އިސްލާމްދީނާއި ގުޅޭ ގޮތުން ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ކަންބޮޑު ނުވާކަމަށް، ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޢަބްްދުއްރަޙީމް މިހެން ވިދާޅުވީ، އެ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކޮބާތޯ އިސްލާމިކް މިނިސްޓަރު. އަޅުގަނޑަކަށް އަދި މިވަރުގެ ކަމަކާއި ލައްވައެއްނުލާ. މި ޤައުމުގެ އިސްމާމިކް މިނިސްޓަރަކަށް ކަންބޮޑެއް ނުވޭ އިސްލާމްދީނަށް ކޮންމެ އެއްޗެއް ކިޔަސް. އަޅުގަނޑަކަށް ނޭނގެ އިސްލާމިކް މިނިސްޓްރީ ބެހެއްޓުމުގެ ބޭނުމެއް. އާދައިގެ ވާހަކައެއް ނޫނޭ މި ދައްކަނީ. ﷲ ތަޢާލާ އެންމެ ބޮޑަށް ނަޙީކުރެއްވި ކަންތައްތަކުގެ ތެރެއިން އެއް ކަންތައް އެއީ އެއްޖިންގުން ގުޅުން ހިންގުން. މިފަދަ ކަންތައް ކުރާ މީހުންނަށް، ޖެހިލުމެއް ނެތި އެމީހުން ބޭނުންވާ ކަންތައް ކުރުމުގެ ފުރުޞަތު ލިބެންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ މެމްބަރަކު ވާހަކަ ދައްކާއިރު އިސްލާމިކް މިނިސްޓަރު ނިދާފަ." ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިމިވަނީ، އެއް ޖިއްސުން ގުޅުން ހިންގާ މީހުން އެއް މޭޒެއް ދަށަށް ގެންނަންޖެހޭ ކަމަށް، ކުރީގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާޢިލް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ޝާހިންދާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެމްބަރެއްވެސް މެއެވެ.
ޝަހިންދާ މިހެން ގޮވާލާފައި ވަނީ ފޯރަމް އޭޝިއާއިން އޭނާއާ ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެމުންނެވެ. އަންހެނުންގެ ދުވަހާ ގުޅުވައިގެން، އަންހެނުންގެ ހައްގުތަކާއި، އަންހެނުންނަށް ދޭން ޖެހޭ ބާރުތައް، އަދި އެލްޖީބީޓީއައިކިއު (އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް ގޮވާލާ މީހުން) އާ ގުޅޭގޮތުން ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ ޝަހިންދާ ކައިރިން އެ ފޯރަމުން އަހާފައިވެއެވެ.
ޔާ ﷲ. އިބަސުވާނމީންގެ ދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހާ މީހުންގެ މައްޗައް ވަރުގަދަ ކޯފާއެއް ފޮނުއްވައިފާންދޭވެ! މި ލާދީނީ ވެރިކަމުން މި ލޮބުވެތި ވަޡަން ސަލާމަތްކޮށް، އިސްލާމީ ޝަރީއަތް ގާއިމްކުރެވޭނެފަދަ ދީންވެރި ވެރިއެއް އަޅަމެންގެ މައްޗަށް ފޮނުއްވައިފާންދޭވެ! މި ސަރުކާރުގައި ތިބި ލާދީނީ ބައިގަނޑު ބޮޑުތަނުން ބަލިކޮށް، އެބައިމީހުންގެ ނުބައި ރޭވުންތެރި މަގުސަދުތައް ނެތިކޮއްލައްވައިފާންދޭވެ! ޔާ ﷲ. އަޅަމެން ދިވެހިންނަށް ތެދުމަގު ދައްކަވައިފާނދޭވެ! އެންމެހާ ނުބައި މުންކަރާތްތަކުން އަޅަމެންގެ ވަތަން ސަލާމަތްކުރައްވައިފާންދޭވެ!
ކޮބާހީވޭ. ކަންބޮޑުވާމީހާ އެއޮތް ބަދުދުއާ ކޮށްލީނު. ދެން އެނިމުނީނު.
ބަދް ދުޢާ ކުރާނަން ކަލޭހުރޭ މުނާފިގުންނަށް ލޯބި ޖެހިގެން އަހުރެމެން ނުތިބޭނަން
އިސްލާމީ ގައުމެއްގައި މިފަދަ ޖާހިލް ސަރުކާރެއް
ގާއިމް ވެފައި އޮތުމަކީ ރައްޔިތުން އިންތިހާއަށް
ކަންބޮޑުވާ ކަމެކެވެ އިސްލާމްދީނު އުސޫލް ހިފަހައްޓައި ދެމެހެއްޓުމުގެ ގާބިލްކަން މިސަރުކާރު
ގައި ނެތްކަން މިދަނީ ސާބިތުވަމުންނެވެ
ސަހިންދާ އެއް ޖިންސުން ގުޅުން ހިނގާ މީހުންގެ ވާހަކަ ދެއް ކުމްުން ވެސް އެކަމާ އެއްޗެއް ނުބުނެ ހުރުމުން ބެލެވެނީ
އިސްލާމިކު މިނިސްޓަރު ވެސް އެއީ އޭގެމީހެއް
ކުރިސްޓިއަން ދީނަށް އެއްޗެއްހި ގޮވީމަ ޕޯޕު ކަންބޮޑުވޭތަ؟ ބުދިސްތު ދީނަށް އެއްޗެހި ގޮވީމަ ހާމުދުރުން ކަންބޮޑުވޭތަ؟
އާނއެކޭ އާނއެކޭ. އެއްޗެތި ގޮވާ މީހާ އޮންނާނީ އަނެއް ފަތިސް ވާއިރު މަރާލާފަ. ދެން ކޮން ކަންބޮޑެއް އެމީހުން ވާނީ؟؟؟؟
އިންސާނުން ނަރަކަށް ވަންނާތީ އިބިލީސް ކަންބޮޑުވޭތަ؟
ޢިބިލީސްވަނީ އުފާ އޭނާގެ މަސައްކަތަކީ ވީހާ ގިނަ ބަޔަކު ނަރަކަ އަށް ވެއްދުމަށް މަސައް ކަތް ކުރުން
އެއީ ވިކިފަ ހުރި އެއްޗެއް ވިއްޔަ
އިސްލާމިކު މިނިސްޓްރީ އެއް ނެތީބާ ހަމަ ޗުޕްވެސް ނުބުނެ...
އިސްލާމް ދީނަކީ އެންމެ މާތްދީން އެހެންވީމަ ބުޑިސްޓންގެ ވާހަކަ ދެއްކިޔަސް އެމީހުނައް ކޮންކަމެއް
ނާގާބިލު ވެރިން އައުމުގެ ނަތީޖާ
މިސަރުކާރަކީ ދީނީ ސަރުކާރަކަށް ނުވާއިރު ސަރުކާރުގެ ރައީސް އަކީ ކާކުކަމެއް އެގޭ ވަރެއްނުވޭ 2 ރައީސުން އުޅޭހެން ހީވާ ފަހަރުވެސް އާދޭ ތައްގަނޑުޖެހި ލާދީނީ ރައީސަކާ ތައްގަނޑު ނުޖަހާ ރައީސަކު މިސަރުކާރުގަ އެބައުޅޭޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ވީމާ ލާދީނީ ރައީސް ލާދީނީ ކޮށް ބުނާ ވާހަކަޔަށް ދެކޮޅުހެދިޔަސް ވާނީގޯސް އަނެއްރައީސް ދީނީކޮށް ވާހަކެއް ވިދާލުވީމަ ތައުރީފު ކުރިޔަސް އެވަނީ ގޯސް . ވީމާ މޮޅީ އަގައިގަ ފޮތިޓޭޕް ފަށެއް އަޅައިގެން ހުރުން ކަމުގަ ވެދާނެ. ވީމާ އިސްލާމިކްމިނިސްޓަރު ވިދާޅެއްނުވާނެ.
އަދުރޭ ބުނިކަމުގައިވިޔަސް މިކަމަކަށް މަށެއް ދެބަހެއް ނުވާނަން.
މި ކަލޭގެ އަށް ބަލައިލީމަވެސް އިނގޭ މީ ޕަޕެޓެއް ކަން. ދެން މީނާގެ ހިތުގެ ރޭގައި ވާ އެއްޗެއް ދެނެވޮޑިގެން ވާނީ ﷲ
ދީނަށް ފުރައްސާރަ ކުރީމާ އެމީހުން އިގޭނީ އަދި އެބައި މީހުނަށް ނަސޭހަތް ދެވޭނީ.
ޕަޕެޓް ރައީސެއްގެ ޕަޕެޓް ވަޒީރުންނަށް ނުކެރޭނެ ޗުއްޕު ވެސް ބުނެލަން
އިސްލާމިކް މިނިސްޓަރަށް މުހިއްމު ވަނީ ﷲ ގެ ޙަޟްރަތުގައި ވާ ދީނަށްވުރެ އަންނި އާ އޭނާގެ ބައިގަނޑު ދީން ހިމާޔަތް ކުރުން ކަމުގައިވާތީ އެއްޗެކޭ ނިބުނެވޭނެ ނު. މުސާރަ ނުލިބޭނެ ނު ﷲ ގެ ދީން ހިމާޔަތް ކޮށްގެން މިހާރު. ބަރާބަރު މިނިސްޓަރު!! އައި ޓީ ބީ ފެއަރގައި އިސްލާމް ދީން ނުން ދީން ތަކުގެ ފޮތް ބެހީ!! ޣައުމުގައި އެލް ޖީ ޕީ ޓީ އަށްގޮވާލަނީ!! މިވަރުގެ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަން މަސައްކަތް ކުރި ދުވަސްވަރެއް އަދި ރައީސެއް ނުދެކެން!! ޢެމް ޑީ ޕީ މީހުންނައި މައުމޫނާއި، އިޔާޟް އާއި އިލްޔާސް އުފަލުން ފޮޅެނީ ޔާމީން ސަރުކާރަށްވުރެ މިސަރުކާރު އިސްލާމް ދީން ހިމާޔަތް ކުރާވަރުން!! ކެ ކެ ކެ ކެ......
ދެއުޅިއެއް ނުވާ މީހުންނަށް މިނިސްޓަރުކަން ދިނީމަ ހަތަރެސްފައިން އޭގައި ބަގުޑިބައްދައިގެން އޮންނާނީ. ވަރިހަމަ ގައުމު އަޑިއަށްދިޔަސް.
އާންދޯ އެންމެން އެއްބައިވެގެން. ކޮންފަދަ މުސީބާތެއް
ސަހިންދާ ބޭރުކުރުމަށް ދިވެހި ރައްޔެތެއްގެ ހައިސިއްޔަތުން ގޮވާލަން
ހުރިހާ ދީނަކަށް ފުރައްސާރަ ކުރިއަސް އެދީނެއް ގާއިމްވެފަ އޮތް ގައުމަކުން އެތަނެއްގެ މަސްއޫލު ވެރިން އެއާއި ދެކޮޅަށް ތެދުވޭ ބަލަ ނޭގޭތަ ލަންކާގައި ހިނގާ ހަމަ ނުޖެހުން ނުފެނޭތަ އިންޑިޔާގައި ގެރިމަސް ކޭ ކިތަށް މުސްލިމުން މަރައިފިތަ. ބުޑިސްޓުން މުސްލިމުންގެ ކިތައް ފިހާރަ ހައްގަކާ ނުލާ އަންދާލަނީ ... އިންޑީޔާގައި މިދިޔަ ބޮޑު އީދުގައި ކަތިލަން ހޯދައިފާވާ ބަކަރިތައް ގޭގެއިން ގަދަކަމުން ނެރެގެން ފުލުހުން ގެންދާ މަންޒަރު އޭތާގެ ޓީވި ތަކުުން ދެއްކި ބަލަ ހާދަ ނޭގޭ ސޮރެކޭ މިތާގައި ކޮމެޓް ކުރި ނޭގެންޏާ ދަސްކުރޭ ކިރާވެސް ދީނަށް ލޯބި ހުރި މީހުން ތިޔަ ފާޑަށް ވާހަކަ ނުދައްކާނެ މިޔަދުވެސް ބޮޑު ބައްޔެއް ވިއަސް ﷲގެ ހެޔޮ ރަހުމަތުން ތިޔަ ސޮރުވެސް ފަސޭހަވާނީ،،،،، ވިސްނާ ފިކުރު ކުރާ ބަޔަކަށް އެނގޭނީ
މާތްﷲ ގެ ހަޒުރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީން...
ޢިސްލާމިކު މިނިސްޓަރ އެއް ހުރުމުގެ ބޭނުމަކީ ކޮބައިތޯ..ވަކި ބަޔަކު މިކުރާ ލާއިންސާނީ ދީނާ ހިލާފު ކަންތަށް ތަށް ނުހުއްޓު ވޭނަމަ މިގައުމުގަ ދެބައިކުޅަ އެއްބައި މީހުން ދީނާ ހިލާފު ކަންތަށް ފާޅުގަ ކޮއް އެފަދަ ކަންތަށް އާމްމު ކުރާނެ...އެއީ އެޖެންޑާ 19އަކީ އެކަމަށް އެއްބަސް ވި މީހަކު އިސްލާމިކު މިނިސްޓަރ ަކަށް އެހުރީ.. ލައްކަވާހަކަމީ#
ކެނެރީގޭ ސޮރު ހީނުކުރާތި ލައްކަ އެކޭ ކައެ ހީނުކުރާނެ ކިތަންމެ ކަމެއް ވާނެ..ނޫނީ ސައިޒުވޭ..އެއްޗެކޭ މިބުނީ