ބޮޑުބެރުގެ ފޯރިގަދަ ޝޯއަކާއި އެކު، ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނަށް، އިރުތިޝާމްގެ ފަރާތުން ޖާފަތެއް ރޭ ދެއްވައިފިއެވެ.

މި ޖާފަތް އޮތީ އިތުރިޝާމްގެ ކެމްޕެއިން އޮފީހުގައެވެ.

މި ހަރަކާތުގައި އިތުރިޝާމްގެ އިތުރުން، ހެންވޭރު ދެކުނު ދާއިރާގެ ގިނަ އަދެއްގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތަކީ ކެމްޕެއިންގެ ފޯރި ގަދަކޮށް، ދާއިރާގެ ރައްޔިތުންނާއި އެއްތަނަކުން ބައްދަލުވެލާ ގުޅުންބަދަހިކޮށް، އެކުވެރި މާޙައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް، އިރުތިޝާމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއްވައެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، އިތުރިޝާމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ މައްސަލަތަކުގައި ދާއިރާގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށާއި، ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު ސީދާގޮތެއްގައި މަޖިލީހުގައި އިއްވާނެ ކަމަށެވެ.

"އަންހެން ބޭފުޅުން، ކަނބަލުންގެ ހިތްވަރުގައި އަޅުގަނޑު މަސައްކަތް ކުރާނަން. އިސްރަށްވެހިންގެ ހިތްވަރުގައި އަޅުގަނޑު މަސައްކަތް ކުރާނަން. ޚާއްޞަގޮތެއްގައި ފިސާރި ބާރަށް، ނޫކަށި ފުރާ ޒުވާނުންގެ ހިތްވަރުގައި އަޅުގަނޑު މަސައްކަތް ކުރާނަން. އެކި އުމުރުފުރައިގެ ރައްޔިތުންގެ ހިތްވަރުގައި އަޅުގަނޑު މަސައްކަތް ކުރާނަން." އިރުތިޝާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިރުތިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.