މާލޭގައި ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެއެވެ.
މަންޒަރު ދުތް މީހާކު މައުލޫމާތު ދީފައިވާ ގޮތުގައި މިރޭ 7:00 ހާއިރު އެ ހާދިސާ ހިނގާފައި ވަނީ ބުލޫކިޔު މަގުގައެވެ. ފުލުހުންނާއި ސިފައިންވެސް އެ ސަރަހައްދަށް އެޓެންޑް ވެފައިވާ އިރު، ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ދިޔަ އިރު، އާންމުންގެ ބަޔަކު ފެން ޖަހައިގެން ސައިކަލުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގި އިރު، ސައިކަލުގައި ދެމީހުން ތިއްބެވެ. އެއްވެސް އަނިޔާއެއް ދެ މީހުންނަށް ލިބިފައި ނުވި ނަމަވެސް، ސައިކަލަށް ވަނީ ބޮޑެތި ގެއްލުންވެފައެވެ.
ހޭނާރާގެން އުޅޭ މީހެއް ތިދުއްވަން އިނީ މުޅި މާލެއަށްވެސް ވޯޓެޑް ގޮލައެއް..ހަމައެއްގަ އިނދެގެން ދުވަހަކުވެސް ނުދުއްވާނެ...