މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލުމުން އޭގެތެރެއިން ހަ ސައިކަލެއް ބޭނުން ނުކުރެވޭ އަނދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލި ކަމަށެވެ.

"ރޭ 03:46 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމަކުން ވަނީ ހަރަކާތްތެރިވާން ފަށާފައި. ފަޔަރމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 03:55 ހާއިރު." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި 6 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު 2 ސައިކަލަކަށް އިތުރު ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި އަލިފާން ރޯވެ ގެއްލުންތައް ވެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔޔޔ

    ރޭގެ ބައްދަލުވުމަށް ދިޔަ މީހުން މަދުވީމަ، ބޮޑު އިބިލީސް އައި ރުޅިގަނޑު ކޮންޓްރޯލް ނުވެގެން އަންދާނެ ކުދިކޮޅެއް ނެރުނީކަމަށް ވަރަށް ލަފާކުރެވޭ.

    81
    7
    • އަން

      ނޭގޭ ކަންތަކުގެ ވާހަކަ ނުދެއްކުމަށް ދީން ބާރުއަޅއެވެ. ހީ ތަކުގެ މައްޗަށް ބަސް ނުބުނާށެވެ.

      20
      9
      • Anonymous

        ފޯކާސްޓް ކުރުމާޢި، ހިނގާފައިވާ ކަންކަމުން ލިބޭ ހެކިތަކަށް ބަލައިގެން ނެރޭ ނަތީތަށް ހުރޭނޫންތޯ؟ މިސާލަކަށް މޫސުމީ ބަދަލުތައް. އާމްދަނީ ލިބޭނެ މިންވަރު. ދަރިމައިވުން. އެގޮތުގެމަތިން ކުރި ދިރާސާއެއް އެއީ. ވެރިކަން ވެއްޓުމުން ނުކުމެ މުޅި ގައުމުގައި ހުޅުޖެހީ އައިރުޅިގަނޑު ކޮންޓްރޯލް ނުވެގެން ނޫންތޯ؟ ރެއަކީވެސް އެފަދަ ރުޅިއެއް އެނުބައި އިންސާނާ. އާދެ އާދަމުގެ ދަރިއެއްގެ ސިފައިގައި މިގައުމަށް ފާކުރައްވާފއިހުރި އިބިލީހެއް، އައިސްގެން އުޅުނު މަންޒަރުވީމަ، އޭގެމައްޗަށް ބުރަވެ އަޅުގަނޑު ދަންވާލި ވާހަކައެއް އެއީ.

        37
        1
  2. ޝާކިރު

    އެޖެންޑާ 19 އަށް މީހުން ހެއްލުވުމަށް ބޭއްވި މީޓިންގއަށް ދިޔަ މީހުން މަދުވީމަ، އިޒްރޭލުގެ ޕަޕެޓް ނަޝީދުގެ ރުޅިގަނޑު ފަޅައިގެންގޮސް އަލިފާން ރޯވީތަ؟

    56
    1
  3. ގޮރުނު ދޯރު

    ހެލްމެޓް އަޅައިގެން...

    12
  4. ރާއިފާ

    ދިވެހި ޤަވްމު ނާމާންވެއްޖެ! ޤަވްމުގައި ބިރުވެރިކަން އުފެދިއްޖެ! ޤަވްމު އަޅުވެތިވެއްޖެ! ޤަވްމު މިދަނީ އިނދަޖެހެމުން! ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތައްއަޅާފަހުރި ތަންތަނުގެ ތިޖޫރީތައް ފެޅުން ޢާއްމުވެއްޖެ! ވައްކަމާ ފޭރުން ބިރުގަންނަދަރަޖައަށް އިތުރުވެއްޖެ! ޑްރަގާއި މަސްތުވައެއްޗެތިން ޤަވްމުގައި ހުވަދުލައިފި! މިހުރީކީ އާދައިގެ ކަންތަކެއް ނޫނެވެ. މިއީ ވިސްނައި ފިކުރުކުރަން ހުރި ކަންތައްތަކެވެ. ބޮޑުވަރުވެ އަތްނުފޯރާފަށަށް ދިޔުމުގެކުރިން ޤަވްމު ސަލާމަތްކުރަން ރައްޔިތުން ނުކުންނަން ނުވޭހެއްޔެވެ؟

    68
    • ގގގގ

      ރައްޔިތުންގެ ފައިސާ ތިޖޫރީ ތަކުގައި ހުއްޓާ ވަގަށް ނަގައިގެން އެދަނީ. އެތާނގައި ކެމެރާތައް ހުރޭ. ސެކިއުރިޓީ އިންތިހާ. ޕޮލިހުންނަށް ރައްޔިތުންގެ މިފައިސާ ހޯދައިނުދެވޭ. 2 ދުވަސްތެރޭ މައްސަލަ އޮއްބާލާ. އެމް.ޓީ.ސީސީގެ ފައިސާ ތަކެއް ގެއްލިއްޖެ. މިފްކޯގެ އެތަށް މިލިޔަނެއް، ތިޖޫރީގަ ހުއްޓަ ވީނުވީއެއްނޭގި ގެއްލިޖެ. މިފްކޯގެ 2 މިލިއަން ރުފިޔާ ފޭރިގެންފި. ފޭރުނު މީހާ ނުހޯދޭ. ފައިސާ ނުހޯދޭ. ދެން މީގެން މި ދަލާލަތުކޮށްދެނީ ކޮންކަމެއްތޯ؟ ޕޮލިހުން ރައްޔިތުންގެ މުދާ ހިމާޔަތްނުކޮށްދޭކަމާއި، ސަރުކާޜުން ރައްޔިތުންގެ މުދާ ފޭރެން ފުރުސަތުދޭކަމާއި، މިކަން މިކުރަނީ ހިމާޔަތް ލިބިފައި ތިބި ބައެއްކަން ނޫންތޯ؟

      71