އަޅުގަނޑު މިއުޅެނީ ހަތެއް ފެބްރިއަރީގެ ތާރީޚީ ނުރައްކާތެރި ހަނދާންތައް އާކޮށް އާލާކޮށްދޭކަން ނޫނެވެ. އަދި އަޅުގަނޑު މިއުޅެނީއަކީ ހަތެއް ފެބްރުއަރީގެ ހާދިސާއަކީ ގައުމަކަށް ދިމާވާން ނުވަތަ ތަޖުރިބާ ކުރުމަށް ކަމުދާ ނޫންނަމަ ހިނގައިގެން ވާނެ ހާދިސާއެކޭ ދަންނަވާކަން ނުމެ ނޫންމެއެވެ. ނަމަވެސް އެ ހާދިސާގެ ހަނދާންތައް ނިއުޅެމުން ތަސައްވަރު ކުރެވެމުން ދާ މިފަދަ ދަނޑިވަޅެއްގައި ހަތެއް ފެބްރުއަރީގެ ހާދިސާއާއި މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުން މިފެންނަ މަންޒަރުތަކާއި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސިޔާސީ ގޮތުން ނަގާންފެށި ބިޔަ ބޮޑެތި ރާޅުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަރާންފެށި ވަރުގަދަ ތޫފާނުގެ ކޮޅިގަނޑަކީ ހަގީގަތުގައި ވެސް "ސިޔާސީ ސުނާމީ" އެއް އަންނަ ވަރުގެ ތޫފާނެކެވެ. ނުވަތަ އައިސްގެން މިއުޅެނީ އެވަރުގެ "ސިޔާސީ ބިންހެލުމެއް" ތޯ ކޮންމެ ފަރުދަކު މިއަދު ސުވާލުކޮށްލަން ޖެހެއެވެ.
އެކެއް ފެބްރުއަރީގައި ނަގަން ފެށި ސިޔާސީ ކޮޅިގަނޑުގެ ބާރުމިނާއި އެ ކޮޅިގަނޑު ނަގަން ދިމާވި ސަބަބާއިމެދު ވިސްނާލާއިރު މި ކޮޅިގަނޑަކީ ހަގީގަތުގައިވެސް އަލުން ހަތެއް ފެބްރުއަރީއެއް އިޢާދަ ވެދާނެ ފަދަ ބާރުގަދަ ކޮޅިގަނޑެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އެރޭ ދިވެހިރާއްޖޭގެ އެންމެ "ޝަރަފުވެރި" އެންމެ "ގަދަރުވެރި" އެންމެ "މަތީ" ކޯޓުން ކުއްލިއަކަށް ވައިގެ ތެރެއަށް ނުވަތަ ސިޔާސީ ޖައްވުގެ ތެރެއަށް ދޫކޮށްލި ވަރުގަދަ ހަތިޔާރަކީ އެއާއިމެދު ފުންކޮށް ވިސްނާއިރު އެހާ ފަސޭހައިން އޭގެ ބާރު ކެނޑިދާފަދަ ހަތިޔާރެއް ނޫނެވެ. މިދެންނެވި ހަތިޔާރު ދޫކޮށްލާފައިވަނީ އޭގެ ބާރު އެހެން އެއްވެސް ހަތިޔާރަކަށް ނުވަތަ ބާރަކަށްވެސް މައިތިރި ނުކުރެވޭހާވެސް ވަރުގަދައަށް ތައްޔާރުކޮށް ދޫކޮށްލެވުނު އެއްޗެކޭ ބުނެވޭހާވެސް ބާރުގަދަ މިންވަރަށެވެ. އޭގެ ބާރުމިން ހުރި ވަރަކީ އެ ހަތިޔާރު ދޫކޮށްލިއިރު ދިވެހި ޖުމްހޫރިއްޔާގެ އެއްވެސް ބާރަކަށްވެސް އެއާއި ކައިރިއެއް ނުވެވެއެވެ. ޚުދު އޭތި އުފެއްދި ޤާނޫނު އަސާސީއަކަށް ވެސް އޭގައި އަތް ނުލެވޭ ގޮތަށެވެ. އެ ވުޖޫދަށް ގެނައި ގާނޫނު އަސާސީ އާއި ގާނޫނު ތަކަށާއި މިދެންނެވި ގާނޫނު އަސާސީއާއި ޤާނޫނުތައް ތަންފީޒު ކުރަން މަތިކޮށްފައިވާ ފަރާތްތަކަށްވެސް އެ ހަތިޔާރުގައި އަތް ނުލެވޭހާ ބާރު ގަދަކޮށެވެ.
އެހެންކަމުން އެކެއް ފެބްރުއަރީގައި މި ހަތިޔާރު ވުޖޫދު ވުމާއެކު އެއަށް އިންތިޒާރުކޮށްގެން ތިބި މީހުން އެހިފައިގެން ދުއްވައިގަތީ އަމަށަކު ބާރަކަށް ނޫނެވެ. އެފަދަ ހަތިޔާރެއްގެ އިންތިޒާރުގައި ތިބި މިދެންނެވި މީހުން އެހަތިޔާރާއެކު ދުއްވައިގަތް އިރު ވަށައިގެން ތިބި ބަޔަކަށްވެސް، ފައިދަށުގައި ހުރި އަޑިގުޑަން ތަކަކަށްވެސް ވިސްނާލުމެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. "އެގޮލާ"އަށް ތަބާނުވާ މީހަކަށް ސަލާމަތެއް ނެތްކަމާއި އެއާއި ދެކޮޅަށް ނުކުތް މީހަކުވެސް ފިހި އަނދައި އަޅިއަށްވެ ނިމިދާން ޖެހޭނެކަން އެއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ކޮންމެއަކަސް މިދެންނެވި ކޯޓުގެ ބެންޗު އެއްއަޑަކުން އާބަސް ކިޔައިގެން ވުޖޫދުކޮށް ނެރުނު މިދެންނެވި ބާރުގަދަ ހަތިޔާރު ހިފައިގެން އޭގެ އިންތިޒާރުގައި ތިބި މީހުން މަގުމައްޗަށް ނުކުތީއެވެ. ހަތެއް ފެބްރުއަރީގެ ހާދިސާ ހިނގި ރޭ އެހާދިސާ ފެށިގެން ދިޔަ ސަރަހައްދާއި ދާދި ކައިރިއަށެވެ. އެހާދިސާގެ ފަހަތުގައާއި ކުރީގައި ތިބި ގިނަ ބަޔަކުވެސް ގޮވައިގެންނެވެ. ކުއްލިއަކަށް ބަލަން ތިބި މީހުންނަށް މަންޒަރު ކުރެހެމުން ކުރިމަތީގައި ތަސްވީރު ވަމުން އައީ އެއްކަލަ ހަތެއް ފެބްރުއަރީގެ ފެށުމޭ ހީވާ ކަހަލަ މަންޒަރު ތަކަކާއި އަޑުތަކެކެވެ. އެކަމަކު މިފަހަރު އެއަށްވުރެ މާބިރުވެރިއެވެ.
މިހާހިސާބުން ބައެއް ޓީވީތަކަށް ހަތެއް ފެބްރުއަރީ ތަކުރާރުވިކަން ޔަގީންވެއްޖެ ކަހަލައެވެ. ހަމަ އެއަޑުތަކާއި އެމަންޒަރުތައް އަލުން ތަކުރާރުވަމުން ދިޔަ ކަހަލައެވެ. އެއްކަލަ މަތީކޯޓުން ނެރުނު އަމުރުން ބާރު ލިބިގެން އެފަތް ހިފައިގެން ތިބި މީހުން މަގުތަކަށް މީހުން އެއްވާން ގޮވާނަގަނީއެވެ. ގާތްގަނޑަކަށް ވެރިކަމެއް ނިމުނީ ކަމުގައި ޔަގީން ވެގެންކަހަލަ ގޮތަކަށެވެ.
ސަރުކާރަށާއި ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިވަޑައިގެންނެވީ ވަރުގަދަ ކުއްލި ސިހުމެކެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ތިބީ މިފަދަ ސިހުމެއްގެ ތެރޭގައި ވާނުވާ ނޭނގިފައެވެ. މިދެންނެވި ކޯޓުއަމުރުން ލިބިގެންދިޔަ އެންމެ ބޮޑު ހައިރާންކަމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ހުކުމްތަކެއް ކޮށްފައިވާ ބޮޑެތި ކުށްވެރިންގެ ގޮތުގައި ބެލެވޭ ބަޔަކާއި ޝަރީޢަތުގެ މަރުޙަލާގައި ހިނގާ މައްސަލަތަކެއްގައި ޝާމިލުވާ ބަޔަކު ދޫކޮށްލުމަށް ކޮށްފައިވާ ވަރުގަދަ އަމުރެވެ. މިދެންނެވި ފަރާތްތަކުގެ ތެރޭގައި މި އަމުރު ނެރުނު ކޯޓުން ނުވަތަ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ތާޢީދު ކުރައްވައިގެން އެންމެ ފަހު ސިއްކަ ޖަހައި ފައިލްތައް ބަންދުކޮށްފައިވާ "ބޮޑެތި ކުށްވެރިން" ކަމަށް ނިންމާފައިވާ ބަޔަކުވެސް ހިމެނެއެވެ. މިދެންނެވި އަމުރުން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ އެއް މައްސަލަތަކެއްގެ ދައުވާ ތަކެއްގައި ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން އެކަކު މިނިވަން ކުރަން އަމުރުގައި ހިމެނިފައިވާއިރު އެ މައްސަލައިގައި ހިމެނޭ އަނެއް ކުށްވެރިޔާގެ ވާހަކަ އަމުރުގައި ނެތުމެވެ. ފަހަރެއްގައި މިކަމުގެ ފަހަތުގައިވެސް އާދައިގެ ރައްޔިތުންނަށް ނުވިސްނޭ ނުވަތަ ނޭގޭ ކަންތައްތަކެއް ހުރެދާނެތީ އެވާހަކަ މާ ބޮޑަށް މިތާގައި ދައްކާކަށް ނެތީމެވެ. އަދި އެއްކަލަ ކުޑަ ކެކުރިއާއި ބޮޑު ކެކުރީގެ ތަފާތަށް މިކަން ވެދާނެތީ އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު މިކަމަކީ ދައުލަތުގެ އެޓަރނީ ޖެނެރަލާއި ޕްރޮސިކިއުޓަރ ޖެނެރަލް ވަރަށް ކަންބޮޑުވެ ވަޑައިގެންނެވި ކަމެކެވެ.
ކޮންމެއަކަސް މިފަދަ ބޮޑު އޮޅުން ބޮޅުން ބޮޑު ކަންތައް ގަނޑެއްގެ ތެރޭގައި ތިބިއިރު އާންމު ރައްޔިތުންނަކަށް މާބޮޑަކަށް މި ވާނުވާއެއް އެނގޭ ވަރެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ކުރީން އެއްކަލަ ސްޕްރީމް ކޯޓާއި އެކޯޓުގެ ނިންމުންތަކާއި ފަނޑިޔާރުންގެ ނިންމުންތައް ކަމުނުގޮސްގެން ވާހަކަ ދެއްކެވި ބައެއް ވަކީލުންނާއި "ރޯނު އެދުރުން" ކިޔައި ނަގަނީ އެއަށްވުރެ ފުރިހަމަ އަމުރެއް ނެތް ކަމުގައެވެ. އެވެރިން ވަކާލާތުކޮށް ކާމިޔާބު ނުލިބި، ހުކުމްކޮށް ނިންމައި ހުކުމްތަންފީޒު ކުރަމުންދާ ގިނަ ކުށްވެރިން މި ލިސްޓުގައި ހިމެނޭތީ އެކަން ދިފާޢުކުރުމަކީ ހަމަ އިންސާނީ ޠަބީޢީ ކަމެކެވެ. އެހެންވީމާ އެއަށްވުރެ މޮޅު އަމުރެއް މިހާތަނަށް އެމީހުންނަކަށް ނުލިބޭނެތާއެވެ. ސަރުކާރުން އެއަމުރަށް ތަބާ ނުވެގެން އެވެރިން ދަތްކުޑިވިކަވިކާފައި ރުޅިގަދަކޮށް އަތް އުކައުކާފައި "ބަވާ" ނަގަނީއެވެ. އެއަމުރެއް ނެރުނު ފަހުން އެވެރީން އެނޫން ކަމެއް ނުކުރެއެވެ. ސަރުކާރުން ނުވަތަ ދައުލަތުގެ ބަންޑާރަ ނައިބާއި އެޓަރނީ ޖެނެރަލް ކިޔާ އެއްޗެއް އަޑެއް ނާހައެވެ. އަޑު އަހާލާކަށް ބޭނުމެއްވެސް ނުވެއެވެ.
ކޮންމެއަކަސް އަޅުގަނޑު މިއުޅެނީ ކުށްވެރިންގެ ބަޔަކު ދޫކޮށްލާން ނެރުނު އަމުރުގެ ވާހަކަ މާދިގުކޮށް ދައްކައި އެކަމަށް ޖަދަލެއް ކުރާކަށް ނޫނެވެ. އަދި މިއަމުރުގައި އޮތް އެއްޗެއް ރަނގަޅޭ ނުވަތަ ގޯހޭ ކިޔައިގެން އެކަމާ ބަހުސެއް ކުރާކަށްވެސް ނުމެނޫންމެއެވެ. ހަމަގައިމުވެސް މި އަމުރުގެ ސަބަބުން މި ދިވެހި ޤައުމު މިވަނީ ވަރުގަދަ އަނދަވަޅަކަށް ވެއްޓިފައެވެ. ރައްޔިތުންނަށް ލިބިފައިވަނީ ނުތަނަވަސްކަމެވެ. މުޅި ޤައުމުގައި އުފެދިފައިވަނީ ބިރުވެރިކަމާއި ނާމާންކަމެވެ. މި ދެންނެވި ނާންމާންކަމުގެ ދަރަޖަ އަދި ދަށްވިއެކޭ ދެންނެވޭކަށް ނެތެވެ.
އެއްކޮޅަކުގައި އޮތީ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާފައި ދޫކޮށްލި ވަރުގަދަ އަމުރެވެ. މި ދެންނެވި އަމުރުގައި އޮތީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ އެވެރިން އެދިއެދި ތިބި ކުށްވެރިންގެ ބަޔަކާއި އެކި މަރުހަލާ ތަކުގައި ތިބި ކުށަށް ހުށަހެޅިފައިވާ ބަޔަކު ވަގުތުން ވަގުތަށް ދޫކޮށްލުމަށެވެ. މިދެންނެވި އަމުރުގައިވާ ނަންތަކުގެ ތެރެއިން އެއްބަޔަކު ތިބީ ދިވެހި ރާއްޖޭގެ ގާނޫނުގެ ދިގު އަތުގައި ނުވެސް ޖެހޭ ހިސާބުގައެވެ. މިދެންނެވި މީހުންނަކީ އަމުރުގައި ވަގުތުން ދޫކޮށްލާން އޮތަސް އެމީހުން އަންނަން ބޭނުންވެގެން އައިއްޔާ ނޫނީ ގާނޫނުގެ އަތުގައި ނުޖެހޭ ހިސާބުގައި ތިބި ބައެކެވެ.
ކޮންމެއަކަސް މިދެންނެވި އަމުރާއެކު އިދިކޮޅު ފަރާތްތަކުގެ އަޑު ގަދަވެ އަބަދުވެސް ބޭރުގެ އެހީތެރިކަމާއެކު ރާއްޖެއަށް އެކިކަހަލަ ފިއްތުންތައް ބޭރުން އެތެރެ ކުރާން އުޅޭ ސިޔާސީ ލީޑަރުންގެ އަޑު ވަރަށް ގަދަވެއްޖެއެވެ. އެމީހުން ބޭނުންވަނީ އެމީހުން ބޭނުންވާ ގޮތަށް ލިޔެ ތަރުތީބުކޮށްދީފައި އޮތް އަމުރުގައި އޮތް ގޮތަށް ދައުލަތުގެ އެހެން ޤާނޫނީ މުއައްސަސާ ތަކުން އަމަލުކުރާށެވެ. އެނޫން އެހެން ގޮތެއް ދައުލަތުގެ އެހެން ބާރުތަކަކަށް ނެތެވެ.
ދެން ފެންނާން ފެށީ އެއްކަލަ ޤައުމާއި ރައްޔިތުން ދެކެ ލޯބިވާ ޤައުމަށް ހެޔޮއެދޭ ލީޑަރުން ބޭރުގެ އެހީއަށް އެދޭން ފެށި ތަނެވެ. މިކަމުގައި އެންމެ ކުރީގައި ހުންނެވީ އަބަދުވެސް މިފަދަ ކަންކަމުގައި އެންމެ ކުރީ ސަފުން ފެންނަ ކުރީގެ ރައީސް ނަޝީދެވެ. ވާނީވެސް އެހެންތާއެވެ. އަލިފުދާލުން އަންނަ މާރޗްމަހު ނެރޭ އަމުރަށް ވުރެ ކުރީން ރާއްޖޭގެ އެންމެ މަތީ ކޯޓުން މިއޮތީ އެއަމުރު ނެރެ ނިންމާފައެވެ. މިއީވެސް މިކަންތައްގަނޑުގެ ފެށުން ހިގާދިޔަގޮތް ހިތްތަކަށް ތަސްވީރުވެގެން އަންނަ މުހިންމު ނުކުތާއެކެވެ. ނަޝީދު ހުސްވި ޖަނަވަރީ މަހު ލަންކާގައި ބޭއްވި ނޫސްކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުތަކަށް މިހާރު ވިސްނާލުމުން މި ބޮޑު އަމުރަކީ މާދުރާލާ ރޭވިގެން ސަރުކާރާއި ދިމާއަށް ނުވަތަ ރައީސް ޔާމީނާއި ދިމާއަށް ނަގަމުން އައި ވަރުގަދަ ސުނާމީއެއް ފަދަ ބޮޑު ރާޅެއްކަން މިހާރު ގަބޫލުކުރެވެއެވެ.
ކޮންމެއަކަސް ބަޔަކު ވަރަށް ދުރާލާ ވަރަށް ރޭވުންތެރިކަމާއެކު ރާވަމުން އައި ކުޅިގަނޑު ކޮޅިގަނޑަކަށް ބަދަލުވެ އެކޮޅިގަނޑު ހަމަ ރަނގަޅު ތޫފާނަކަށް ބަދަލުވެގެން ދިޔައިރު މުޅި ޤައުމު މިވަނީ އަދިވެސް ސިހުމެއްގައެވެ. މުޅި ޤައުމު ހުއްޓޭ ހިސާބުގައެވެ. މިއީ މިގައުމު ދެކެ ލޯބިވާ އެބުނާ ބީދައިން ދިވެހި ޤައުމާއި ރައްޔިތުންގެ ލޯތްބާއި ތާއީދު ބޭނުންވާ ގައުމަށް ހެޔޮއެދޭ ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އަދި މިކަމެއް ރޭވި ބަޔަކު ރާވާފައި، މި ކޮޅިގަނޑު މަޑުވާން ދޫކޮށްލާ ހުއްޓާލީކީ ނޫނެވެ. އަދިވެސް ބޭރުގެ ބާރުގަދަ ޤައުމުތަކަށް ދަޢުވަތު ދީގެން އެޤައުމު ތަކުގެ އަސްކަރިއްޔާ ގެނަސްގެންވެސް ބޭނުން ވަނީ މިހާރުގެ ވެރިކަން ނިންމާލާށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކަށް ނުބައި މަންޒަރުތައް ދައްކައިގެން ބިރުވެރިކަން އުފައްދައިގެން ޤައުމުގެ އިޤުތިޞާދު ފުނޑުފުނޑުކޮށްލައިގެން ވިޔަސް މެއެވެ.
އަދިވެސް މިކަމުގައި ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. އެވެރިން ބޭރުގައާއި އެތެރޭގައި ތިބެގެން މިޤައުމު ސިފަކޮށްދެމުން އެދަނީ މިއީ ލޭ އޮހޮރުވަމުން ގެންދާ ފަސްގަނޑެއްގެ ގޮތުގައެވެ. ބޮޑު ދާޚިލީ ހަނގުރާމައެއް އޮތް ސީރިޔާ ފަދަ ތަނެއްގެ ގޮތުގައެވެ. ކުއްލި ނުރައްކާ އިޢުލާން ކޮށްގެން ރައްޔިތުން ގޭބަންދުވެފައި ތިބި، އަސްކަރިއްޔާ ވެރިކަން ހިންގާ ތަނެއްގެ ގޮތުގައެވެ.
އެބުނާ ޑިމޮކްރެސީއެއް ރާއްޖެއަށް ނައިސްގެން އުޅޭ، އެބުނާ ދީނީ މިނިވަންކަން މިޤައުމުގައި ނުދީގެން ކަންބޮޑުވެ ވަކާލާތުކުރާ، އެވެރިން ބޭނުންވާ ގޮތަށް އިންސާނީ ހައްގުތައް ހުޅުވާނުލައިގެން ކަންބޮޑުވެފައި ތިބި މީހުން އަންބާކިޔާފައި ރާއްޖެއާއި ދިމާއަށް ފަލިޖަހަމުން ކަޅިއަޅަމުން އެގެންދަނީ އެކަމާއިމެދު ވިސްނާލި ކޮންމެ ދިވެއްސަކު ބިރުން ފިތްކަނޑައިގެންދާ މިންވަރަށެވެ. ވަކި ބައެއްގެ ދަށު ނުވެ ޤައުމު ކުރިއަރާ ތަރައްޤީވާ މަންޒަރު ފެނި އެކަމާއި ކަންބޮޑުވާ ބައެއް ފަރާތްތަކުން ދަނޑިވަޅުގެ ބޭނުން ކިތަންމެ ހާވެސް ރަނގަޅަށް އެގެންދަނީ ކުރަމުންނެވެ. އެކަމަކު މިއިން ޤައުމަކުން ނުވަތަ ޖަމާއަތަކުން މިޤައުމަށް އަރާ އެބުނާ ގޮތަކަށް އޮބިއަޅާ ދަނޑިމާރު އަޅައި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެވެރީންނަށް ވެރިކަން ހޯދައިދޭން އެކުރާ މަސައްކަތުގެ ނަތީޖާއާއި މެދު މި ފަސްގަނޑު ދެކެ ލޯބިވާ ދިވެހި ދަރީން އެންމެ ފަހަރަކުވެސް ވިސްނާލީމު ހެއްޔެވެ. މިފަސްގަނޑުގައި އަލުން ފެބްރުއަރީ ހަތެއް ތަކުރާރުވާން ހަމަ ބޭނުން ހެއްޔެވެ. މި ގައުމަށް އަލުން ތިނެއް ނޮވެމްބަރު ގެނަސް އެތައް ބަޔެއްގެ ލޭ މި ބިމަށް އޮހޮރޭން ހަމަ ބޭނުން ހެއްޔެވެ؟ ޕޯޗު ގީޒުން މިގައުމު އަޅުވެތިކޮށް ދިވެހީންގެ ކަރަށް ރާއެޅި މަންޒަރު ތަކުރާރު ވާން ބޭނުން ދިވެހީން އަދިވެސް އެބަ އުޅޭ ހެއްޔެވެ؟
ހަމަގައިމުވެސް މިގައުމަށް ހަމަޖެހުމާއި ސުލްހަ މަސްލަސްކަމަށް އެދޭ، މި ފަސްގަނޑުގެ މިނިވަންކަމާއި ހަމަޖެހުމަށް އެދޭ، އިސްލާމްދީނާއި ދިވެހީންނަށް ހެވާއި ލާބައެދޭ ބަޔަކު އަމިއްލަ ވަގުތީ، ޒާތީ މަންފާއަކަށްޓަކާ މިފަދަ ކަމެއް ނުކުރާނެއެވެ. އެއީ ކުރާން ހެޔޮވާ ވަރުގެވެސް ކަމެއް ނޫނެވެ.
މިޤައުމުގައި ވެރިކަން ކުރެއްވި، އަދިވެސް ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކުރީގެ ރައީސް ނަޝީދުގެ ދަޢުވަތަކަށް އަވަށްޓެރި އިންޑިޔާގެ އަސްކަރިއްޔާ މިދިވެހި ފަސްގަނޑަށް އަރާން ތައްޔާރަށް ތިބި ވާހަކަ ދުލުން ބުނެލައި ކަންފަތުން އަޑުއަހާލަން ވަރަށް ފަސޭހަ ވެދާނެއެވެ. ނަމަވެސް އެއީ މި ދިވެހި ޤައުމު ދެކެ ލޯބިވާ ކިތައް ދިވެހީން ގަބޫލުވާނެ ކަމެއް ބާވައޭ އަދިވެސް ހަމަ ސުވާލު އުފެދޭތީ އެސުވާލު ކޮށްލެވެނީއެވެ. ނަޝީދާއި އިދިކޮޅު ފަރާތްތަކުން އެދޭ ގޮތަށް އަލިފުދާލާއި އީޔޫއިން މިގައުމަށް ދަތިކޮށްގެން ހަރުކަށީ ފިޔަވަޅު އަޅައިގެން ގައުމު ބަނޑަށް ޖައްސައިގެން އަސްކަރިއްޔާ ފޮނުވައިގެން އެމީހުންގެ ބާރުގެ ދަށަށް މިގައުމު ގެނައުމަކީ ނަޝީދާއި ނަޝީދުގެ ބައިވެރިންނަށް ކަމުދާ ކަމަކަށް ވިޔެއް ކަމަކު ހަގީގީ ދިވެހި ލޭ ހިނގާ ދިވެހި ދަރީންނަށް އެގޮތް ކަމުހިނގައިދާނެ ކަމާއިމެދު ހަމަ ސުވާލު އުފެދޭތީ އެވާހަކަ ދައްކާލެވުނީއެވެ.
އިންޑިޔާއިން ގެރިއްލާ ފޯސް ގެނެސްގެންވެސް މި ޔާމީނު ސައިޒައް ކަނޑާނަން މިފަހަރު. ސިފައިންނާއި ފުލުހުން އަލުވި ގޯނިތަކައްއެރެން ތައްޔާރައް ތިބޭތި.
ވ ބަރާބަރު ލިޔުމެއް. މިކަހަލަ ލިޔުން ގިނަގިނައިން ވަގުތު ނޫހުގައި ޖެހުން ރަގަޅު ވަގުތު ގައުމުގެ ހައްގުގައި ތިކުރާ މަސަައްކަތަށް ސާބަސް.
7 ފެބުރުއަރީ އޭ ކިޔަން ކަލޭމެން ލަދު ގަންނަން ޖެހޭނެ... އެދުހު ގައުމަށް ގެނައި ބަގާވާތުގެ އަޑީގަ އޮތީ މިއަދުގެ ސަރުކާރު.
އެެހްނވީއިރު އޭރުވެސް މި ސަރުކާރު ވުޖޫދުގައި އޮތީތަ؟ ......... ގަމާރާ ބުނަން ވާހަކައެއް! އެ ދުވަހު ބަޤާވާތް ގެނައީ އަންނި. މިއަދުވެސް އަންނި. އޭނާ ހޭވި އެތި އަތަށްގޮވީ. އަންނި އަކީ ކުށެއް ނެތް މީހެއްކަމަށް ވަނީވިއްޔާ ވޯޓަކުން ޔާމީނު ބަލިކޮށް އަންނި މިނިވަންކުރަންވީނު.
ވޯޓަކަށް ދާން ބިރުގަންނަ ރައީސަކު ހުރި ގައުމެއްގައި ވެރިކަން ބަދަލުކުރެވޭނީ މަތީގައިވާ ގޮތަށް. މިހާރު ވެސް މަޖިލިސް ތެރޭގައިވެސް ވޯޓެއް ނުނެގޭ. ގޮނގި ގެއްލުނުކަމަށް ނިންމުވެސް ވޯޓެއް ނުނެގޭ. އެއްވެސް ތަނެއްގައި ވޯޓެއް ނުނެގޭ. މީގެއިން އިނގެނީ ހުދު އެމަނިކުފާނުވެސް ތާއިދުނެތްކަން ގަބޫލުކުރާކަން
އެއީމިހާރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީގަ ހިމަނަންޖެހޭކަމެއް
ޙަޤީޤަތުގައި ވެސް މިޤައުމް ހަލާކުކޮއްލީ 7 ފެބުރުއަރީ 2012 ގައި ކުރި ބަޤާވާތުން.. އެދުވަހަށްފަހު މިޤައުމްގައި ހަމަ ޖެހުމެއްނެތް..އެވެރިކަން ވައްޓާލިމީހުން މިހާރު މިގޮވަނީ ދައުރުހަމަވަން ވަގުތުދޭންވާނޭ.. ޤާނޫނުއަސާސީ ގައި ވެސް އޮންނަނީ އެގޮތަށޭ.. އަދި އޭރު ރައީސަކަށް ހުރިމީހާ ފަނޑިޔާރަކު ވަގަށްނެގީޔޭ.. ސުޕްރީމްކޯޓުގެ އަމުރަށްދޫނުކޮއްލީއްޔޭ ކިޔާގެން ވެރިކަން ވައްޓާލީ.. މިއަދު މިމީހުން ވެރިކަމަށް އައިސް ސކޯޓުގެ އަމުރަށް ތަބާނުވިތާއްގައި ސުޕްރީމްކޯޓަށް ގަދަކަމުންވަދެ ގަނެ އުއްތަމަފަނޑިޔާރުހިމެނޭގޮތަށް 2 ފަނޑިޔާރުންވެސް ވަގަށްނަގާފި..އެއެއްޗެއް އުފެދުނު ގޮތަކަށް އެއެއްޗެއްދާނެއޭ މުސްކުޅިން ބުނެއުޅޭ..
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް 7 ފެބްރުއަރީ ގަ މަގުމަތިން ވައްޓާލުން އެއީ ގައުމަށް ވީ ރަނގާޅު ކަމެއްތޯ ތި ވިދާޅުވަނީ. ޢެއަށް ނޫންތޯ ބަގާވާތް ކިޔަނީ. ޢެދުވަހުގެ ވާހަކަ ނުދައްކަނީ ކީއްވެތޯ.
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް 7 ފެބްރުއަރީ ގަ މަގުމަތިން ވައްޓާލުން އެއީ ގައުމަށް ވީ ރަނގާޅު ކަމެއްތޯ ތި ވިދާޅުވަނީ. ޢެއަށް ނޫންތޯ ބަގާވާތް ކިޔަނީ. ޢެދުވަހުގެ ވާހަކަ ނުދައްކަނީ ކީއްވެތޯ.
އަޅުގަނޑަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއް، އެކަމަކު ޔާމީނުގެ ވެރިކަން ބަދަލު ކުރަން އިންޑިއާގެ އަސްކަރިއްޔާ ގެންނަން އަޅުގަނޑު ތަޢީދު. އެއީ އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަން ބޭނުންވި ނަމަ މިހާރު އޮންނާނީ އަޅުވެތި ކޮއްފަ. ނޮވެމްބަރ 3 ވަނަ ހަމަލާ ތަކުން ރާއްޖެ ސަލާމަތް ކުރީ ހަމަ އެ އިންޑިއާ ސިފައިން. އެ މީހުން ބޭނުންވި ނަމަ އެ ފަހަރުވެސް ރާއްޖޭގަ އެމީހުން ޕާރމަނެންޓް ބޭސް އެއް ހެދުނީސް،. ގައުމާ ދީނޭ ކިޔާގެން ޔާމީނު ސަލާމަތް ކުރެވޭނެ ގޮތެއް ނެތް.
ހަޤީގަތަކީ މިއީވެސް އިސްލާމީ ޤައުމަށްވުން ޔަހޫދީންނާއި ޔަހޫދީންނަށް ތާއީދު ކުރާ މީހުން ބޭނުންވަނީ ލޭއޮހޮރުވަން. އެހެން ބައެއްގެ ( ކާފިރުންގެ ފިކުރު) ދަމަހެއްޓުމަށް
ރަނގަޅުވާހަކައެއް. ތި ސުވާލު މިހާރު ވެރިކަމުގަތިބި ބޭފުޅުންނާކުރެއްވުން އެދެން. އެބޭފުޅުން ދަސްކޮށްދިންކަމެއް ދެއްތޯ 7 ފެބުރުއަރީއަކީ އެހެންކަމުން އެބޭފުޅުންނާ އެދުވަސް އަރާހަމަކުރަން ނުޖެހޭތޯ
ފަރު
ބަގާވާތާ މަދެކޮޅު
އަހަރުމެންގެ ވޯޓުއަޅާ މީހުންގެ ކަޑަ ކަމުން ޖެހޭނީ އެކަހަލަ ދުވަސްދުވަސް ވެސް ގެންނަން ކަންނޭނގެ ދޯ އަސްލު! އެއީ މި އުޅޭ ކޮރަޕްޓް މީހުން ގަނޑު އަހަރުމެންގެ މުޅި ދައުލަތުގެ މިލްކިއްޔާތު ދަވާލާއިގެން ދާއިރުވެސް ހަމަ އަޅާ ނުލާ ތިބެނީ ވިއްޔަ!
ފެބްރުއަރީ 7ގަ ކުރީ ބަގާވާތެއް ނޫނެއްނު ވަގުތޫ!!!!!!!!!