އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނަައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ހަފުލާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ ނުރަނގަޅު އެއްޗެއް އެއީ ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށެވެ.
"ހުޅުތަކުގައާއި ހަށިގަނޑުގައި އަދިވެސް އެ ވޭން އެބަހުރި ، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ރައީސް ޔާމީންގެ ވެރިކަން ރައްޔިތުން ބަދަލުކުރަން ވޯޓު ދިނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު ގިނަ ކަންތައްތަކެއް ބޭނުންވާތީ" ނައިބު ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި މަޖިލިހުން ކަންކުރި ގޮތާ މެދު ރައްޔިތުން ވިސްނާލަން އެބަޖެހޭ ކަމަށް ވިދާޅުވީ ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށާއި، އެކަންކަމަށް ވާސިލުވާން އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
"މިކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ވަގުތު އައިސް ޖެހިއްޖެ " ނައިބު ރައީސް ވިދާޅުވިއެވެ.
ވިސާމްގެ ކެމްޕެއިން ހަރަކާތްތަކުގައި ޖޭޕީ އަށް ނިސްބަތްވާ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގަންނަވާ އިރު ގަމު ދާއިރާ އަށް ޖޭޕީގެ ތާއީދާ އެކު ކެންޑިޑޭޓަކު ވާދަކުރެއެވެ.
ދަތުރުނިމޭނީ އެމްޑީޕީއަށް ސޮއިވެސްކޮށްލެވުނީމަ އަދި ތިޔަަހުރީ ދެކޮޅަށް ވެސްދެމޭގޮތަށް ބޯވައެއްގޮތަށް ކުލަބަދަލުކޮށްލަކޮށްލާ ވެނުގެކިބައިިން ސަލާމަތްވާންދަސްކުރާތި
ކަލޭތީ އިލްމީ ގޮތުންނާ ގާބިލިއްޔަތުގެ ގޮތުންވެސް ތިކަހަލަ މަގާމަކަށް ކުފޫ ހަމަނޫން މީހެއްވީމަ މަގާމު ދިފާއުކުރަން ގޮވާ ކޮސް ތިޔައީ
ވެރީ ހޮޓް
ލަދު ކުދަކަން ތީކަލޭގެ އެއްވެސް މޮޅުކަމަކުން ލިބިފަ ހުރި މާގާމެއް ނޫން ގާސިމު ހެޔޮފުލުކަމުން ލިބުނު އެއްޗެއް
އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އޮތީ އޮރިއަށް ކަލޭމެނަށް ވޯޓުދީގެން... ސައިކަލު ދުއްވަނީވެސް ގަވައިދާ ހިލާފައް.. ފުރަތަމަ ކަލޭ އިސްލާހުވޭ
އިސްލާހަކީ ގަވާއިދާޚިލާފަށް ހުންނަ ސައިކަލް މަގުމަތީގައިދުއްވުންތޯ؟
ގަމާރުވިޔަސް މީ ބޮޑުވަރު
އިސްލާހުގެމަގައް ރައްޔިތުން ފެއްޱި ދަތުރު ނިމޭނީ ކޮއްމެރަށެއްގަ ފައްޅިއެއް އެޅުމުންދޯ؟؟
ތިހިރީ ތިމާގެ ސައިޒުވެސް ތިމާއައް އޮޅިފަ މީހަކު މީހަކައް ހަރާމްކޯރު ވެވޭނީ ތިވަރައްދޯ؟؟
އަމިއްލަ އެދުން ބޮޑު ވިއަސް ތަންކޮޅެއް ބޮޑު ވަރު ޕާޓީން ގޯސް ނަހަދަނީސް އަމިއްލަ އެދުމާއިގެން ދުވާނީ ލޯގަނޑު ނެތް ސައިކަލްގަ
މީހުންގެ ލަދުކުޑަވާނީ މިހާކައް ވަރައް
ބޯއާއްކުން މެންބަރަކައް މެން ބަރަކުން ނައިބަކައް
މިހާހާރު އެހެރީ ނާށިގަޑުމަތިން ހަނދާން ނެތި މީހާޔައް އޮޅިފަ
އިސްލާހެއް ނޫން ވަނީ ދުވަހުން ދުވަހަށް ގައުމުގެ މިނިވަންކަން ގެއްލުމާއި ކައިރި ވަނީ.
އެމްޑީޕީ އިން އަންހެނުންނާއި ދޭތެރޭ އިހުމާލު ވާ މިންވަރުގެ ކުޑަ މިސާލެއް މި މުޖުތަމައު އިން ހިތާމައާއި އެކު ބަލަން ހުރުން ނޫންގޮތެއްނެތް. އަނބި މީހާ އަކީ ވަޒީރަކަސް ރައީސަކަސް ފިރިމީހާ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް. އަނބިން ފިރިންނަށް ކިޔަމަން ވުމަކީ ޖިހާދު ކުރުން ފަދަ ކަމެއް އަޅުކަމެއް. އެމްޑީޕީގެ ލާދީނީ ސިޔާސަތު ވިއްކަން އަނބި ފިރިންގެ ތެރެއަށްވަދެ މަޖުބޫރު ކުރުމަކީ ހެޔޮ އަމަލެއް ނޫން.
މި ދަތުރު ނިމޭނީ މިރާއްޖޭގެ ހުރިހާ ރަށެއްގާ ފައްޅި އެޅުމުގެ ހުއްދަދީ، ފައިދާ ބޮޑު ވިޔަފާރި ރާ ވިއްކުން ހުއްދަ ކޮށް ކޮންމެ ރަށެއްގައި ދެޖިންސް މަސްހުނިކޮށް ރާބޮއިގެން ނަށާނެ ނައިޓް ކުލަބްތައް ހެދި މިސްކިތްތަކުގެ ލޯޑްތަކުން ބަންގީގެ އަޑު ކަނޑާލާ، އެމް.އެން.ޑީ.އެފް އާއި ޕޮލިސް އުވާލާ މިތާނގަ ކުލީ ސިފައިން ގެންނަ ހިސާބުން އެމީހުން މި ރާއްޖޭގެ ރަޢީސް ހިފާ ހައްޔަރުކުށް މިރާއްޖެ އަޅުވެތި ކުރީމަ.....
ދަތުރުނިމޭއިރު ގައުމު އޮންނާނީ އަޅުވެތިވެފަ