓުންނަށް ވޯޓް ދެމާތޯއެވެ.
އިއްޒަތްތެރި މަނިކުފާނު ތިޔަ ވިދާޅުވީ ހަމަ ހެޔޮކޮށް. އަންނިގެ ބަލާވެރިކަން މި ދިވެހި ޤައުމަށް ޖެހިފަ އޮތް ވަބާއެއް.
މީއޯގާތެރިސަރުކާރު ހިއްނަވަރުންއަރާއެހުރީ ބޮޑުވަގެއް އަޅައަޅާ ހިއްނަވަރުވަގުން ނިކަންނުލަފާވާނެނާ
ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީ
ނަޝީދުގެފައިބުޑަށް ވެއްޓިރޮއިހޭރިގެން މީހާ ސަލާމަތްވީ
ބަރުލަމާނީ ނިޒާމް ރާއްޖެ އަށް ގެންނަން އުޅޭ މީހަކީ އެއީ ރައްޔިތުންނާއި ދެކޮޅަށް ކެނެރީގެ ނަޝީދު އޭ އޭނާ ވަނީ ޑިކްޓޭޓަރޝިޕްގެ އުސޫލު ތައް ބޭނުން ކޮށްގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުރިހާ ސިޔާސީ ޕާރޓީ ތަކުގެ މަޖްލީސް އިންތިޚާބުގައި ކެމްޕެއިން ކޮށް ދޭން ދާ ގޮތަށް ހުއްޓާ އެކަން ވެސް ބަންދުކޮށްފައޭ މީ ނުރައްކާތެރި މީހެކޭ އޭނާ އެހެރީ ކްރޭޒީ ވެފައޭ ރާއްޖޭގެ ވެރިކަން ނުލިބިގެން ކޮން ބަރުލަމާނީ އެއްތޭ ބަރުލަމާނީ އޮޅާލާ ވާޓް ގެޓް އައުޓް ނައު އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ސިކްސް ތައުޒަންސް ޓައިމްސް...
ހަމަ ދެކޮޅަށް ކިރެމުން އެތް ބަޔެއްގެ ނެތިމޮށެމުން އަނެއްބަޔަކު އުނގުގަފަތާ! ސާބަސް ހަމަ! ޤައުމު ދެން ކުރިއަރާނީ ޤސިމް ނެތް ދުވަހަކުން ހެން ހީވަނީ!
ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި ހަލާކަކީ އެއީ ކެނެރީގެ ނަޝީދުއޭ އޭނާގެ ސަބަބުން އެމްޑީޕީގެ ވެރިކަމުގެ ކްރެޑިޓް ރޭޓިންގް ދަނީ ދަށަށޭ މިރާއްޖެ އަށް ނުޖެހެއޭ ބަރުލަމާނީ ނިޒާމެއް ގެންނަން ބަދަލުގައި ރިޔާސީ ނިޒާމެއް ރާއްޖޭގައި ބާއްވައިގެން ރައީސް އޮފީހުން ފުރިހަމަ އަށް ޒިންމާ ނަގައިފިނަމަ ރާއްޖޭގައި ހުރި ކޮރަޕްޓް ކަން ކަން ފިލައިގެން ދާނެއޭ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރު މީހުންނަށް ވާރކް ވިސާދެނީ އިމިގްރޭޝަން އިންނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ދަ ގަމާރާ ދަ ބީތާއާ ދަ ބޮޑު ކަރުވަޅޭ ތަމެންނަށް މިތަން ނުފެންނަނީ ތޭ ތަމެންނަށް ކިހާ ވަރެއްގެ ކަޓެއް ލިބޭތޭ ރިސޯރޓްސް ތަކަށް ގަވާއިދާއި ޚިލާފަށް ލަންކާ އަދި އިންޑިއާ މީހުންނަށް ވާރކް ވިސާ ދިނުމުން ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ނަގިލި ބަދާ ދަ ބަދާ...
ކޮން ބަރުލަމާނީ ނިޒާމެއް ތޭ އެއްވެސް ބަރުލަމާނީ ނިޒާމެއް ނޯންނާނެއޭ ބަރުލަމާނީ ނިޒާމް އޮޅާލާ ޖަހާ ބަލަ ރަންރީނދޫ ޓްވިޓަރޭ މެން ބެކަށް ޖަހާ ޖަހާ ޖަހާ އޮޅާލާ އޮޅާލާ އޮޅާލާ...
ނަޝީދަކީ ތިޔަބުނާ ކަހަލަ މީހެއްނަމަ އޭނާގެ ފައިބުޑަކަށް ގާސިމެއް މައުމޫނެއް ނުދިޔައީހެއްނު؟ ގައިމު އަންނިއެއް ނުގޮވާ މާތްކަލާކޮއްޓަކާއޭ ގާސިމޫއޭ މައުމޫނޫއޭ އަންނާށޭ ތިމަންކައިރިއަށް.