ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާ އަށް ތާއީދު ހޯއްދެވުމަށް އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރުގެ ކުންފުނިތަކުން ފައިސާ ނަގައިގެން ޚަރަދު ކުރި ކަމަށާއި އެ ފައިސާ އަދި ވެސް އަނބުރާ ނުދައްކާ ކަމަށެވެ.
"އެމްޕީއެލް އިން ޑޮލަރު ގަތުމަށް ކަމަށް ބުނެ 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އެ ފައިސާ ބަހައިގެން, މި ވައްކަން ވެސް އޮތީ ކޮށްފައި. އަދި މިހާތަނަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުދައްކާ" އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ ނޭވާ ލެވޭނީ އިދިކޮޅަށް މަޖިލީހުގެ އަގުލަބީޔަތު ލިބިގެން ކަމަށް ބުނެ ޔާމީން ދެއްކެއްވި ވާހަކަ އަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އިދިކޮޅުގައި އެ ތިއްބެވީ ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް "ވައްކަން ނުކުރާ ވަރަށް ވައްކަންކޮށް" ހިޔާނާތް ވެފައިވާ ބައެއް ކަމަށެވެ.
"އެ އަނދަވަޅަށް ރާއްޖެ ވައްޓާލުމުގެ ފުރުސަތު ދެން ނުދެވޭނެ, އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެ ފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާ ވެސް ތިބެން ޖެހޭނީ ކުރިން ތިބި ހާލަތުގައޭ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށާއި ކެމްޕޭނަށް ތަންތަނަށް ވަޑައިނުގެންނެވުނީ މި ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ.
"ކެމްޕެއިންގައި ހަރަދު ހިނގާނެކަން އެގިހުރެ ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" އެހެންވެ ވަރަށް ދަތި ހާލުގައި ކުރާ މަސައްކަތް މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
މީމަ 2018 ވައަހަރާހަމަޔައް މަޖިލީހުގަ އިނދެގެން ކީއްބާ ކުރި މިހާތިވާހަތިދައް ކަނީ މީނަގެ ލަދެއް ހަޔާތެއްވެސް ނެއްދޯ
ކިޔާނެ އެއްޗެއް ނެތުނީމަ ދެން ބުނާއެއްޗެއްކަން އޮތީ ސާބިތުވެފަ. ހެހެހެހެ. ގަމާރުންގެ ސަރުދާރުންގެ ޮލަށް އަންނި ނަޖިސްކޮށްފަ އެއޮތީ އޭނަ ބޭނުންކަންތައް ކޮށްފަ. މީގެ 5 އަހަރުފަހުން ދެން މުންޑު ގަނޑާ ގަންޖުފަރާސް ލާން ތައްޔާރުވެގެން ތިބޭ. ވަނދު ބަބުކެޔޮ ކޮޅެއް ކާން ލިބުނަސް ރަނގަޅު.
އިންޑިޔާއިން ފައިސާ ހޯދައިގެން ގައުމު އަޅުވެތި ކުރުމަށް އިބޯ ސޯލިހު ކިރާ މަސައްކަތް ކާމީޔާބެއް ނުވާނެ. ވަގުވޯޓުން ވެރިކަމަށްވެސް އެރީ މިއަނިޔާވެރި މަކަރުވެރި ސަރުކާރު ފައިސާ ބަހައިގެން ހުވަފެން ދައްކައިގެން ރައްޔިތުން ގުނބޯ ހެެއްދުން މިސަރުކާރުގެ ކަމަކީ
އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ކުފޫ ހަމަ ނުވުމަކީ ރައްޔިތުންގެ ކުށެއް ނޫން
ޢެމް.ޑީ.ޕީ މީހުން ދައުލަތުންނެގި ފައިސާތައް ދައްކަން ފުރަތަމަ ގޮވާބަލާ. ޢަންނިގެ ވެރިކަމުގައި މުޅި ދިވެހި ދައުލަތް ދޮވެލި ބައެއްތީ. ލަދުކޮބާ ތިމާގެ.
މޑޕ ކެންޕޭން ތަކަށް ދައުލަތުން ވަގަށްނެގި
އެތައްބައިވަރު ފައިސާގެ ފުރަމަ ދައްކާށެވެ މޑޕ ގައި ވައްކަމާ މަކަރާއި ހީލަތްހެދުމުގައި އަރާތިބި
ބަޔަކު ތިބެގެން ހިންގާފައިވާ ޖަރީމާތައް ރަގަޅަށް
ބަލައި ތަހްގީގްކޮށް ޝަރީއަތް ހިންގަންޖެހެއެވެ
ސޯލިޙް ބަޔަކަށް ވަގަށް ގޮވައިފި!
ބަލަގަ އަހަރެމެންނަށް މިހާރުގެ މިހާލަށްވުރެ އެހާލު ރަނގަޅޭ. އެއަކު ގޯހެއް ނެތޭ، އެކަން އެބަ އެނގޭ މިހާރު. ސޯ ލެޓް އަޒް އެންޖޯއީ އެ ހާލަތު. ޔުއާ މިހާލަތު އިޒް ވޯސް. މިއުޅެނީ ކުރާ މަސައްކަތް ހުއްޓޭހިސާބަށް ގޮސްގެން.
ކޮބާ ރަށްރަށުގެ ނިކަމެތި ރައްޔިތުންގެ މާލިއްޔަތުގަހުރި ފައިސާ ނަޝީދުކުރެން އަހާލަބަލަ ؟ އެމްޑީޕީ ވަގަށްކައިހުސްކުރީ
سبحان الله! ވަގާވަގާވަގާ ވަގު ގަޑުން ހިލިލަބަލަ. 3 އަހަރުގެ ވަގު ސަރުކާރުގެ ވައްކަމާ ރިޝްވަތު:
1. އެއަރޕޯޓު ވިއްކާލައިގެން 500 މިލިޔަންޑޮލަރ ޖީއެމްއާރާ އިންޑިއަން އިންޓެލިޖެންސް ގުޅިގެން ޔޫކޭ އެޗްއެސްބީގަ ޖަމާކޮށްދިން. މީ ދުރުރާސތާގަ އިންޑިއާއަށް މިރާއްޖެ އަޅުވެތިކުރަން ގައްދާރުންތަކެއް ހޯދައިދިން ރަނުގެ ފުރްސަތަސް ދިން ރިޝްވަތު. އަގަހުޅުވަން ތާހިރު ދޯ
2. ސަރުކާރުގެ ކުންފުނިތައް ދިރާގު ފެންކުންފުނި ފަދަ ތަންތަން ވިއްކައިގެން 50 މިލިޔަން ޑޮލަރ ވަގު ސަރުކާރުން ޖީބަށް އެޅި.
3. ބައިތުލްމާލުން ކުރި ވައްކަން ނިޔާޒުގެ އޮޑިޓް ރިޕޯޓުން އެކަނިވެސް 5 ބިލިޔަން ރުފިޔާ. ކޮބާ އެފައިސާތައް؟
4. ގައުމުގެ ދަތަނި 2008 ގައި 5 ބިލިޔަން. ވަގު 3 އަހަރު ގަ 25 ބިލިޔަނަށް. ކުރިކަމެއް ނެތް ފެންނާކަން. އެސެޓެއް ނެތް. އޭގެ މާނައަކީ 3 އަހަރު ތެރޭ ވަގު ސަރުކާރުން 20 ބިލިޔަން ބައިތުލްމާލުން އެކަނިވެސް ކާލައިގެން ފެންފިދަކާނުލައި ދިރުވާލިއްޔޭ.
ސޯލިހުބޭ ތިޔައީ ދެން ބޮޑުވަރު. ލަދުގެ ކަންފުޅެއް ހުރި ނަމަވެސް ތިޔަގޮތަށް ގުދޯގުދޯ އެއް ނުގޮވީސް. ރީނދޫ ނަޝީދުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔާއިން 4.7 ބިލިއަން ރުފިޔާ މަދުވެފަވޭ. އެފައިސާ އެއީ ދައުލަތަށް އަނބުރާ ހޯދަންވާ އެއްޗެއްކަންވެސް ސޯލިހަކަށް ނޭނގޭ.